ރާއްޖޭގެ ކަންކަން ރަނގަޅު ނުވަނީ ކޮންމެ ކަމެއް ނުވަތަ މައްސަލަ އެއް ނިންމަން ކޯޓަށް ދާން ޖެހޭތީ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އާއި ބައެއް މީހުންގެ ފާޑު ކިޔުން ކޯޓުތަކަށް އަމާޒުވެފައިވާތީ ޖާބިރު "ވަގުތު" އަށް ވިދާޅުވީ ކޯޓުތައް މިނިވަން ޒަމާނެއް ރާއްޖެ އަދި ދެކެފައި ނުވާ ކަމަށެވެ.

އަބަދުވެސް ކޮންމެވެސް އެއް ބަޔަަކަށް ފައިދާވާ ގޮތަށް ކަންކަން ނުކުރާ ޒަމާނެއް ނާންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ. ހަމައެހެންމެ އެއްވެސް މައްސަލައެއް ކޯޓާ ހަމަ އަށް ނުގޮސް ހައްލު ނުލިބުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

" މި ގައުމުގެ ވިޔަފާރިވެރިޔަކު ވެއްޖެއްޔާ އޭނާ އަބަދު ކޯޓުގައި. އެއީ ވަރިހަމަ ދައުލަތާ އެކު އެއްބަސްވުމެއް އޮތަސް. އެއްބަސްވީ ގޮތަށް ކަންތައް ކުރަންވީމަ ބުނާނެ ކޯޓަށް ދާށޭ. ކޯޓުތައް މިިނިވަންވުން އެއީ އަދި މާ ފަހުގެ ކަމެއް. އެހެން ވެގެން ނުވާނެ ހަގީގަތުގައި. ކޯޓަށް ގޮސް އެތާ ތެޅި ތަޅާފޮޅައިގެން ނޫން ގޮތަކަށް އަމިއްލަ ހައްގެއްވެސް ނުލިބޭ. އެހެން ހަދައިގެން ނުވާނެެތާ. މިއީކީ ވަގުންނެއް ނޫން ވިއްޔާ." ޖާބިރު ވިދާޅުވިއެވެ.

އޭރެއްގައި އޮންނަ ސަރުކާރަކުން ނުރުހޭ ނަމަ ވިޔަފާރިވެރިންގެ ތެރެއިން އެ ނުރުހޭ ބަޔަކަށް ކޯޓުތައް މެދުވެރިކޮށް ޖެއްސުން ކުރާ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ކޯޓަށް ދިއުން ނޫން ގޮތެއް ނެތް ކަަށް ވިސްނައިގެން ކަންކަން ކުރާހާ ހިނދަކު ގައުމުގެ މަސްލަހަތު ރަނަގޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޖަނާޒާ

  ސަޅި މޮޅު ބަސްކޮޅެއް 2021- ޖާބިރު

  10
 2. އިލްހާޒު

  މާނައަކީ ޖާބިރަށްވެސް ކަށަވަރުވި ކަމަކީ ޔާމީން މައްސަލައިގައި ހައިކޯޓުން ވެސް އެކުރީ ހަރާމް ހުމުމެއްކަން. މާދަމާ ވެސް ޖާބިރަށްވެސް ކޯޓަކުން ކޮންމެ މަފަ އަނިޔާއެއް ދީފާނެކަމާއި އިރުބާރެއް ނެތްކަން.

 3. ހުސޭނުބޭ

  ދެން ޖާބިރުބޭ މައުމޫނު ގިރުވާނުގައި ހިފައިގެން ކޯޓަށް ދަމަނީ ކީއްވެތަ؟

  3
  3
 4. ސަބިރު

  ކޯޓައް އެހެންމީހުން މައްސަލަވެއްދީމަ ޖާބިރު އެވާހަކަދައްކަން ލަދުހަޔާތްވެސް ކުޑަ! ގޮނޑި ދަމއިގަތިވެސް ކޯޓުން. ފަޅުތަކާ ފަޅުރަށްތައް ޖާބިރަށް ނުލިބިގެން ކޯޓަށްކިތައް މައްސަލަލީ؟؟

 5. އަބްދޫ

  ގައުމުގެ މަސްލަހަތަ ގައުމަށް މަންފާލިބުމާ ގައުމަށް ތަރައްގީ ނުލިބެނި އަމިއްލައެދުންބޮޑު އަމިއްލަ ޖީބު ފުރަން ބެނުންވާމީހުންގައުމުގަ ގިނަވުމުން. އެއްވެސް އެއްޗެއް ނުލިބި ނިމިދާނެހެން ހިވީމަ އެއްބަސްކިޔާފަ 35 މިލިއަންރުފިޔާ ހޯދާފަ 4 މިލިއަންދިފަ މަޖިލީހު މެމްބަރަކަށްދީފަ ސޮއި ކުރުވާކަހަލަ ހާއިނުން ގައުމުގަ އިތުރުވާތީ.

 6. ކާށިދޫ

  ކާށިދޫ ގޯތިތަކުގެ މައްސަލާގައި ކަލޭ ގޮވައިގެން ކޯޓަށްދާން ތައްޔާރުވަނީމި.

 7. ލލ

  ހުރިހާ މައްސަލައެއް ވެސް ސައިބޯ މޭޒުމަތިން ނިއްމާލެވޭތޯ ބައްލަވާ، އޭރުން ޖޭއެސްސީޔަށް ބާރެއް ނުފޯރުވޭނެ ބައިއަޅާކަށެއްވެސް ނުޖެހޭނެ !

 8. ކާށިދޫގޯތި

  އަހަރެން ބޭނުމީ ޖާބިރު ، އޭނަވަނީ އަހަރެންގެ %50 ޓަށް ލާރިދައްކާފައި ި ލަވް ޖާބިރު