އަދާލަތު ޕާޓީގެ ރައީސް ކަމަަށް ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތި ލައްވައިިފިއެވެ.
އަދާލަތު ޕާޓީއިން މިއަދު ވަނީ އެ ޕާޓީގެ ރައީސްއާއި ނައިބު ރައީސް ކަނޑައެޅުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އިއުލާންކޮށްފައެވެ.
އެ ޕާޓީއިން ނެރުނު އެ އިއުލާނުގައިވާ ގޮތުން މިނިސްޓަރު އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރު ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.
އަދާލަތު ޕާޓީގެ ދުސްތޫރުގައި އެންމެ ފުރަތަމަ އަންހެނަކަށް އެ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމައްޗެއް ނުލެވެއެވެ. އެކަމަކު މި ފަހަރުގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ދުސްތޫރު ވަނީ އަންހެނުންނަށް ލީޑާޝިޕަށް ވަޑައިގަނެވޭ ގޮތަށް އިސްލާހުކޮށްފައެވެ.
އެކަމަކު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހަވީރަށް ބަންދުވިއިރު އެއްވެސް އަންހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.
މިނިސްޓަރު އިމްރާނަކީ މިހާރު ވެސް އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ ބޭފުޅާއެވެ. ޖުލައި 17، 2011 އިން ފެށިގެން ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވަނީ އިމްރާނެވެ. ނައިބު ރައީސްގެ މަގާމުގައި ހުންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރެވެ. އެކަމަކު އާ ދައުރަށް އޭނާ ކުރިމަތިނުލައްވައެވެ.
އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އެ ޕާޓީގެ އާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގައެވެ. އެ އިންތިހާބުގަިއ ވޯޓު ލެވޭނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާއިން ބަލައިގަނެފައިވާ މެންބަރުންނަށެވެ.
އަދާލަތު ޕާޓީގެ ލީޑާޝިޕް ކަނޑައަޅާ އެތެރޭގެ އިންތިހާބު މި މަހު ބާއްވާއިރު، އިންތިހާބަކާ ނުލައި ދައުރު ހަމަވި ފަހުން ޕާޓީގެ ލީޑާޝިޕްގައި އިމްރާނައި އަލީ ޒާހިރު ހުންނެވި މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅުއްވާފައިވެއެވެ.
އެ މައްސަލައާ މެދު އީސީއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، އީސީއިން މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ދެގޮލައިވެސް ތިބީ ފެއިލްވެފަ
ޕާރޓީގަ 3000 ހަމަ ވޭތޯ ؟
އަދާލަތުގެ ރައީސް ކަމަށް ކެނެރީ މަޝީދު ހަމަ ޖައްސާ.
ކޮބާތޯ ސިދާތާ އި މޫ
އިމްރާން ހޮވާނީ.. ހަރުކަށި ފިކުރަކަށް ޖާގައެއް ނުދެވޭނެ..
ދެގޮލާ ރާވައިގެން. ތީ އިމްރާނުގެ ޕުލޭނެއް
އިމަރާނަކީ މިހާރު އަންހެނެއް އެހެންވެ އަންހެނުން ކުރިމަތިލެވޭ ގޮތަށް ހެދީ. ރައީސާ އިމްރާން ޒިންދާބާދު
ޢަދާލަތު ޕާޓީ އަކީ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކޮށް ދީނަށް ނަޞްރުދީ ޚާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރުމުގެ ރަގަޅު މަގްޞަދެއްގައި އުފެއްދި ދީނީ ފިކުރުގެ ޕާޓީއެކެވެ. ނަމަވެސް މިހާރު ޕާޓީގެ ރައީސަކަށް ހުރި ޢިމްރާނު، ވަޒީރު ކަމުގެ ބޭނުމުގައި އެ ޕާޓީގެ އިސް ސަފުގައި ތިބި މީހުން ގޮވައިގެން ގޮސް ރީނދޫ ލާދީނީންނާ ބައިވެރިވެ ލާދީނިއްޔަތަށް ބާރުދޭން ފެށި ހިސާބުން ޕާޓީ އޮތީ އޭގެ މިޞްރާބު ގެއްލިފައެވެ. މިހާރު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާފައި ތިބި ދެމީހުންނަށްވެސް ޕާޓީ އަށްވުރެ މުހިއްމުވާނީ އެމީހުންގެ ވަޒީރު ކަން ޙިމާޔަތް ކުރުމެވެ.
ތިތަނުން ފެއިލްވާ މީހަކު ޖެހިގެން އަންނަދުވަހު ސަރުކާރުން ބޭރުކުރާނެ.
ރާއްޖޭގަ ތިބި މައްޝޫރު 2 މަރު މޯލުން.
އިމްރާން ވާދަވެރި އިންތިޚާބަކުން ރައީސްކަން ކާމިޔާބުކުރިކަން ދައްކަން މީ ބޮޑުވަރު. ޑރ. ޒާހިރަކީ އިލްމީ ބޭފުޅެއް ނަމަވެސް މިނިސްޓަރ ކަމުގެ މަޤާމް ނުހަނު ބޭނުން ބޭފުޅެއް. އިމްރާނާ ވާދަކުރާކަށް ނުކެރޭނެ. އިމްރާން ބުނެފިނަމަ ކޮންމެކަމެއްވެސް ކުރާނެ. އިމްރާން ކިތައްމެ ނުރަގަޅު އަމަލެއް ކުރިއަސް އެކަމަށް ސަނާވެސް ކިޔާނެ. އެކަމުގެ ރަގަޅުކަމުގެ ވާހަކަ ވެސް ދައްކާނެ. އިލެކްޓްރޯނިކް ވޯޓެއް ބާއްވައިގެން ބައިކުދިންލައްވާ ކޮމްޕިއުޓަރުން ނަތީޖާ ނެރުނަސް ވޯޓްލާނެ މީހެއް ނުހުންނާނެ.
ރައީސަކަށް ރަނގަޅީ އަހުމަދު ޒާހިރު. އެކަމަކު ރަނިންމޭޓު ނަޝީދަކީ ކަމުދާ މީހެއްނޫން. އަދާލަތުގެ އަސްލު ފިކުރަށްވުރެ އެމްޑީޕީ ފިކުރުގެ މީހެއް އެއީ. އިންތިހާބަށްފަހު އަލީ ޒާހިރުވެސް ހީވަނީ އެމްޑީޕީއަށް ބަދަލުވާނެހެން.