ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ވައްތަރެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ރާއްޖެ ގެނެސްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ އާއި އިންޑިއާގެ ސީރަަމް އިންސްޓިޓިއުޓް ގުޅިގެން އުފައްދާފައިވަ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އިންޑިއާއިންނެވެ.

ކޮވިޑް-19 ވެކްސިނަށް އާންމުން ހޭލުންތެރި ކުރުމަށް މިއަދު އާއްމު ކުރި މައުލޫމާތުގައި ވަނީ، ކޮވިޑް-19 ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށެވެ. ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށެވެ. އަދި ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

"ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ،" އެޗްއީއޯސީން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން, ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް
ޓެސްޓްކޮށްފައިވާ ވެކްސިންތައް ކަމަށާއި މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި
ނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިނެއް ނުޖަހާނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ކަމެއް

  ކަމެއް ކު ރި ކަމަށް ވާނީ މަޖްބޫ ރުން ކު ރުވުން. އިންޑިޔާ އިން އެހެން ނުބުނޭތަ؟

  27
  8
 2. އެމަންޖެ

  ނިކަން ކެރެންޏާ މަޖުބޫރު ކޮއްބަލަ ޖަހާތޯ.

  26
  4
 3. ފެކްޓް

  ތިބުނާ ރައްކާތެ ރިކަމެއް ތި ވެކްސިން ޖަހައިގެން އޮތްނަމަ ކީއްވެ ވަކި އުމުރުފުރާ ހަދައިގެން ބާލިޣު ވީމަ ޖާހާ އެއްޗެއް ކަހަލަ ގޮތަށް ހަދަންވީ!
  ރައްކާތެރިކަމޭ ކިޔައިގެން ބަލި ނެތް މީހުންގަޔަށް ބަލި ޖެއްސުންތޯ ހައްލަކީ؟ އެވެސް އެތަކެއް ވިހަތަކާއި ޖަނަވާރުގެ ސެލްތަކާއި އެހެންމީހުން ޑީއެންއޭ ފަދަ އެއްޗެހި ހިމަނައިގެން. މިއިން ކޮބއިތޯ ހަށިގަނޑަށް އޮތް ރައްކާތެރިކަމަކީ؟ ކޮންމެފަދަ ބައްޔަކާވެސް ކުރިމަތި ވުމުގެ ފުރުސަތު މަގުފަހިގެން މިދަނީ!
  ރިސްކުބޮޑު މީހުންނަށް ރައްކާތެރރިއޭ ބުނާއިރު ވެކްސިނުން ބަލި ޖައްސާފަތިބި މީހުންގެ ގައިން ހަމަ އެރިސްކުބޮޑު މީހުންގެ ގަޔަށް ނާރާނީތޯ؟ ވެކްސިން ޖަހަނީ ބަލިން ރައްކާތެރިވާން ކަމުގަ ވަންޏާ ޖަހާފަހުރި މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް އަރައިގެން ނުވާނެއެއްނޫންތަ؟
  ރައްކާތެރިވާން ޖަހަނީ.. އެކަމަކު ޖެހިޔަސް.. މާސް އަޅަންޖެހޭ.. ސ.ޑިސްޓެންސް ބަހައްޓަންޖެހޭ.. އެއްވިން ނުބޭްވޭ. ތަންތަން ނުހުޅުވޭ.. އާންމު ހާލަތުގަ ނޫޅެވޭ.. އެމަކުން މުބާރތް އެއްޗެހި ބޭއއވޭ. މިއީ އެއްވުމަކަށް ނުވޭ! މިހެން އުޅުމެކޭ ވެކްސިން ޖެހައިގެން އުޅުމެކޭ ވަކި ތަފާތެއް އެބަހުރިތޯ؟ ހުސް ވައްކަމާއި އޮޅުވާލުން. ދުނިޔޭގެ ފެންވަރުގަ ހިންގާ ޖަރީމާ.. ޑބލޔ.އެޗ.އޯ އޭ ބުނެފިއްޔާ އަންހެނަކު ވާނެ ފިރިހެނަކަށްވެސް. އެހާވެސް ބޮޑު އަޅުވެތިކަމެއްގަ މިއުޅެވެނީ. އަމިއްލަ އިޚްތިޔާރާއިއެކު އަމިއްލަ ސިކުނޑި ބޭނުން ކުރެވެންވެސް ނޯވޭ. އެހެންޏާ ވެސް ބޮޑެތި ރޯގާ އަންނަ ބީދައިން އައިސްގެންއުޅޭ ރޯގާއަކަށް ވައިރހޭކިޔައިގެން ވެކްސިނުން ފައިދާނަގަން އުޅޭކަން ދުނިޔޭގެ ކިތައް ކިތައް ޑޮކްޓަރުންނާ ކިތައް ސައިންޓިންޓުންތޯ ބުނަމުން އެދަނި. ހޯދާ އެބަ ބަލަމުތޯ. ވާނުވާ އެބަ ވިސްނަމުތޯ!

  10
  1
 4. ހަނި

  މަހުލުފް ބުނިގޮތަށްހެނަތަފައެ އެންޑިޕިއަށްސޮއެކު ރަނި ހެއަ ރަ އި ރަޕަ ޓިން ވަކިވަނަމެ އެެގޮތަށް އަހަ ރެން ވެސް ހެނަތާފަ އޭ ވެކުސިން ޖެހެެނި ހެއަ ރައި ރަ ށް ދުވަގަންނަމެވެ ؟

 5. އަލީ

  ނުޖަހާނަން

  10
  1
 6. ސޫއޫދު

  ބޭނުންވިކަން ނިމުނީ ޑޮލަރް ވެކްސިންއައް ބަދަލުކޮއް ނިމުނީ އާބާދީއްގެބޮލަކައް ވެންޓިލޭޓާ ތަކައްވިހެން ކޮއްމެރައްޔިތަކައް ވެންޓިލޭޓަރެއް ފަރުވާކުރުމައް 10 ވަރަކަންއެތި އައްނިއައް ޔޫކޭ ވެކްސިން އިބޫއައް ބޯރާވިއަފާރި ވެރިންގެ ވެކްސިން ރައްޔިތަކައް އަގެއްނޭގޭ އަދަދެއްނޭގޭ އެތެރެކުރިވަރެއްގެ ނަސީމްއައް ކައްޓާ ސިރިންޖް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

 7. ޓޮމް

  "އެއްވެސް ކަމަކީ" މަޖުބޫރުކުރުވާންވީ ކަމެއް ނޫނެވެ. ބައެއް ކަންކަން މަޖުބޫރުވަނީ އެކަން ނުކޮށް އެހެން ކަންކަން ނުކުރެވުނީމައެވެ. މަތިންދާބޯޓަށް އެރޭނީ ވެކްސިން ޖަހާފައި ހުރެގެނެވެ. ގައުމަކަށް ދާން ވިސާ ލިބޭނީ ވެކްސިން ޖަހާފައި ހުރިއްޔާއެވެ. އެންމެ ފަހުން ގޮސް ގޭގެ ހަތަރުފާރުން ބޭރަށް ނުކުމެވޭނީ ވެކްސިން ޖަހާފައި ހުރެއްޖެ ނަމައެވެ.

 8. Anonymous

  އިސްލާމް ދީނަށް ވަންނަން ދައުވަތު ދިނަސް އެކަމުގަވެސް މަޖުބޫރު ކުރުމެއް ނޯވެ... އެހެންމަ ވެކްސިން ޖަހަން ކާކަށް މަޖުބޫރު ކުރެވޭނީ.... ކޮވިޑަށްވުރެ ތި ވެކްސިންދެކެ ބިރުގަނޭ..... ބަލިތަކަށް ޝިފާ ދެއްވާނީ ﷲ.. ވެކްސިނެތް ނޫން.... މިވަރުން ފުދޭ...

 9. އަޙްމަދް

  ވެކްސީނޭ ބުނެފިއްޔާ ޑަކުޓަރުންނަށް ހިވާކަހަލަ އެއީ އުޑުން ބާވާލެވުނު ފަދަ، އެހާވެސް ފުރިހަމަ އެއްޗެކެވެ!
  އެކަމެ ވެސިނާއީ ބެހޭގޮތުން ސުވާލެއް ކޮއްފިނަމަ ޖަވާބު ދޭންނޭނގޭ ޙާލު ޖާހިލަކު ފަދައިން އައްނަނީ އަމަށަކު ރުޅިއެއްނޫނެވެ.
  ރައްކާތެރި އެއްޗެކޭ ބުނަނީ އެކަމަކު ޒިއްމާވާކަށް ނުކެރެއެވެ

  7
  1
 10. މުހައްމަދު އަހްމަދު

  ތިޔަ ވެކްސިނަކީ، އިންޑިއާއިން ދިން އެހީއެއް ނުން. ރާމާމަކުނުތައް ބޭނުންކޮށްގެން ޓެސްޓްކުރާ ފަދައިން ދިވެހީން ބޭނުންކޮށްގެން ޓެސްޓް ކުރަން ފޮނުވީ. ހީވާގޮތުން ޓެސްޓްކުރެވޭ ކޮންމެ މީހަކަށް ބޮޑުއަދަދަކުން ފައިސާ ވެސް ލިބޭނެ.

 11. ޖިސް

  މަޖުބޫރު ކުރިއަސް ބަޔަކު ޓެސްޓްކުރަން ގެނައި އެއްޗެއް ނުޖަހާނަން.

 12. މަސްއޫދު

  ވެކުސިން ޖެހުން މަޖުބޫރު ނުކުރެވޭނެކަން އެޗުއީއޯސީއަށްް ނޭގެއޮތީތަ!މިހާރުތިހެން ތިބުނަނީ ދެން ކަލޭމެން ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ! ޑަބުލިއޯ އިން ގެރެންޓެ ނުދެނީސް ވެކުސިން ރާއްޖެއަށް އެތެރެވެސް ކޮށްގެނެން ނުވާނެއެއްނޫން! ހައްތާވެސް މަކަރާހީލަތް! ތިޔައުޅެނީ ދިވެހިންގެ ގަޔަށް އިންޑިޔާގެ ވެކުސިން ޖަހައިގެން ޓެސްޓުކުރަން! މިހާރު ތިޔައަޅަނީ ހައްތާވެސް ޅައެއްޗެތި!

 13. ހުސެން

  އިންޖެކްޟަން ނުޖަހަނީ ހަރުކަށި ހައްދުފަހަނައެޅި މީހުން

 14. ހުސެން

  ބުނާތީ އަޑު އިވޭ ވެކްސިން ނުޖަހާ މީހުނީ ހައްދުފަހަނައެޅި ހަރުކަށި މީހުނޭ.އިންޑިއާ ގެ ސިޔާސީ މީހުން ވެކްސިން ޖަހާ ޑްރާމާ ގިނަ މީހުނަށް އެގޭނެ.އެއީ ޖަހަން ނުކުރެނީ ކީއްވެތޯ؟

 15. ހަވާސާ އިބޫ

  މަޖުބޫރު ކުރިއަސް އިންޑިޔާގެ މިވެކުސިނެއް ނުޖަހާނެ

 16. ގަދަކުޑޭ

  މަޖުބޫރު ކުރިޔަސް ނުޖަހާނަން