މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށް، އެ ހުކުމް ދެެމެހެއްޓުމާ ގުޅިގެން އެކަން ބަލައި ނުގަނެ ސީދާ ހަރަކާތަށް ނުކުންނަން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ޕްރޮގްރެސިވް ކޯލިޝަންގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި، އެ ގަރާރު ހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އެ ގަރާރުގައި ވަނީ ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމް ބަލައިނުގަންނަ ކަމަށް ބުނެއެވެ. އަދި ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ގަރާރުގައި ގޮވާލާފައިވެއެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާގައި ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމާއި، އެ ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް ޕްލަސް އެކައުންޓަށް ޖަމާކޮށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ މަނީ ލޯންޑްރިންގެ ގާނޫނު އޮންނަ ގޮތުން މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމުގައި ދެ ރުކުނެއް ފުރިހަމަވާން ޖެހޭނެއެވެ. އެއީ ވަކި މުދަލަކީ ނުވަތަ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަން ނުވަތަ ފައިސާއެއް ކަން ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން އަދި އެކަން އެނގިހުރެ އެ ފައިސާ ބޭނުން ކުރުން ނުވަތަ އޭގެ އަސްލު އޮޅުވާލުން ކަމަށެވެ. އަދި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) ހުކުމް ކުރި ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުފައްކިރު

    ދެގާޒީއަކު ހެއްކަށް އިއުތިރާޒު ކުރުމުން މައްސަލަ ސާބިތުވާނެ ގޮތެއް އޮންނާނެތޯ؟ ފެށުމުގަ ވެސް ނިމުމުގަ ވެސް ބާތިލް ދައުވާއެއް.

    64
    9
  2. ޖަނާޒާ

    ސީދާ ހަރަކާތަށް މީހުންނެރެފައި އަދުރޭ ޓިނުގަނޑެއްގެ ދަށުގައި ނޯންނަވާތި. މިދިޔަ ރިޔާސީ އިންތިޚާބު ރައީސްޔާމީނަށް ގެއްލުމުގައި ކަލޭގެ އިހްމާލު ކުޑައެއްނޫން. ކަލޭ ބުނީ މަ ، އަޑުއަހަން އިންދަ ބައެއްރަށްތައް ހުުންނާނެއޭ ، ތިޔަކަހަލަ މެޖީރިޓޯ ނުލިބޭ ރާއްޖެ އޮތީ އެހެނެއްނޫނޭ. އަހަރެން ދެންނެވިން މަނިކުފާނު ތިޔައީ ކުށްހިޔެކޭ ، ގޯހޭ ވަރަށް މަސަތްކަތް ހަމަ ގައިމުވެސް މިރަށް ރަށުގައި އެބައޮތޭ. އެހެންވީމާ އެކަހަލަ ހިސާބު ޖަހާފައެއްނުން ހަރަކާތަށް ގޮވާލައްވާނީ. ތިމާގެ ހިތްވަރު ހުންނަންޖެހޭނެ. އިގޭތޯ # ރައީސްޔާމީނަށްޓަކައި މިއަދުވެސް އަހަރެން ތައްޔާރު. ޓިނުގަނޑެއްވެސް ފަންގަނޑެއްވެސް އެއްވެސް ނިވަލެއްބޭނުމެއްނޫން. # ސުކުރިއްޔާ

    30
    5
  3. އަބްދޫ

    އެސްއޯއެފް ކުންފުންޏާ އަދިބަ ޒިޔަތާ ހުރި ގުޅުން ބުނެ ނުދޭ، އެސްއޯއެފް ކުންފުނިން އެމްއެމްޕިއާރުސީ ގެ ފައިސައަށް ހިޔާނާތް ވެގެން އެކުންފުނީގެ އެއްވެސް އޯނަރަކަށް ކުށްސާބިތު ކުރެވިފައެއް ނެތް.އެސްއޯއެފް ކުންފުނީގެ އެކައުންތްގަ ހުރީ އެމްއެމްޕިއާރުސީގެ ފައިސާކަމަށް ސާބިތު ކުރެވިފައެއް ނެތް.ގާނޫނީ ގޮތުނ ބަލާ އިރު އެސްއޮއެފް ކުންފުންޏަކީ އެކުންފުނީގެ އޯނަރުން ދަރަންޏަށް ޒިންމާވާންޖެހޭ އަމިއްލަ ސަހުސެއް. ވީއިރު ދަވްލަތުގެ މުދަލަކަށް އެސްއޯއެފް ވީގޮތެއްނުވިސްނުނު.ގާނޫނީ ގޮތުންބަލާ އިރު އެސްއޯއެފް ކުންފުނީގެ ބޭންކްއެކައުންޓްގާ ހުންނަނީ އެސްއޯއެފް ކުންފުނީގެ ފައިސާ .

    22
    2
  4. ފުލެޓު ދޮން ބޭ

    ކަލޭމެން ގަބޫލު ކުރާ ގޮތަށް ޙުކުމް މުރާޖާ ކުރަން އުތުރު ކަރަ އިން ހިލޭ އެހީ ލިބޭތޯ މި އުޅެނީ

    8
    18
  5. ނަައީމް

    އެ ދެފަޑިޔާރުން ބުނަނީ އިތުރުހެއްކެއް އެހެން އެއްޗެއްބޭނުންނުވާވަރައް އެ ދެ ފަޑިޔާއައްއެގެޔޭ އެފައިސާއަކީ ކޮންއެއްޗެއްކަން އެހެންވެ ހުކުންދެމެހެއްޓީކަމުގަ މާފަހުން ރެޔަކާލީ މައްސަލައެއް ނިންމަންވާނީ ދައުވާލިބޭ ދެފަރާތުން ހުށަހަޅާ އެއްޗެއްގެ މައްޗައްކަން ކީއްކުރާނީ ލިބުނުބަޔާއި ލިބެންހުރިބައި ފެނި އަވަސްވެގަތީ ހުކުންއިއްވާފަ ދުވެފިލަން ވާނެއެއްޗެއްވިޔައް ތިމާގެ ދިރިއޅުމާއި އަތްމަތިތަނަވަސްވެގެސްދިއުމަކީއުފަލެއކަމުގަދެކިގެން އަވަސްކޮށްލާފާ ދުންވާގަނެވުނީ ރައްޔިތުންނޭ ބަލަންތިބޭތި ރައްޔިތުންނައް މިހެދުނުގޯހުގެނަތީޖާ ރައްޔިތުންގެހިތުން ނުފިލައިގެން އުޅެނިކޮށް އެފަޑިޔާރުންނަން މިފަދައިން ކަންކުރުމުންލިބޭ ހައްގު އަދަބު ބޮޑުވާނެ އިލާހީ ގާނޫނު އަރާހަމަކުރާނެ............

    26
    1
  6. ސިނެކް

    ޢެމްޑީޕީ ވެސްގޮވީ އަ ދުލުއިންސާފު ގާއިމުކުރޭ ޕީޕީއެމް އިންވެސް މިގޮވަނީހަމަ އެހެން މަށަކަށް
    ނުހުރެވުނު ހަމަހީހީ ހަލާކުވެއްޖެ

    11
    6
  7. Anonymous

    ފުރަހތަމަ އެމްޑިޕީ ހާހޫރަ ތަކާ ކަޑަތައް ނަގާ ސާފު ކުރޭ އެހެންނޫނީ ނުކުންނާނެ ރައްޔިތަކު ނުވާނެ.

    4
    7
  8. ހައްސާ

    ގަރާރު ހުށަހެޅުމުގެ ބޭނުމެއްނެތް ކުރީފަހަރުވެސް ނުކުތްގޮތައް މިފަހަރުވެސް ހިއްވަރާއެކު ކެރިގެން ނުކުމެ ސަދޫމްވެރިންބަލިކުރަންވީ

  9. ފާހާނާ ހޮޅި

    ފާހާނާ ހޮޅިންތަ ސީދާ ހަރަކާތް ފެށެނީ؟

    2
    6
  10. އަތުރާބު

    "ފްލެޓްދޮންބެ" ކިތަންމެ ކެޓިޔަސް ފާސިޤުންގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ޤަބޫލެއްނުކުރެވޭނެ! އެއީ ހަތްއުޑުމަތިން ބާވާލެއްވި ﷲގެ ދުސްތޫރުގައި ބަޔާންކުރައްވާފައި އޮތް ގޮތް! ވައްކަމެއްކޮށް ، ބަނގުބޮއި ، ދޮގުބުނެ ، ޒިނޭއަށް އަރާގަނެ މިފަދަ ކަމެއް ސާބިތުވެަފއިވާނަމަ އެއީ ފާސިޤުންކަމުގައި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި އެހުރީ ފެންނަން! އަލުން އަނެއްކާ އެއްކަމެއްގެ ތުހުމަތުކުރެވިފައިވާ ބަޔެއްގެތެރެއިން އެކަކު އަނެކަކަށް ޝަރީޢަތުގައި ހެކިބަސްދިނުމަކީ އިސްލާމީ ފިޤުހާއި އިސްލާމީ ޝަރީޢަތް ހުއްްދަ ކުރާ ކަމެއްނޫން! އެހެންވީމާ ޔާމީނަށް އިއްވި ޙުކުމަކީ މުޠުލަޤަށް ބާޠިލް ޙުކުމެއް!