18:26
ހދ. ނެއްލައިދޫގައި އެއް ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING: Nellaidhoo Gai 1 Geakkun 5 Meehaku Covid-19 Ah Fassivejjehttps://t.co/BSlEGeF8BZ
— Vaguthu Online (@VaguthuOnline) January 23, 2021
17:55
ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ސްރީލަންކާ މިހާރު ހުޅުވާލާފައިވާއިރު، އެ ގައުމަށް ޝެޑިއުލް ދަތުރު ކުރުމަށް ހުއްދަ ލިބިފައިވާ އެއާލައިންތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނިއްޖެ.
Lanka Ah Dhathuru Kurumuge Huhdha Maldivian Ah Libijjehttps://t.co/6M08iEBZ87
— Vaguthu Online (@VaguthuOnline) January 23, 2021
15:22
Varun Aai Natasha ge Kaiveni: Haflaa Ah Dhaa Enmmen Covid-19 Ah Test Kuran Majubooruhttps://t.co/AbmbifuVvd
— Vaguthu Online (@VaguthuOnline) January 23, 2021
11:52
ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،071 މީހުން މަރުވެއްޖެ.
BREAKING: Covid-19 Jehigen Brazil In Ithuru 1,071 Maru https://t.co/UWWLN42NRk
— Vaguthu Online (@VaguthuOnline) January 23, 2021
11:51
ކޮވިޑް-19 ޖެހިގެން އެމެރިކާ އިން 3،886 މީހުން މަރުވެއްޖެ.
BREAKING: Covid-19 Jehigen America In ithuru 3,886 Maru https://t.co/pCjpUxEO59
— Vaguthu Online (@VaguthuOnline) January 23, 2021
10:26
ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،440 މީހުން މަރުވެއްޖެ.
BREAKING: Covid-19 Jehigen Mexico In Ithuru 1,440 Maru https://t.co/TvVwKP0BLk
— Vaguthu Online (@VaguthuOnline) January 23, 2021
10:04
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޗައިނާ އިން ޕާކިސްތާނަށް ފަސް ލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފި.
Covid-19: China In Pakistan Ah 500K Vaccine Doze Hadhiyaa Koffi https://t.co/YFhBDfQGsn
— Vaguthu Online (@VaguthuOnline) January 23, 2021
09:42
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން އިތުރު ތިން ގައުމަކަށް ފޮނުވައިފި.
Covid-19: India Ge Vaccine Mauritius, Seychelles, Myanmar Ah Fonuvaifi https://t.co/X9CuCN24J0
— Vaguthu Online (@VaguthuOnline) January 23, 2021
ކޮވިޑް-19 ގެ ނުރައްކާތެރި ވަބާއިންނ ދުނިޔެއަށް އަރައިނުގަނެވި އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް މި ބަލިމަޑުކަމަށް ކޮންޓްރޯލެއް ގެނެވިފައެއް ނުވެއެވެ. ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު މި ނުރައްކާތެރި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައިރު މިއަދާއި ހަމައަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލިމަޑުކަން ވަނީ ފެނިފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން، ނުރައްކާ ބޮޑުވަމުން އަންނައިރު އިއްޔެ އެކަނިވެސް ދުނިޔެއިން ބައިމިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި މި ބަލީގައި އިއްޔެ އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 16000 އަށްވުރެ ގިނަ މީހަކު ވަނީ މަރުވެފައެވެ.
BREAKING | COVID-19 : Italy In Ithuru 521 Meehaku Maruvejjehttps://t.co/gQ2vVRNk6h
— Vaguthu Online (@VaguthuOnline) January 21, 2021
ތާރީޚުގައިވެސް ދުނިޔެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަން ކަމުގައި ޤަބޫލުކުރެވޭ ކޮވިޑް-19 އިން އަރައިގަތުމަށް ގިނަ ޤައުމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނައިރު މި ބަލިމަޑުކަމާއި ހަނގުރާމަކުރުމަށް ގިނަ އަދަދެއްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މީގެ ތެރެއިން ބައެއް ވެކްސިން މިހާރު ބޭނުންކުރަން ވެސް ފަށާފައިވާއިރު އެކަށީގެންވާ ގޮތެއްގައި ބަލި ކޮންޓްރޯލް ކުރެވޭ ވަރުގެ ވެކްސިނެއްގެ އުންމީދު އަދި ފުރިހަމަވެފައެއް ނުވެއެވެ.
BREAKING: Covid-19: Mexico In Ithuru 1,803 Maru https://t.co/UlXEK2Yhc6
— Vaguthu Online (@VaguthuOnline) January 22, 2021
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލިޖެހި އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ އެމެރިކާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައި އަވައްޓެރި އިންޑިއާ އޮތްއިރު ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވަނީ ބްރެޒިލް އިންނެވެ.
BREAKING: Covid-19 Jehigen Brazil In Ithuru 1,335 Maru https://t.co/IgkZGW43Om
— Vaguthu Online (@VaguthuOnline) January 22, 2021
BREAKING: Covid-19 Jehigen America In Ithuru 4,363 Maru https://t.co/r1mr6CIh61
— Vaguthu Online (@VaguthuOnline) January 22, 2021
ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން މިހާތަނަށް ކޮވިޑް-19 އަށް ޖުމަލަ 98 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ އޭގެތެރެއިން 2.1 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 70 މިލިއަން މީހުންނެވެ.
BREAKING | Covid-19: Russia In Ithuru 580 Meehaku Maruvejjehttps://t.co/8ef5cTLiq9
— Vaguthu Online (@VaguthuOnline) January 22, 2021
ކޮވިޑް-19 ގައި ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ފުރަބަންދު އުވާލިފަހުން ކޮވިޑަށް ފައްސިވާ މީހުން، ޚާއްސަކޮށް ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14830 އަށް އަރާފައެވެ. މީގެ ތެރޭގައި އަލަށް ފައްސިވި 65 މީހަކުވެސް ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 13731 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިއަދާއި ހަމައަށް ނިޔާވި މީހުންގެ އަދަދު މިހާރު 50 އަށް އަރައެވެ.
BREAKING: Covid-19| Miadhu Raajje In 65 Meehaku Fassi Vehjjehttps://t.co/2hbtJSB07i
— Vaguthu Online (@VaguthuOnline) January 22, 2021
ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިއްޔެ ރާއްޖެއަށް ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޑްގެ ވެކްސިން ގެނެސްފައެވެ. އިންޑިއާގެ ބޯޓެއްގައި ރާއްޖެއަށް ގެނެސްފައިވަނީ އެޤައުމުން އުފައްދާ "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.
އިންޑިއާ ވެކްސިންގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމަށް މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށްވާ އަސްޓްރާޒެނެކާ އާއެކު ރާއްޖެއިން ވަނީ ހަތް ލައްކަ ޑޯޒްގެ ވެކްސިން ހޯދުމުގެ އެއްބަސްވުމެވެސް ވެފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
LIVE | Covid-19: Bali Fethurumah Madujehumeh Nethi Haalathu Goahun Goahahhttps://t.co/jsqWaAU5v5
— Vaguthu Online (@VaguthuOnline) January 21, 2021