އޭޑީކޭ ހޮސްޕިޓަލްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވި ކަމަށް އާއިލާ އިން ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.
ނޭވާލާން އުނދަގޫވެގެން މިދިޔަ ހޯމަ ދުވަހު އޭޑީކޭއަށް ގެންދިޔީ އައިޝަތު އާދަމް، 59، ހ. އުނިގަސްދޮށުގެ، އެވެ. އައިޝަތަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކާ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.
އާއިލާއިން ބުނި ގޮތުގައި މި މަހު 23 ގައި ނޭވާލަން އުނދަގޫވާތީ އޭޑީކޭއަށް ގެންދިއުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިން އިރު ސީރިއަސް އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން އާއިލާއަށް އަންގައިފައިވެ އެވެ.
އާއިލާ އިން ވަނީ ނޭވާލާން އުނދަގޫވެގެން އޭޑީކޭ އަށް ގެންދިޔަ އައިޝަތު މަރުވީ ޑޮކްޓަރުންގެ އިހުމާލުން ކަމަށް ބުނެ، ކަން ހިނގި ގޮތުގެ ބަޔާނެއް މީސް މީޑިއާގައި އާންމުކޮށްފަ އެވެ.
އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން އެކަން އާއިލާއާ ހިއްސާ ކުރާނެ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވަނީ ވިދާޅުވެފައެވެ.
އައިޝަތުގެ ދަރިއެއް ކަމަށްވާ އިސްމާއިލް އިހްސާން ބުނީ މަންމަގެ މަރުވެ މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އައިޝަތު އާދަމް ނޭވާލާން އުނދަގޫވެގެން ގެންދިއުމުން އޭނާގެ ކަންކަން އޭޑީކޭގައި ބަލަން ހަވާލުވީ ބިދޭސީ ޑޮކްޓަރެއް ކަމަށް ވާ ޝަރަދު ޑަޔަޑަން އެވެ. މައްސަލަ ދިމާވުމުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އޭނާ މިހާރު އިސްތިއުފާ ދިން ކަމަށް ވެސް ވެ އެވެ.
އާއިލާ އިން ބުނާ ގޮތުގައި އަތުގެ މައްސަލަ އަށް ފަރުވާދިނުމުގައި ޑރ. ޝަރަދު ވަނީ އިހުމާލްވެފަ އެވެ.
" އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކަނާތު ކޮނޑު ހުޅުން ފެށިގެން ތިރި ދުޅަވެ، ތަދުވާތީ އުޅުނު އައިސީޔޫން ފަރުވާ ދިނުމަށް ފަހު ނޭވާލުން ރަނގަޅުވުމުން ކޮޓަރި އަށް ބަދަލުކުރި " އާއިލާއިން ބުނެެެވެ.
އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮޓަރިއަށް ބަދަލުކުރި ފަހުން ތަދު ބޮޑުވެ، ޝަކުވާކުރުމުން ޑރ. ޝަރަދު ގެންނަން ނަރުހުން އެތައް ފަހަރަކު ގުޅުމުން ވެސް އޭނާ ނާދެ އެވެ.
" ޝަރަދު ދިން އިންޖެކްޝަނެއް އައިޝަތުގެ ގަޔަށް ވަނީ ޖަހާފައި, ދެން ވެސް ތަދަށް ލުއިކަން ނުލިބުމުން ނަރުސް ކުއްޖަކު، އެ އަތުގައި "ފާޑެއްގެ ޖެލްއެއް އުނގުޅުމަށް ފަހު ބެންޑޭޖްކޮށް އައިސްޕެކް" އެޅި " އާއިލާގެ އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ވަނީ ޑރ. ޝަރުދު ގެނެވޭތޯ ނަރުހުން އުޅުމުން އޭނާ އެ ވަގުތު ހުރީ އޯޕީޑީގައި ކަމަށާއި ދެވެން ނެތް ކަމަށް ބުނެފައިވާކަމަށެވެ.
" އާއިލާގެ އެ މީހާ އޭނާ ހޯދަން ދިޔަ މަގުމަތީ އޭޑީކޭގެ ސްޕަވައިޒަރަކަށް ދިމާވެގެން ޝަކުވާ ކުރިން ,އެކަމަކު އާއިލާއިން ބާރު އަޅައިގެން ގެނައުމުން އޭނާ ހުރީ ހިތްމަނުޖެހިފައި " އާއިލާ އިން ބުނެ އެވެ.
ތަދު ކަނޑުވަން ޕެނެޑޯލް ދޭން ޑރ. ޝަރަދު އުޅެން ފެށުމުން ކިޑްނީއަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ވާތީ އެހާ ގިނަ ބޭސް ދިނުމުން މައްސަލަ ނުޖެހޭނެތޯ ސުވާލުކުރުމުން، ބޭސް ދޭން ހުރަސް އަޅާ ކަމަށް ބުނެ، އާއިލާގެ އެކަކު ފިޔަވައި، އެހެން އެންމެން ކޮޓަރިން ނެރުނު ކަމަށެވެ.
އަތުގެ ސްކޭނެއް ހަދައި އެއަަށް ބެލުމަށް ފަހު ޑރ. ޝަރަދު ބުނީ ކުރިން އަތަށް ގުޅި ކެނިއުލާ ގުޅިފައި އޮތީ ނާރުގެ ބަދަލުގައި މަސްގަނޑަށް ކަމަށާއި އޭގެ ސަބަބުން އެންޓިބަޔޮޓިކްސް އާއި އޭނާއަށް ދިން އައިވީތައް މަސްގަނޑަށް ގޮސްފައިވާ ކަމަށެވެ.
" އަތް މައްޗަށް ނަގައިގެން ބޭއްވުމުން، 48 ގަޑިއިރުގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ޑރ. ޝަރަދު ބުނި , އަތަށް އެއްވެސް ލުއިކަމެއް ނުލިބުމުން ޑރ. ޝަރަދު ބަދަލުކޮށްދޭން އެދުމުން ދެން އައިޝަތުގެ ކަންކަމާ ހަވާލުވި ޑޮކްޓަރު އެދުނީ، އިނގިލިތަކުގެ ހަރަކާތްތައް ކުޑަވާތީ އޮޕަރޭޝަނެއް ކުރުމަށެވެ." އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނި ގޮތުގައި އޭޑީކޭ އިން އިތުރު ފަރުވާއެއް ހޯދަން އައިޝަތު ދެކޮޅުހެދި އެވެ.
އާއިލާއިން ބުނިގޮތުގައި އޭޑީކޭ އިން ވަނީ އައިޝަތުގެ ކަންކަން ބަލަން ފަހުން ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.
" އެކަމަކު އާއިލާއިން އޭނާ ބޭރަށް ގެންދަން ޓިކެޓް ނެގި . ދެން ދިމާވި މައްސަލަ އަކީ، އަތުގެ ވިންދު މާ ބޮޑަށް ދަށްވުމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހުން " ބަޔާނުގައި ބުނެފައިވެއެވެ.
ރޭގަނޑު 12:30 ހާ އިރު ކުރަން ފެށި އޮޕަރޭޝަން ނިމުނީ އަނެއް ދުވަހު ހެނދުނު 6:30 ގަ އެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރުން ބުނި ކަމަށް ވަނީ އޮޕަރޭޝަން "ދިޔައީ ރަނގަޅަށް" ކަމަށް އާއިލާއިން ބުނެއެވެ.
މިއީ މި ބޭރު ޑޮކްޓަރުންގެ ވަރަށް އާއްމު ކަމެއް. ހިތްހަމަނުޖެހިގެން އެއްޗެއް ބުނެފިނަމަ ބަލި މީހާ އެކަނި ބައިންދާފައި އެހީތެރިޔާވެސް ބޭރުކޮއްލާ ކޮޓަރިން. މިއީ ހަމަ ދިމާވި ކަމެއް، އެވެސް ސިކުނޑީގެ މައްސަލަ ހުންނަކުއްޖަކާ މެދު ކަންކުރާގޮތް ހިތްހަމަ ނުޖެހިގެން ބުނީމާ އައިޖީއެމްއެޗް ގައި އިން ބޭރުގެ އަންހެން ޑޮކްޓަރެއް. އެހީތެރިޔާވެސް ބޭރުކޮއްލީ.
ބަލާލަން ބޭނުން ވަނީ ތިޔަބުނާ “މޮޅު” ޑޮކްޓަރު ކޮބައިތޯ؟؟ރާއްޖޭގަތޯ ނުވަތަ އަމިއްލަ ވަޒަނުގައިތޯ؟؟ ކިހާގެރެންޓީއެއްތޯ އޮތީ މައްސަލަ ބަލައި ނިމެންދެން ތިމީހަކުހުންނާނެތޯ؟؟ ރަގަޅައްވިއްޔާ ވާނީ ފޭކު ސެޓިފިކެޓުގަ އައިސްގެން އުޅޭ ޑޮކްޓަރަކަށް. އޭޑީކޭއިން ތިކަމުގެ ފުރިހަމަޒިންމާ އުފުލަންޖެހޭނެ. އަދި އެމަރުހޫމްއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާމީން.
ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ހަދާނީ އެމީހުންގެ ހިތައް އަރާ ގޮތެއް.. ކިހާ ދެރަކަމެއް މީ.
ކޮބާ އޮޕަރޭޝަންގަ ބައިވެރިވި ޑޮކްޓަރުންގެ ޓީމް. އެމީހުންގެ މައްސަލަ ވެސް ބަލަންޖެހޭނެ. ކާމިޔާބު އޮޕަރޭޝަނެއްކަމަށް ބުނެފަ އޮޅުވާލި ކަމަށް ތުހުމަތު ކުރެވޭ.. މިއުޅޭ ޑޮކްޓަރުންގެ ކަންތައްތައް ރަގަޅަށް ބަލާފަ ފިޔަވަޅު އެޅޭން ޖެހޭނެ. ވަރަށް ވެދުން.
ތީ މައީކާލޯ ހޮސްޕީޓަލެއް.. އަހަރެން ވަރައް ސީދާކޮއް ތީތަނުގެ ފެންވަރު ހީތީގޮތަކައް ތަޖުރީބާކޮއްފީން.. ތީތަނަކީ ނަރުހުން ވެއްދުމުގަވެސް ފައީސާކޮޅެއް ދޭއީރައް ބޭރު ކަމާއީ އެކަށީގެންވާ ފެންވަރެއް ނެތް ނަރުހުން ވައްދާތަނެއް.. މީވާހަކަ ދެއްކީ ބޭރުމީހެއް.. ތީޔަތަނުގެ ފެންވަރު ކީޔާދެމުން..
ތީތަނުން އަދީ މީހަކު މަރުނުވީޔަސް ދޭން ނުޖެހޭ ބޭސްތައް ދީގެން ކީތައް މީހުން އެކަމުގައީ ބޮޑެތީ ވޭންތައް ތަހައްމަލް ކުރަމުންދާނެ.. ކުޑަ ކަމެއްގެ ދީޔާމަ އެބަދެޔޭ ބޮޑުއޮޕަރޭޝަން ކޮއްފަ ތީބޭ މީހުންނައް ދޭކަހަލަ ބާރުގަދަ އެންޓީބަޔޮޓީކު ދީގު ކޯސްތައް.. ދެން އެ ކައީ ކައީ މީހާގެ އެތެރެހަށީގެ މައްސަލަތައް އުފެދީ ވައީގެ މައްސަލަ އުފެދީ ހަޖަމުގެ މައްސަލަ އުފެދީ އެންމެފަހަކައްގޮސް ބުލަޑު ޕުރެޝަރު މައްޗައްގޮސް ކުރޯނީކު ބަލީގެ ޕޭޝަންޓަކައް ވެގެންދަނީ ކީތައްމީހުން.. ރާއްޖޭގައީ މީތީބޭކަހަލަ ބޭރުގައުމުތަކުގެ ގޮނޑުން ހޮވައީގެން ގެނެސްފަތީބޭ ޑޮކްޓަރުންގެ ސަބަބުން މީދަނީ ދީވެހީން މަރުވަމުން..
ތިޔައީ ވަރަށް ގިނައިން ދިމާވާކަމެއް. އާއިލާ މީހުން ތިބެގެން ކުރެވޭވަރުގެ ކަމެއްވެސް ހޮސްޕިޓަލުތަކުން ކުރާނީ އާއިލާ މީހާ ބޭރުކޮާށްލާފަ. އާދައިގެ ކުދިކުދި ކަންކަމުގައި ބައްޕަ ނުވަތަ މަންމަ ދަރިފުޅު ކައިރު މަޑުކުރަން އެދުނަސް އެކަމެއްވެސް ނުކޮށްދޭ؛ ނޭގިހުއްޓާ ދަރިފުޅުގެ ތަނެއް ހުއްދައާ ނުލައި ބުރިކޮށް ކަފާ ހަދާފާނެ، ބަލަގަ މެޑިކަލް ނެގްލިޖެންސް ގާނޫނެއް ހަދާކަށް އަދިވެސް ނުވޭބާ؟؟؟ ކޮބާތޯ ތުއްތު ކުއްޖެއްގެ ކަރުބުރިކުރި މައްސަލަ، ކޮބާތޯ ތުއްތު ކުއްޖެއްގެ ކަންފަތް ބީރު ކޮށްލި މައްސަލަ،
ވ.ދެރަ ގޮތެއް މިވީ.މީގަ ބަލިމީހާއަށް ހިދުމަތްދިނުމުގަ އުޅުނު ބައެއް ނަރުހުން އަދި ތިބުނާ ޑރ ގެ އިހުމާލު ވ. ބޮޑު.
ޝަރަދު ނޫން ޑޮކްޓަރެއް މުޅި އޭޑީކޭގަ ވެސް ނެތީބާ؟ ހަމަ އެހެން ޑޮކްޓަރަކަށްވެސް ގުޅިދާނެ އެއްނު ނަރުހުންނައް. ދެން އަތަށް ގުޅާފަ އިން ކެނިއުލާ އާއްމުކޮށް އެކަހަލަ ޕްރޮސީޖާތައް ހަދާނީ ނަރުހުން. ތިގަ އަސްލު ސަސްޕެންޑު ކުރަން ޖެހޭ ބައިވަރު މީހުން. އެކަމު މި ކޮރަޕްޓެޑް ގައުމުގައި އެއްކަމެއްވެސް ވާނެބާ.