ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ތާޢީދު ކުރުމާއި ގުޅިގެން، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައީސް ޔާމީންގެ ސަޕޯޓަރުން އައްޑޫގެ މަގުުތަކުގައި އިޙުތިޖާޖު ކުރަމުން އެބަދެއެވެ.

މި އިޙުތިޖާޖާއި ގުޅިގެން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އައްޑޫ ހިތަދޫގެ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސް، މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ބަންދުކޮށްފައިވަނީ ނުޙައްޤުން ކަމަށާއި، އެއީ "ހަރާމް" ޙުކުމެއް ކަމަށެވެ.

"ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް، އަދި ދުނިޔޭގައި ޢަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސް ތަކާއި ޚިލާފަށް ރައީސް ޔާމީން ޖަލުގައި ބަންދުކޮށްފައި އެވަނީ. އެއީ ޚަރާމް ޙުކުމެއް. އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ހައްޤަށް ވަކާލާތު ކުރާ ފަނޑިޔާރުންވެސް. ނަމަވެސް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އަނެއްކާވެސް ރައީސް ޔާމީން އެވަނީ ހައްޔަރުކޮށްފަ. ރައީސް ޔާމީން މިނިވަން ވަންދެން އަޅުގަނޑުމެން މި ހަރަކާތްތައް އެކި ގޮތްގޮތަށް ކުރިއަށް ގެންދާނަން." މޯޑު ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ނުވުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ސަޕޯޓަރުންވެސް ވަނީ ރޭ މާލެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައެވެ.

ރޭގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް އިންސާފް ނުލިބެނިސް ރާއްޖޭގައި އަދުލު އިންސާފް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަަށް ކޮށްފައިވާ ހުކުމަކީ އިންސާފުން ބޭރުން ކުރެވިފައިވާ ހުކުމެއް ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރަމުން ދާ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަނި

  ޖުޑިސަރި މިނިވަން ވަނީ ޖެސިމިނިވަންވެގެން ޖެސިމިނިވަން ކުރަން އައިސަރު ކާާރު ސަރު 100ޕަސެޓު ބިޑިއަޅުވާ އިތުރަށް ހަޔަރުކޮށް މިހާރުގެ ސަރުކާގެ މުސުތެރިއަށް ލ ލަ ހައިޖެކު ކޮށް ފައޮތި ޔﷲ މިއަނިޔާވެރިސަރުކަރު ކިބައިން އަޅަމެން ސަލާމަތް ކޮދެވާ ޔﷲ ޔﷲ ޔަﷲ ޔﷲ ޔަﷲ ޔަ ﷲ ޔަﷲ ޔﷲ ޔަﷲ ޔﷲ ޔަ ﷲ ޔަ ﷲ ޔަ ﷲ ޔަ ﷲ ޔަ ﷲ ޔަﷲ

  23
  2
  • އިބުރާހީމް

   ކަލޯ ހަނި، ތީ ކޮން ރަށެއްގެ ކުއްޖެއްތަ. ވަރަށް އުނދަގުލުން ތި ކޮމެންޓް ކިޔުނީ. އަސްލު ތި ބުނީ ތެދެއް. ޖުޑިޝަރީ އިސްލާހު ކުރާނަމެ ބުނެ ވެރިކަން ހޯދީ. އެކަމަކު ވީ ހައްތާވެސް ހަޑި. އެވެރިން ބޭނުންވާ ގޮތަށް ޖުޑިޝަރީ މިހާރު އެ އޮތީ. އޭރުން އެންނު އެވެރިންނަށް ހަލާލުކޮށް ވައްކަން ކުރެވޭނީ. މީވާ ވަރެއްގެ ސަރުކާރެއް. އަސްލު ރ ޔާމީން 5 އަހަރަށް ޖަލަށް އެ ލީވެސް ދެންއޮތް އިންތިހާބެއްގަ ވާދަކޮށްފާނެތީ. އިރާދަ ކުރެއްވީއާމުން މި ސަރުކާރު ވެއްޓޭނެ.

   6
   1
 2. އިބުރާ

  މާލެ އިން އެ މަނިކުފާނު ސަލާމަތް ކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރަނީ ކީއްވެ؟

  5
  2
 3. ޝާނީ

  ކެއްތެރިވޭ މީވެސް އިމްތިހާނެއް އަދި އުފާކުރާނެދުވަސް އިން ޝާ ﷲ ކުރިޔައްއޮތީ. ﷲ ގެ ރޭވުން މާ މަތިވެރި މާ މޮޅު

 4. ގިރި

  މިހާރު އިންސާފުނެތްވަރު ފެނިއްޖެ ފާސިގުންގެހެކިބަސް ބޭނުންގޮތަކަށް ބަދަލުކޮށްގެން ފަޑިޔާރުން އެމީހުންގެ ބާރާއެކު ހުކުންކުރާތަން ފެނުމުން ވެސް މަޑުންތިބެންވީ ރައްޔިތުންތަ

  1
  1