ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީ މީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަދެގެން އެމީހާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހުއެވެ. އެރޭ ފުލުހުން ވިދާޅުވީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޟމ

    ފާޅުގަ އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ މި ދިވެހިރާއްޖޭއަށް ނިސްބަތްވާ މީހުންނަކީވެސް ނަފްސާނީ ބަލި ހުންނަ މީހުންތޯ ނުވަތަ ނޫންތޯ ސާފްކުރަން ރައްޔިތުން ބޭނުންވޭ

    69
    2
  2. ކަރީމާ

    އެއްޗެކޭ ކިޔާ ފަ މަތިޖަހާލީދޯ. ކުރިން ފަހަރު އިންޑިއާ ޑޮކްޓަރުވެސް ބޯލައިގެން ބޯސަކަރާތްވެ ފައި ހުރިކަަށް ނިންމާ ފަ އޭނާ ފޮނުވާލީ!

    23
  3. ޖ

    ފާލުގައި ދީނައްހަޖޫޖަހައި މިއުޅޭ އެންމެންނަކީ ނަފުސާނީ މީހުން މީހާދަ ހެއްވާކަމެކޭ އެެއްގޮތަކައްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެނޭ ރަތްޔަތުންނުކުމެ ހައްލުކޮއްގެންނޫނީ ހައްލެއް ނުވާނެ

    21
  4. ސަމްވަން

    ނަފްސާނީ މައްސަލަ ހުންނަ މީހަކަށް ބަރަހަނާ ހާލުގަ ވަންނަން އެނގުނީ މިސްކިތަށް އެކަނި ދޯ؟

    23
  5. މަބޭ

    ހުޅަންގުގެ އުސޫލު ގައިރުމުސްލިމަކު ކޮންމެފަދަކަމެއްކުރިޔަސް އެވާނީ އެމީހަކުސިކުންޑިހަމަނުޖެހޭތީ ކުރިކަމަކައް މުސްލިމަކުވެއްޖެޔާ ޓެރަރިސްޓަކައް.

    18
  6. ރޯދަ މުބާރިކް

    ކުރީދުވަހު ކާނެތަނެއް ނެތިގެން...!! ދިވެހިން ހަޖަމު ކޮށްލީ...މިއަދު މީ މޮޔައެއް..! ބޮޑު ކަމެއްނު..! މި ގައުމުގެ މޮޔައިންނޭ ބުނާމީހުން ގުރާދޫގަ...މި ކަލޭގެ މިސްކިތުގަ އޮރިޔާމުން....ފުލުހުން މި ބުނަނީ ބަލި ސޮރެއްކަމަށް...!!

    މި ކުރެވެނީ ޓެސްޓެއްކަމަށް ލަފާކުރެވޭ..!!

    19
  7. ލޮލ

    މިސްކިތުގެ ހުރުމަތް ކަނޑާ ކޮންމެ މީހަކީ އެކަހަލަ މީހަކަށް ހެދީމަ ނިމުނީ

    17
  8. ޑަބިޔާ

    އަންނި އިސްލާމް ދީނާ ދޮކޮޅުވާ ހަކަދައްކަނީވެސް ނަފްސާނީ ބަލި ހުންނާތީ!!!!! އެހެންވީމާ ސަރުކާރައް ގޮވާލަން އޭނަ އެކަހެރި ކުރުމަށް

    17
  9. ކޮވިޑް

    މި ސަރުކާރަކީ ވެސް ނަފުސާނީ ސަރުކާރެއްކަމަށް ޕޮލިހުން ބުނެބަލަ؟ މި ރާއްޖޭގެ ކާކަށްބާ ނޭގެނީ ވެލިޒިނީ ރަސޫލާ އަށް ކުރި ފުރައްސާރަ.މިހާރު ވެލިޒިނީވެސް މިނިވަން ކަމާއެކު ނަފުސާނީވެފަ.މުޖޫ މެން އުފާލާއެކު މަޖާކުރަނީ،އިންޑިޔާ މީހުން ޗއްޓީ އެއް ހެން ރާއްޖެ އައިސް އިސްލާމް ދީނަށް ފުރައްސާރަ ކޮށްފަ ދަނީ، ހޯރަ އިއްބެމެން މިނިވަންކަމާ އެކު އުދުހެނީ. ރޯޔަލް ބޭފުޅުން ނާޗަރަންގީ ކުޅުމުގަ ، މީ ސައްތަ އިން ސައްތަ އިސްލާ މީ ވެރިކަމެއްގަ މި ޤައުމުގަ ވެފަ، ވަމުންދާ ކަންތައް ނޫންތޯ؟ އެ ހެއްވެ މި ބުނީ މިސަރުކާރުވެސް ނަފުސާނީ ވެފަ އޭ.

    17
  10. ޤާދިރު

    ވެލިޒިނީ ވެސް އެއީ ބަލި ކުއްޖެއްނުން. ދޮގުހެދިޔަސް ފުކެއް ބޮޑުވަރު.

    18
  11. ޑަބަލް ފޭސްޑް

    އެކަމަކު މޫނު ބުރުގާ އަޅައިގެން ބޭރަށް ގޮސްފިއްޔާ އެވާނީ ޓެރޮރިސްޓަކަށް. ތުނބުޅި ދިގުކޮށް ޖުއްބާލައިފިއްޔާވެސް އެވާނީ ޓެރޮރިސްޓަކަށް.

    18
  12. ހުސެން

    ވެލެޒިނީ އެވީ މޮޔައަކަށް ،އިންޑިއާާ ޑަކުޓަރު ބޮއެގެން.މި ބޮންދު އެވީ ބޯ ގޯސް .އުފާ މެން އެމްޑީއެން މީހުން ފުރުވުން.މިއީ ލާދީނިސްޓުން ގެ އެޖެންޑާ މިކަމަށް ފިޔަވޅެއް ނާޅާ އާދައިގެ ކަމަކަށް ހަދަން ކުރާ ޙީލަތްތެރި މަސައްކަތެއް.ދިވެހިންނޭ މިކަމާ ދެކޮޅަށް ވަރުގަދަ އިޙްތިޖާޖެއް ކުރަން ޖެހޭ.ފުލުހުން ދެން އެހެންވީއިރު ހުރިޙާ ކުއްވެރިންނަކީ މޮޔައިން ކަމަށް އަންގަންވީނުންތޯ

    12
  13. ވަގޭ

    ވެރިންނަށް ތިބެ ރޯމާދުވާލު ވައްކަންކުރާ މީހުނަކީ ވެސް ބުއްދި ރަނގަޅުބައެއްބާ ؟ އިސްތިއުފާ!

    10
  14. އެމަންޖެ

    ތިކަން ކުރިންވެސް އެނގޭ ތިޔައީ ލާދީނީ އަންނިގެ ކަމެއްކަން.

  15. އީގާން

    ބަންގްލަދޭޝް މީހެއް ތަ؟ ހާދަ ހީނުވެޔޭ... ކީއްވެ ދޫކޮއްލީ