ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމް ނެންގެވި ފައިސާ ހަވާލުކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ކަމަށާއި، ފާރިސް އެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށް ވިދާޅުވެ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވަނީ ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ޖާބިރު ވިދާޅުވާ -/29,000,000 ރުފިޔާ ތެރެއިން -/24,000,000 ރުފިޔާ އެފަރާތާއި ހަވާލުކުރުމަށް ޖާބިރުގެ ފަރާތުން އައްޔަން ކުރީ އޭނާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށް ރައީސް މައުމޫން އާންމު ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވާ ކަމަށާއި، މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނު އޭނާ ހަވާލުކުރި އެ ފައިސާ، ބައްޕާފުޅަށް ލިބިވަޑައި ނުގަންވާނަމަ، އެކަން ވެގެން ދާނީ އެ ފައިސާއަށް ފާރިސް ޚިޔާނާތްތެރިވެފައިވާ ކަމަށް ކަމަށް ދިޔާނާ ވިދާޅުވެއެވެ.

"އެހެންކަމުން މި ޚިޔާނާތުގެ މައްސަލަ އަވަސް ތަހްގީގަކުން ތަހްގީގް ކޮށްދެއްވައި، އެ ފައިސާއަށް ފާރިސް މައުމޫނު ހެއްދެވި ގޮތެއް ބައްލަވައި ދެއްވުމަށް އެދި ތިޔަ ސާރވިސް އަށް ހުށަހަޅަމެވެ". ދިޔާނާގެ އެ ސިޓީގައި ވެއެވެ.

ދިޔާނާ ވިދާޅުވީ، އިންސާފުވެރި ތަހްގީގަކުން އެފައިސާ ލިބުނު ފަރާތެއް ގާއިމު ނުކުރެވޭހާ ހިނދަކު މި ހިޔާނާތް ރައްދު ވަނީ އޭނާއަށް ކަމަށެވެ.

އަދި އެ ފައިސާގެ ރަހުނުގެ ގޮތުގައި މައުމޫންގެ ގެކޮޅު، މއ. ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ބާއްވައިގެން ވިޔަސް ފައިސާ ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި ނަމަވެސް، އެ ރަޖިސްޓްރީ ކޮންމެހެން ބާއްވަން ބޭނުން ނުވާކަމަށާއި ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއެއްގެ ގޮތުގައި ފުދޭ ކަމަށް ޖާބިރު ވިދާޅުވެފައިވާކަމަށް ދިޔާނާެ ސިޓީގައި ވެއެވެ.

އަދި ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވިތަނުގައި އެފައިސާ ހޯދުމަށް ރައީސް މައުމޫންގެ މައްޗަށް ޖާބިރުގެ
ފަރާތުން ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއުތުގެ މަރުޙަލާގައިވެސް ރައީސް މައުމޫނާގެ ފަރާތްޕުޅުން ވިދާޅުވަނީ ފައިސާ
އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށް ދިޔާނާގެ ސިޓީގައި ވެއެވެ.

އެހެންކަމުން މި ހިޔާނާތުގެ ތަހިގީގު ފާރިޝް މައުމޫންގެ މައްޗަށް ކޮށްދެއްވުން އެދި ދަންނަވާކަމަށް އެ ސިޓީގައި ވެއެވެ. އަދި ތަހްގީގަށް ހެކި ހުށަހަޅާނެ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަބްދޫ

  ފާރިސް ވެސް މައުމޫނުވެސް ޖާބިރުވެސް ރިޔާސީ އިންތިހަބުގަ ވާދަ ނުކުރޭ. ފާރިސް އޮތީ ޖަލުގަ. ބޭނުންވާމީހަކު ވެރިކަމަށް ގެނައުމަށް ހަރަދުކުރީ.އެކިފަރާތަތަކަށްއެހީގެ ގޮތުގަ ޖާބިރު ދެއްވާފަ ހުންނަ ފައިސާ އަބުރާ ހޯދަން އުޅުމަކީ ލަދުވެތިކަމެއް.ޔާމީނަށް ވެރިކަމަށް ނާދެވޭނެ މަގު ހޯދުމަށް އެކިފަރާތްތަކާއި ހަވާލުކޮށްގެން ޖާބިރު ހަރަދު ކުރެއްވިފައިސާ ޖާބިރަށް ދޭންޖެހެނީ ކޮންގޮތަކުން.ތިޔައީ ޖާބިރަށް ލިބެންޖެހޭނެ އެއްޗެއްނޫން.

  38
  6
  • ރާބޯސް

   އެހެންނޫނަސް މީހަކަށްއެއްޗެއްދީފާ އެއެއްޗެއްހޯދާމީހާއާއި މީހަކަށްއެއްޗެއްދީފާ ކަލަގޮވާމީހާއަށް ލައުނަތްހު ރި .. ތިގޮތަށްހޯދަންވެއްޖެއްޔާ ގާސިމް އަށް ހާދަހާފައިސާއެއްލިބެންހުންނާނެއޭ .. ދިވެހި ރައްތުންނަށް ގާސިމްވަ ރަށް ދީލަތިއެހީވެދިންމީހަކު ރާއްޖޭގަމަދުވާނެ. އެކަމަކު އެފައިސާހޯދާކަށް އެމަނިކުފާނުވެސްނުއުޅުއްވާ ދެއްތޯ ..

   5
   13
 2. ތިލަފަޅު

  މިކަމުން އެނގިގެންދަނީ މިސަރުކާރުގެ ކޯލިޝަނުން ޔާމީނު ވެރިކަމުން ދުރުކޮރުމަށް ފައިސާއާ އެހެނިހެން މަކަރުތައް ބޭނުންކުރިވަރު އީސީ ޝަރީފުކޮބާ

  25
 3. ސިކުނޑި

  ތިޔަހެން އުޅެން ހަދައިގެން ބުޅާ ގޯނިންބޭރުވެ ހުރިހާ ކަމެއް ބޭޒާރުވާނެ! ކޮބާ ޖާބިރުގެ އެކައުންޓް ކުރަން ކުރި ހުކުމް؟ ކޮބާ ޖާބިރު ދައުލަތަށް ދައްކަންޖެހޭ ފައިސާ؟ ރާއްޖޭގެ ސިޔާސީ ކަންކަން ހިނގާ މަގަށް ބަލާއިރު ޖާބިރަކީ ސިޔާސީ އުރަތްޕެއް ހުންނަ މީހެއްނޫން އޭނަ އަތުގަ އޮތީ ފައިސާ! އެގޮތަށް ޚަރަދު ކުރާ ފައިސާއަކީ ޚުދު ޖާބިރުގެ އަމިއްލަ ފައިދާއަށް ޚަރަދުކުރި ފައިސާ! ޖާބިރުގޮތަށް ކަމަނާވެސް ދެކޮޅުނުޖެހޭ ވާހަކަ ދައްކަން ފެށީތޯ؟

  6
  4
 4. ސުއިސައިޑް ސްކޮޑް

  ޖޯކަ ރު ޖާބި ރު އާއި ދިޔާނާ ކުއީންތަ މިއުޅެނީ؟

  5
  3
 5. Anonymous

  ދިޔާނާ ތިޔަ ދައްކަވާ ވާހަކަފުޅު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލު ކުރުން އެކަށީގެންވޭ. އެއީ މައުމޫނު ގެ ކަންތައް މިހުންނަނީ، "ދަންމަޅި" ޖަހާ އުސޫލުން ކަމަށް ވާތީ. މި ޒަމާނު ގެ ކުދިންނަށް، "ދަންމަޅި" އަކީ ކޯޗެއްކަން ނޭންގިދާނެ. "ދަންމަޅި" އަކީ ކުކުޅު ހިފަން ޖަހާ މަޅިއެއް. މަޅީ ގައި ހުރި ކާއެއްޗެހި ކުކުޅު ކާންފެށުމުން މަޅިހަދާފައި އިންނަ ދަނޑިކޮޅު ކުއްލިއަކަށް މައްޗަށް އަރައިގެންދޭ. އެ ވަޤުތު ކުކުޅު ގެ ބޯ މަޅި އަށް، "މެހި" ބެދިގެންދޭ. އޭރު ކުކުޅު އޮންނާނީ ބިމުގައި ނުޖެހި އެލިފައި ! މި މަޅި ޖަހާފައި އިންނާނީ ކުކުޅަށް ވެސް ނުފެންނަ ގޮތަށް.

  9
  1
 6. ޖަނާޒާ

  ޔާމީނު ވެރިކަމަށް އަޔަ ނުދޭން ޚަރަދު ކުރިއްޔޭ. ކާކު؟ ޖާބިރު. ކާކުދެނަހުރީ މިއަދު ތިކަން#

  4
  7
 7. ލޯބިވާ ވަޠަން

  މީ ކޮންކަމަކަށް ޚަ ރަދު ކު ރުމަށް ޖާބި ރރު ދިން ފައިސާއެއް ތޯ ބަލަން ވެސް ޖެހޭ.

  17
 8. Anonymous

  ފައިސާ ދެއްވީ ކޮށްކަމަކުތޯ ލޯނެއްތޯ ތަނެއް ނުވަތަ އެއްޗެއް ބައްލަވައި ގަތުމަށްތޯ ގާނޫނާއި ޚިލާފު ޖަ ރީމާއެއް ހިންގެވުމަށްތޯ ބަލަންޖެހެއެވެ. ގެރެންޓީއެއއނެތި ދިންފައިސާއެއް ދީފައިވަނީ އަނބު ރާ ނުލިބުމަސް އެންމެ ރަގަޅު ވީމާނޫންތޯ؟ އަމިއްލަ ފައިސާއަށް އިހުމާލުވުމުން އެފައިސާ ހޯދަން ޕޮލިހުން ކު ރާނީ ކޮންކަމެއްތޯއެވެ.

  6
  1
 9. އިކްލީލް

  ޖާބިރު ދިން ފައިސާ އެއީ މަޖްލިސްގައިތިބި ޕީޕީއެމްގެ 12 މެމްބަރުން ގަނެލަން ލިބުނު ފައިސާގެ ތެރެއިން މަދު މިންވަރެއް! ކޮންމެއަކަސް އަދި ހަމަ ކާމިޔާބު މިވަނީ ބާޠިލަށް! ޙައްޤާދިމާއަށް ކާމިޔާބު އެބުރޭދުވަސްވެސް އަދި އަންނާނެ! ޤުރުއާނުގައި އަންގަވާފައިވާފަދައިން އަނިޔާވެރިންނަށް އެބައިމީހުންގެ އަނިޔާވެރިކަން މީސްތަކުންނަށް ހާމަވުމަށްޓަކައި މުހުލަތު ދެއްވައެވެ. އާޚިރުގައި އެބައިމީހުން ބަލިކުރައްވައެވެ.

 10. ކަމަނާ

  އަޅެ ތިޔަހާ ބޮޑު އަދަދަކުން މައުމޫން ފައިސާ ނެންގެވީ ކޮން ބޭނުމެއްގައިކަން ބުނެދެވިދާނެތޯ؟ ހަމަ މީހަކު އައިސް ބުނާއިރަށް ފައިސާދޭއިރު، ކޮންމެވެސް ކަހަލަ އެއްބަސްވުމެއް އަދި އޭގެ ބޭނުމެއްވެސް އޮންނާނެއް ނޫންތޯ؟ އެހެންކަމުން ތަންކޮޅެއް ސާފު ސީދާކޮށް، އެއީ ކޮން ފައިސާއެއްކަމާއި، ތިފައިސާގެ ތަފްސީލު ބުނެދެންވީ ނޫންތޯ؟ ކަމަނާއަށް ހަމަ ރަނގަޅަށް އެނގޭނެއް ނޫންތޯ ފައިސާގެ މުޢާމަލާތްތައް ކުރާއިރު ޢަމަލުކުރާގޮތް؟ އެހެން ނޫނިއްޔާ މައުމޫނާއި ދޮށީ ދަރިކަލުންގެ ކަނދުރާގައި ތިޔަފަދަ ބޮޑު އިލްޒާމެއް އެޅުވުމުގެ ތުހުމަތުގައި ތިޔަ ކަމަނާއާއި ފިރިކަލުންގެ އަނގަ ހައްދު ޖެހުމަކީ ގާތްކަމެއްކަން ވިސްނާލައްވާ!

  1
  2