ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓޭރޭޓް މުއްމަދު ޝަރީފް ގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ތަނާޒުލްވާންޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެމައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް13 ޖަނަވަރީ ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާކަމަށެވެ.

ޖޭއެސްސީ އިން ވަނީ އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައެވެ.

ޖޭއެސްސީން އަންނަނީ ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ. މީގެ ކުރިން މިގޮތަށް ބެލި ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަި ފަނޑިޔާރުކަމުގެ މަހާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ނަޝީދުގެ ވެ ރިކަން ދިޔައީ ޢާފިލުކަންމަތީ ހުއްޓާ، މިވެ ރިކަން ނިމިގެން ދާނެ ގޮތެއްވެސް ނޭގެ.

    11
    • ޒައިކް

      އެމްޑީޕީއާ ދެކޮޅަށް ބިމެއްގެ މައްސަލައެއް ނިންމައިގެން އޭގެ ރޯޅި..

  2. ސަހަރޯ

    سبحان الله ކީކޭ ބުނާނީ ރަށްޔަތުމީހާ ހަމަ ބިމަށް ތި ރިކޮއްލަނީ.

  3. ރަނައުރާ

    މިބައި ގަނޑު ނު ރުހޭކަމެއް އެމީހެއްގެ ފަ ރާތުން ފެނިއްޖެތަ ސުލޫކީ މައްސަލަ ބަލަންފެށީ މިމީހުނާ އެއްކޮޅަށްހިފާލީމަ މައްސަލަ މަޑުޖައްސާލާފަ ބާއްވާނެ އަނެއްކާވެސް ނު ރުހޭކަމެއް ފެނުނީ މައްސަލަހިއްލާލީ ސުދޫމުގެ އިންސާފު