އެމްއެންޑީއެފްގެ އެކި ގިންތީގެ ސިފައިންނަށް ޕޮރޮމޯޝަނަން ނުވަތަ މަގާމުގެ ކުރިއެރުން ދިނުމަށް ޑިފެންސް މިނިސްޓްރީ އިން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ގިނަ އަދަދެއްގެ ސިފައިން ޕްރޮމޯޝަން ދިނުމަށް ޑިފެންސް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ. އަދި އިއްޔެ ވަގުތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ޕްރޮމޯޝަން ލިޔުންތަކުގައި ސޮއި ކުރައްވާފައެވެ.

މިއަހަރު ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު މިދިޔަ 2019ވަނަ އަހަރުވެސް ސިފައިންނަށް މަގާމުގެ ކުރިއެރުން ދީފައިވެއެވެ. މީގެއިތުރުން ދިވެހި ސިފައިންގެ މަތީ ރޭންކުގެ ބޭކަލުންނަށް ވެސް މިދިޔަ އަހަރު މަގާމުގެ ކުރިއެރުން ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިފަހަރު ޕްރޮމޯޝަން ނުވަތަ މަގާމުގެ ކުރިއެރުން ލިބޭ ސިފައިންނަށް މުސާރައިގެ ކުރިއެރުން ވެސް ލިބިގެން ދާނެއެވެ. ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ޑިފެންސް މިނިސްޓްރީ އިން ނިންމާފައިވާއިރު ސިފައިންނަށް ބޯހިޔާވަހިކަން ހޯދާ ދިނުމަށް އިތުުރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދިނަސް ވޯޓެއް ނުލިބޭނެ ސޮރީ އެމްޑިޕީ

    9
    2
  2. މާރިއާއްތަ

    ހެޔޮޮ ފުލުފުލުގަ އަހަރެމެނަށް ޕްރޮމޯޝަން ދިނަސް، ތިބައިގަނޑަށް ވޯޓެއް ނުދޭނަން..

    10
    2
  3. ސިފައިންގެ މީހެއް.

    ޕްރޮމޯޝަން އޭ ނުކީޔާ. އަހަރަމެންގެ ފްލެޓް ހަވާލުކުރޭ 92000 ރުފިޔާ އެޑްވާންސް ދީފަ 8އަހަރު ވަނީ އަދިވެސް ނުނިމޭ. ޥެރިކަމަށް އައިސް މާރިޔާ ބުނީ 6 މަސް ދުވަސް ތެރޭ ހަވާލު ކުރާނަމޭ. މިހާރު 3 އަހަރު ވަނީ .މިހާރުވެސް ފުލެޓްގެ މަސައްކަތް ނުކުރާތާ 4މަސް ވަނީ. ކޮބާތަ އަހަރަމެންގެ ހައްގު. 300 ސިފައިން ގެ ލޭ ނުކައްކާ ޥަރަށް ލޭކެކޭ އެބަ.

  4. ޢިއްސެ

    މާރިޔާ ސިފައިން ގެ ބޯ ހިޔާ ވަހި ކަމޭ ނުކިޔާ އެޑްވާންސް އަށް 92200 ދައްކާފަ ހުރި ފުލެޓް ހަވާލު ކުރޭ.

  5. އެމަންޖެ

    ދައުލަތުގެ ބަޖެޓު ކެކިގެން އަރަނީ ދޯ ބަހާ ހުސްކޮއްލަންވީ ނުކެވި ހުރި އެތިކޮޅުވެސް.

    2
    1
  6. އިއްބެ

    ލޯކަލް ކައުންސިލް އިންތިޙާބު ވޯޓަށް، އޭ، ފިނދަން،އިލޮޅި މާރިޔާ، ހައްގު،ރޭންކު އެއީ ދޭންޖެހޭ އެއްޗެއް، އެކަމު ސިފައިން ވޯޓު ނުވިއްކާނެ!

  7. ޖުމައިލް

    ދިވެހި ރައްޔިތުންފެލައިގެން ބޭނުންބަޔަކަށް ދީ ހުސްކޮށްލާ..ޕޮލިހުންނާ ސިފައިންތިބިއްޔާ ވެރިކަން ދެމެހެއްޓޭނެ.ވަރިހަމަ ނިކަމެތި ރައްޔިތުން ނުކައި ނުބޮއި ތިއްބަސް.

  8. ކާނަލް

    ހުރިހާ ސިފައިންވެގެން ގެެއްލުމުގެ ބަދަލު ހޯދަން ކޯޓުގައި މައްސަލަ ޖަސަން ފެނޭ. 92200 ރުފިޔާ ކާލައިގެން 8 އަހަރުވަނީ ކޮބާ ކުދިންގެ ހައްގުތައް. ކޮބާގެއްލުމުގެ ބަދަލު. މިކަމައް ވިސްނާލަމާ.