ދ. މީދޫ އަށް އުފަން ފިރިހެނަކު ނިޔާވިތާ ފަސް ދުވަސް ފަހުން އޭނާގެ ދަރިފުޅު މިއަދު ނިޔާވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު އައިޖީއެމްއެޗްގައި ނިޔާވީ މުސްކުޅި ބަލީގައި ފަރުވާދެމުން ދިޔަ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ އުމުރުން 28 އަހަރުގެ ފިރިހެން ދަރިފުޅު ނިޔާވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

މީދޫ ކައުންސިލްގެ ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދު "ވަގުތަށް" ވިދާޅުވީ އެއީ އެއް އާއިލާގެ ދެ މީހުން ނިޔާވެފައި ވަނީ ބަލިވެގެން ވަރަށް ގިނަ ދުވަހު އުޅުމަށް ފަހު ކަމަށެވެ.

އޭގެ ތެރެއިން 28 އަހަރުގެ ޒުވާނާއަކީ ލޭއަޅާ ޒުވާނެއް ކަމަށާއި އޭނާ ނިޔާވި ސީދާ ސަބަބު ވިދާޅުވާން ނޭނގޭ ކަމަށް ޝުރައިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާ😞

    ހާދަ ދެރައޭ

    13
  2. ހެޔޮދުޢާ

    އިންނާލިﷲ ވައިންނާއިލައުހި ރާޖިޢޫން! ނިޔާވި ދ. މީދޫ ދެބަފައިންނަށް ﷲ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި ޖަންނަތުލް ފިރުދައުސް މިންވަރުކުރައްވާށި! އާމީން

    50