ފުށިފަރު ރިސޯޓުން ޖެޓްސްކީގައި ފުރި ދެ ދިވެއްސަކު ގެއްލިގެން އެމްއެންޑީއެފް އިން ހޯދަން ފަށައިފިއެެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހުން ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ޖެޓްސްކީ ދަތުރު ކޮށްފައި ވަނީ 29 އަހަރުގެ އަންހެނަކާއި، 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ އެ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ މީހުން ރިސޯޓުން ފުރާފައިވަނި 17:45 ހާއިރު ކަމަށް ރިސޯޓުން މައުލޫމާތު ދޭ ކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 19:04 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިތޮގައި، އެ މީހުން ހޯދުމަށް ކޯސްޓް ގާޑުގެ ޑައިވަރުން ހަރަކާތެރިވަމުން ދާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެ މީހުން ޖެޓްސްކީގައި ދިޔައީ މަޖަލަކަށް ކަމަށާއި، އެ މީހުން ދިޔައީ ލައިފް ޖެކެޓް އެއްޗެހިވެސް އަޅައިގެން ކަމަށެވެ.

އާޒިމް ވިދާޅުވީ ގެއްލިގެން އުޅޭ ދެ މީހުންގެ ތެެެރެއިން އަންހެން މީހާ ފޯނެއް ގެންދިޔަ ކަމަށް އެމްއެންޑީއެފްގެ އުލިގަމު ޕޯސްޓަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ފޯނަށް ގުޅުމުން ރިންގްވި ނަމަވެސް ފޯނަށް އަދި ޖަވާބު ދީފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Duni7

    ފޯނު އިން ޕޮޒިޝަން ބަލާބަލަ ކޮސް ނުކިޔާ.

    18
  2. ޢަލޫ

    ފޯނުގެ ލޮކޭޝަން ބޭލޭ ވާހަކަ ނުބުނަންތަ މާ ދުރު ދުރުން ތި ވާހަކަ ދައްކަނީ. ކުޑަ ކުދިންނަށް ވެސް އިނގޭނެ ބަލޭނެކަން