މިއަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިމަތިލަނީ، ޤާނޫނީ އަދި މާލީ ބާރުވެރިކަން ހޯދުމަށްކަމަށް، މާލޭ ސިޓީގެ މޭޔަރ ކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅިގެން، އަނަސް ކުރެއްވި ޓްރީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، މާލީ އަދި ޤާނޫނީ ބާރުވެރިކަން މައި ސަރުކާރުގެ ކިބައިން ވީއްލި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި، އަދި ސިޓީ ކައުންސިލްތަކަށް އެ ބާރުތައް ހަވާލުކޮށް، ލާމަރުކަޒީ ނިޒާމު ހަނިކުރުމަށް ގެނެސްފައިވާ އިސްލާޙުތައް މިހާރު އުވާލާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދައްމާލާފައި ވާއިރު، އެ އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ނޭނގޭކަމަށް ހެލްތު އިމަޖެންސީ އޮޕްރޭޝަންގެ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވާއިރު، އީސީން ވަނީ މި އިންތިހާބު ދެން ބޭއްވޭނީ އެޗްޕީއޭއިން މިކަމަށް އަވަސް ހައްލެއް ހޯދައިދީގެން ކަމަށް ބުނެފަައެވެ.

އެހެންކަމުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިމަހުގެ 19 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  ތަންކޮޅެކުރިން ތިލަވަ ރީތިމީހުންތިއްބަސް މިހާރު ތިލަވަ ކަމަކުނުދޭ ، ފިލިކޯޅިހަމަނުވޭ ތިލަވައިގެ...މޑޕ އެއްވެސް އިންތިޙާބެއްގަ ވާދަނުކުރާނެ އަމިއްލަ ސޯޓުގެ ރަބަރު ބާރުކުރަންނޫނީ.

  28
  • ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

   އެމްޑީޕީން ކުރިމަތި ލަނީ ރައްޔިތުން ފެލާ ރައްޔިތުންގެ ލާރިތައް ބަނޑުއަަޅާލަން

   17
  • އަޙްމަދު

   އެ އުޅެނީ ހުރިހާ އެއްޗެއް ދިނީމަވެސް އެކަން ނުވެގެން
   ޤާނޫނު ހަދާ މަޖިލިސް ވެސް ދީފި ގައުމުގެ މާލިއްޔަތު ދީފި
   ގައުމުގެ ވެރިކަން ދީފި
   ދެން ކޮން އެއްޗެއް ނުލިބިގެން ކޯއްޗެއް ބާރު ނުވެވިގެން މި އުޅެނީ ބަލާއެއްނޫން

 2. Anonymous

  އިިންޑިޔާގެ ހަންފަތުރަން.

  28
 3. ހހހ

  އިިންޑިޔާގެ ހަންފަތުރަން.

  27
 4. Anonymous

  ރަނގަޅަށް ތިބުނީ. ރައްޔިތުން ބޭކާރު ކޮށްލާ ހުރިހާ ބާރެއް ނަގައި ދިވެހި ގައުމުގައިބއަިންޑިޔާގެ ރައްޔިތުން އާބާދުކޮށް ދިވެހިބރައްޔިތުން ނިކަމެތިކުރުމަށް ގާނޫނާ ފައިސާ ބޭނުން ކުރުން މަގްސަދަކީ. ރައްޔިތުން ހަމަ ހޭގަ މޑޕ އަށް ވޯޓް ނުދޭތި. އީސީ ޝަރީފް ވަގަށް ވޯޓް ނެގުމުގެ ފުރުސަތު ނުދޭތި.

  29
 5. ސައީދު

  ރަނގަޅަށް ތިބުނީ. ރައްޔިތުން ބޭކާރު ކޮށްލާ ހުރިހާ ބާރެއް ނަގައި ދިވެހި ގައުމުގައިބއަިންޑިޔާގެ ރައްޔިތުން އާބާދުކޮށް ދިވެހިބރައްޔިތުން ނިކަމެތިކުރުމަށް ގާނޫނާ ފައިސާ ބޭނުން ކުރުން މަގްސަދަކީ. ރައްޔިތުން ހަމަ ހޭގަ މޑޕ އަށް ވޯޓް ނުދޭތި. އީސީ ޝަރީފް ވަގަށް ވޯޓް ނެގުމުގެ ފުރުސަތު ނުދޭތި.

  22
 6. ދސ

  ހަމަ ހިނި އަންނަނީ

  18
 7. އާދަމުގެދަރި

  ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވަން.

 8. ލޯއަނދިރި

  ގާނޫނީ ބާރުވެރިކަން މިއަށްވުރެ އިތުރަށް ހޯދާނަމަ ރާއްޖޭގަ އެހެންބަޔަކު އުޅުމުގެ ބޭނުމެށްނެތް މިކަލަލަ 3 މީހަކު އުޅެންވީ އަނަސްއާއި އާޒިމްއާއި އަދުން ހުސޭނު

 9. ޖަނާޒާ

  އެމް. ޑީ ޕީ އަށް ލިބޭ ޤާނޫނީ ބާރެއްގެ ފައިދާ ދިވެހި ރައްޔިތަކަށް ނެތް ކަން މިހާރު ވަނީ ކަށަވަރުވެފައި. # ފޮނިކެންޕެއިން ހުއްޓާލާ.