ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް އާއި ފިލްމީތަރި އަހުމަދު ޒިޔާއު (ޒިޔާ) ޑޭޓްކުރާތާ ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުލޭތާ ތިން މަސް ވެފައިވާ ކަމަށް ޝިދާތާ ހާމަކޮށްފިއެވެ.
ޒިޔާ އާއި ޝިދާތާ ކައިވެނިކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހެވެ. އެ ދެމީހުުން ކައިވެނިކުރުމަށް ރަން ކިޔާފައި ވަނީ ރޭވަގުތެެއްގައެވެ. ޝިތާދާ ރަން ކިޔާފައިވާ އަދަދު ހާމަކޮށްފައެެއް ނުވެެެވެ.
"ވަގުތު" އަށް މައުލޫމާތު ދެެއްވަމުން ޝިދާތާ ވިދާޅުވީ، އޭނާ އާއި ޒިޔާ އަކީވެސް ރާއްޖޭގެ ގިނަ ބަޔަކު ދަންްނަ ބަޔަކަށް ވުމުން އެެ ދެެމީހުން ދެެމީހުނަށްވެސް ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވަނީ އެތައް ގޮތަކުން ދިމާވެފައި ކަމަށެވެ. އަދި ޒިޔާ އާއި ދިމާވީ ވަކި ދުވަހެއްގައިކަން ދަންނަވަން ދަތި ކަަމަށާއި، ލޯބީގެ ގޮތުން ރަސްމީކޮށް ގުޅިގެން އުޅޭތާ މިހާރު ވަނީ ތިން މަސް ކަމަށް ވިދާޅުވިއެެވެ.
"ދެން އަބަދުވެސް އެނގޭ ދޯ ޕަބްލިކް މީހުން ވީމަ. ވަކި ހާއްސަކޮށް ނންގެ ދިމާވީ މިހެންނޭ އެހެން ބުނާކަށް" ޝިދާތާ ވިދާޅުވިއެެވެ.
ޝިދާތާ ވިދާޅުވީ ޒިޔާ އަކީ ފިލްމުކުޅޭ މީހަކަށް ވުމާއި އެކު، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށްވުމުން އެތައް ގޮތަކުން ދެމީހުން މީގެ ކުރިން ދިމާވި ކަމަށެވެެ.
އެ ދެމީހުންް ކައިވެނި ކުރުމަށް ނިންމާފައި ވަނީ މިއަހަރުގެ ރީތި ތާރީހުގެ ގޮތުގައި ފާހަގަކޮށްލެވޭ 21-02-21 ގައެވެ. އަދި ރަންކިޔާ ހަފްލާވެސް ބާއްވާފައި މި ވަނީ ރީތި ތާރީހެއްގައެވެ. އެއީ 21-1-21 އެވެ.
ފޭސްބުކުގައި ދެމީހުންގެ ފޮޓޯ އާންމުކޮށް ޝިދާތާ ވިދާޅުވީ، އޭނާ ލޯބިން ފުރިފައިވާ ކަމަށެވެ.
ޕަބްލިކް 2 މީހުން ނޯ.. ލަދުން ބޯ ހަލާކު.. 21-3-21 ގަ ކައިވެނި ރޫޅާލާނީކީ ނޫން ސަޅި ކޮށް ލަން
ދެން ކޮއްފާނެއްނު.އަހަރުމެންނަކާ ކީކީއް
ހައްހައްހައް،،، ހިތައްއަރާ އެއްޗެތި ބުނާކަށް ބޭނުމެއްނޫން،، އަވަހަށް މަ ބެޑްޝީޓް ދަށަށް ވަދެ ފިލަނީ
ޒިޔާއަށް ސިދާތާ އާ އިދެގެން އުޅެވޭނެ ބާ. މިހާރު ތިއީ ޒިޔާގެ 3ވަނަ ކައިވެނި
ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ޒިޔާ އަށް ވެސް މިފަހަރު އިނގެންވާނެ މިޔޮއް ހުރިހާދުވަހު ގުރުބާންވި އެމް.ޑީ.ޕީ އެއީ ކިހާވަރެއްގެ ބައެއްކަން، ސިދާތާ އަށް ހެދިގޮތް ބަލާލިޔަސް މީ ވ. ވާހަކަ. މީ އަޅެފަހެ ދޮގެއްތަ؟
ނީ ނީޑް ..ޗިޕްސް
އެއީ ކިހިނެތް ކުރާ ކަމެއް އަނެއްކާ.. ތަފްސީލު ބޭނުން.. އިނގިރޭސި މޮޅެތި ބަސްތައް ނޭގެ އަހަންނަކަށް
ލަނޑަޔާ ވާނީ ލަނޑާ!
މަސްހޫރު މީހުނަށް ވީމަ ޑޭޓް ކުރަންވެސް އިންނަންވެސް މީހުން ލިބޭ. އަހަރެމެން ކަހަލަ ނިކަމެތިންނަށް ވީމަ ވާހަކަ ދައްކާލާނެ މީހަކުވެސް ނުވޭ.
ރީތި ނަންބަރުތަކަށް ހެއްލޭ ޒާތު މީހުންދޯ މިނިސްޓަރުކަން ކުރީ؟ އޭރުވެސް އިރުވަރު ބަލައިގެން ރީތި ނަކަތްތަކަށް ދޯ ކަންކަން ނުކރެވުނީ؟
ޥަރަށް ހުތުރު ކަމެއް....މުޅި އަދާލަތު ޕާޓީއަށްވެސް ހުތުރު...ދީނީ އޭ ކިޔާތީ ދެރަވަނީ...ވަރަށް ގިނަ ކަންކަން ހާމަވެ ބޭޒާރުވަމުން މިދާ ދިއުމުގައި މުނާފިގުކަންވެސް ހާމަވާނޭތާ...މިބުނީ ސިދާތާ އެއީ މުނާފިގެކޭ ނޫން އިނގޭ އަނެއްކާ....އެހެނަސް މިކަން މީ އޭނާ ދީނަށް ކޮށްލި މަލާމާތެއްގެ ގޮތުގައި އަހަރެން ލިޔެލެވިދާނެ...
100%
ޑޭޓޭ
ތި ތާރީޚު ކަމަކު ނުދޭ 12.12.21 ނުވަތަ 21.12.21 އަހަންނަށް ރަނގަޅީ، 02 އައިމަ ކަމުނުދަނީ، އެކަމަކު ތިކުދިންނަށް ރަނގަޅު ތާރީޚެއް އެނގޭނީ ތިކުދިންނަށް، ބޭބެ ކައިވެނިކުރީ، ތައްޔާރުވި ދުވަހު، ނުބަލަށް ކޮންމެހެން ރީތި ތާރީޚެއް، ކޮންމެހެން ތާރީޚަކުން ނޫންދޯ ކައިވެނި ބާއްޖަވެރިވަނީ، ދެމީހުންގެ އިތުބާރުދޯ. މިހާރު 30 އަހަރުވަނީ، ކުދިންވެސް އެބަތިބި އިންޝާﷲ ހުރިހައިކަމެއްވެސް އޯކޭ. ދެކުދިންނަށް ބާއްޖަވެރި ހަޔާތެއް މިންވަރު ކުރައްވާށި.
12.12.21 ގަ އޮތީ ވަރި. 3 ފަހަރު އިނދެ ވަރި ކުރި މީހަކު ހަތަރެއް ވެސް ހަމަ ކުރާނެ ކަންނޭނގެ. އެކަމު އެހިސާބަށް ނުގޮސް 2 މީހުންނަށް ރީތި ދިރިއުޅެމެއް އުޅެވިއްޖެ ނަމަ ކިތަންމެހާވެސް ރަނގަޅު. ޢެކަމުވާ ފިލްމެއްގެ ސައިޑް އެކްޓިންގ އެއްކޮށްލާ ލަވައަކަށް ބަނޑިއެއް ލައްވާލީމަ ރާއްޖޭގެ މަޝްހޫރު ސްޕަރ ސްޓާރ އެކޯ. ސްޓަރމީ އުޅޭމީހެއް ކަން ވެސް އިނގުނީ ބަޔަކަށް ބޮޑު ޚަބަރަކަށް ވެގެން ނޫސްތަކަށް މިވާހަކަ އެރުވީމަ.
އަޅެ ތިހެން ނުބުނެ ރަނގަޅު ބާއްޖަވެރި ދިރިއުޅުމަކަށް އެދެމޭ ބުނެލީމަ މާ ސަޅިއެއްނޫންތަ..؟ އަމިއްލަޔަށް އިސްލާހުވާންޖެހޭކަން މީގެން ހާމަވަނީ..
ﷲ ތިބާއަށް ހެޔޮމަގު މިންވަރު ކުރައްވާށި. އާމީން. 🤲
ބޭބޭ ރަނގަޅު ގޮތަކީ މާޝާﷲ.. އިންޝާﷲ ކިޔާނީކުރިއަށް ކަމެއް ވުމަށް އެދިގެން.. މިސާލު: ދަރިން ހޯދާނަން. އިންޝާﷲ
ހަމަ ބުނެލީ އިނގޭ ބޭބޭ
މަރީ މަށާ އިންނަންވީނު؟
ދެ މީހުން ދެން ފލްމުކުޅެން ފަށައި!
ދީނީ ޕާޓީއެއްގެ އިސްމީހެއް. ޖެންޑަރ މިނިސްޓަރ ކަން ކުރެއްވި. އެކަމަކު ލޯބީގެ ގޮތުން ގުޅިގެންނޯ؟ ލޯބިން ހިތް ފުރިފައޯ؟ ޕޮޓޯއިން ފެންނަނީ އަތުގުޅާލި ތަން ކައިވެންޏަކާ ނުލާ ހުއްދަ މިންވަރުބާ؟ ތެނަފުރާގެ ޒުވާނުންބާ؟ ބަލާ އަޑުއަހާ މީހުން ލަދުން ބޯހަލާކު ނުވިއްޔާ ރަގަނޅު.
ނޫން 21/11/21 ސަޅިނޫންތޯ
ކައިވެންޏަކީ މިކަހަލަ ސްޓަންޓަށްވުރެ މާ މާތް އެއްޗެއް. އިޚްލާސްތެރި ކަމެއ ހުރިއްޔާ އިސްލާޙްވެ، ތިކައިވެނިވެސް ރޫޅާނުލާ ދެމީހުންވެސް ގޮތްދޫކޮށް ﷲ އަށްޓަކާ ހެޔޮކޮށް އުޅެންވީ. ހެޔޮ ދުއާ ވަރަށް.
😡😡😡😡😡... ފޫހި ބައެއް... ޝިދާތާގެ ވަރު އަދި މިއިންގުނީ