ރާއްޖެ އަށް މަސްތުވާތަކެތި އެތެރު ކުރާ ބައިނަލްގުވާމީ ނެޓްވޯކެއްގައި އިސް ރޯލެއް އަދާ ކުރާ އަވަށްޓެރި ލަންކާ އަށް ނިސްބަތްވާ ދެ މީހަކު އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.

ނިއުސް ވަޔާ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ދެ މީހުންނަކީ އެމީހުންގެ ވަނަވަރު އޮޅުވާލައިގެން ޓަމިލް ނާޑޫގެ ޗެންނާއީގައި އުޅެމުން ދިޔަ ބައެކެވެ. އެމީހުން އިންޑިއާ އަށް އެތެރެވެފައި ވަނީ އެމީހުން ހޯދުމަށް ލަންކާ އިން މަސައްކަތް ފަށާފައި ވަނިކޮށެވެ. އަދި އޭގެތެރެއިން އެކަކު ހޯދުމަށް އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފައެވެ.

މި ދެ މީހުންނާއި ގުޅޭ މައުލޫމާތު އިންޑިއާ އަށް ލިބުނީ އިންޑިއާ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ލަންކާ މަސްބޯޓެއް ހިފެހެއްޓި ފަހުންނެވެ. އެ ބޯޓުގައި ބަޑިވެސް ހުއްޓެވެ. އަދި 95 ކިލޯގެ ހެރޮއިން ހުރި ކަމަށްވެއެވެ. 18 ކިލޯގެ މެތެމްފެޓަމިން ހުރި ކަމަށްވެއެވެ. އެ ބޯޓުން ލަންކާ ހަ މީހަކު ހައްޔަރުކުރިއެވެ.

މި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދެނީ އީރާނާއި އަފްގާނިސްތާނާއި އަދި ޕާކިސްތާނު ބައެކެވެ. އެ މަސްތުވާތަކެތި އާއްމު ގޮތެއްގައި އަރުވަނީ ޕާކިސްތާނާއި އީރާނުގެ ބަނދަރުތަކުންނެވެ. އަދި އެ ބޯޓުތަކުން ލަންކާ އާއި ރާއްޖެ އަށް މަސްތުވާތަކެތި އަންނަނީ ފޯރުކޮށްދެމުންނެވެ.

އެއް ބޯޓުން އަނެއް ބޯޓަށް މަސްތުވާތަކެތި އަރުވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ކަމަށްވެއެވެ. މި ވިޔަފާރި ކޮންޓްރޯލް ކުރަނީ ލަންކާ ޖަލުތަކުގައި ތިބި ޕާކިސްތާނު ޑްރަގު ޓްރެފިކް ކުރާ ބައެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ސާބިތުވީމަ މަރަންވީ....

    16
  2. ލޮލް

    އިންޑިއާ އައުޓް އިންޑިއާ ސަރުކާރުގެ ބަލާ ވެރިކަން ބޮޑުވެއްޖެ އަހަރެމެންގެ ޒަރޫރީ ކާޑުގެ ބާވަތްތައް ހުއްޓުވާ ވިޔަފާރިވެރިން ހައްޔަރުކުރަން ބަލައެއް ނުގަނެވޭނެ.

    15
    4