މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 65 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މމިއަދު 65 މީހުން ފައްސިވެފައި ވަނީ 2882 ސުންކު ނަގައިގެންނެވެ.

ރާއްޖެއިން މިއަދު ފައްސިވި މީހުންގެ ތެރޭގައި 38 މީހުން ފައްސިވެފައި ވަނީ މާލެއިންނެވެ. މީހުން ދިރިއުޅޭ ރަށްތަކުން އެކަކު ފައްސިވެފައިވާއިރު, ރިސޯޓްތަކުން 26 މީހުން ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14830 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު 13731 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އަދި ބަލި ޖެހުނު 50 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 42 ދިވެހިންނާއި، އަށް ބިދޭސީންނެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދުތައް ގިނަކޮށް އުޅެނީ ރިސޯޓްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މމ

    މިހާރު ހީވަނީ ފައްސި ނުވެގެން އުޅޭހެން، ކުޅިވަރު މުބާރާތްތަކާއި އެކި އެކި ހަފްލާތަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ ފައްސިވުން އިތުރުވުން މަދުވެފަވާތީ، މިހާރު އެބަ އިތުރުވޭ ވަރަށް ބޮޑަށް ޝުކުރިއްޔާ ރައްޔިތުންނާއިމެދު ތިޔަ ބަހައްޓާ އޯގާތެރިކަމަށް

    8
    3
  2. ގައުމު

    ދެން ލޮކް ޑައުން ކޮއްލާ....! ހެޔޮނުވާނެ ދުނިޔޭގެ އޮތް އެންމެ ނުރައްކާތެރި ބައްޔަށް ކޮވިޑު19 ވީތޯ...؟. މިތިބީ ދަރިން ގޮވައިގެން ބޭރަށް ނިކުންނަން ނުކެރި ފައި.. ސިއްޙީ ހިދުމަތްތެރިންގެ ބަސް އަހަން ވެގެން.

    5
    1
  3. ޣވޗޗދ

    ޢާދޭސް ކޮއްފަ ސުކޫލުތައް ބަންދުކޮއްދީ

    15
    1
  4. ނައިނާ

    ސުކޫލުތައް ބަންދުކޮއްދީ ހެޔޮނުވާނެ ޅަދަރިންނައް ހުރިހާދެރައެއް ތިދެނީ ރަހުމްގެ ކަންފުޅެއްވެސް ހަމަ ނެތީ އިންސާނުންގެ ސިފައިގަ ތިއްބަސް ކޮންމެސް އެހެން އެއްޗިހިތަކެއް މިއުޅެނީ އިންސާނުންނެއްނޫން

  5. ހިތާމަ

    ސްކޫލްތަށް ބަންދު ކުރުން ވަރަށް މުހިންމު. ހާލަތު ގޯސްވެ ބަންދު ކުރާއިރު އޮންލައިން ކްލާސް ތައްވެސް ނަގައި ނުދެވޭ ވަރު ވުމުގެ ކުރިން ވިސްނާލުން މުހިންމު.

  6. Anonymous

    މމިއީ ދިރިތިބި ބަޔަކަށް ޢިބުރަތެއް، ވެކްސިން ލިބު މަމުން މިބައްޔަށް މަޑުޖެހު މެއްނެތް، މިކަ މުންވެސް އެނގެނީ އެކަލާނގެ އިރާދަނުކުރައްވާނޭ ކަ މަށް ނުވާނެކަން، މިއީ މުޅިއިންސާނިއްޔަތަށް އެކަލާނގެ ފޮނުއްވާފައިވާ ކޯފާއެއްކަ މަށް ގަބޫލުކޮށް، އެކަލާނގެއަށް ބިރުވެތިވޭ.

  7. ޙިތާމަ

    ތެދެއް އެއީ ސްކޫލްތައް ބަންދު ކޮއްދދެއްވާ. ގޮތް ހުސްވެގެން ބަންދު ކުރާއިރު ޓީޗަރުން ނައްވެސް އޮންލައިން ކޮއް ކިޔަވައި ދިނުން ދަތި ވެދާނެ