ލ. އަތޮޅަށް އުފަން ޒުވާން މަހުޖަނަކު ކައިވެނި ކުރާނެ އަންހެނަކު ހޯދަން ފަށައިފިއެެވެ.

"ކައިވެެނި ޕޭޖު"ގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިންނާނެ އަންހެެނަކު ހޯދަަމުން އަންނަ ޒުވާން މަހުޖަނަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެެވެެ. އަދި އޭނާ އަކީ ވިޔަފާރިވެރިއެއް ކަމަށާއި، އާމްދަނީގެެ ގޮތުގައި މަހަކު ބައިލައްކަ ރުފިޔާ ލިބޭ ކަމަށް ވަނީ ބުނެފައެެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިހާތަނަށް އައިއިރު ކައިވެންޏެއް ވެސް ނުކުރެއެވެ. އަދި ދަރިއެއް ވެސް ނުހުންނަ ކަމަށް ވަނީ ބުނެފައެެވެ.

އޭނާ ބޭނުންވަނީ ރަނގަޅުު ހެެޔޮ ލަފާ އަންހެނަކު ކަމަށާއި ރަނގަޅީ މޫނު ބުރުގާ އަޅާ ދީންވެރި އަންހެން ކުއްޖެއް ކަމަށް އޭނާގެ ޕޯސްޓުގައި ވަނީ ބުނެެފައެވެެ. ކައިވެނިކުރާ އަންހެެން މީހާގެ އުމުުރު ފަދަ އެެއްވެސް އިތުުރު ޝަރުތެއް އޭނާގެ ޕޯސްޓުގައި ޖަހާފައެއް ނުވެެއެެވެ.

ކައިވެނި ކުރާނެ މީހަކު ހޯދަން އިއުލާންތައް ޖަހައިދޭ ފޭސްބުކް ޕޭޖްގައި އިއުލާންތައް ޖަހަމުން ގެންދަނީ އިއުލާން ޖަހަން ބޭނުންވާ މީހާ ދޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުމަށް ފަހުއެވެ. އެ ޕޭޖްގައި އިއުލާން ޖަހައިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހަޔާތުގެ ބައިވެރިން ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަސްތާ

    އިންނާނޭ މީހުން ހޯދަން ސެއިޙް ސާފިއު ހަދައިގެން ތިއުޅެނީ އެހެން ނިޔަތެއްގައި ހިންގާ ޕޭޖެއް،

    36
    21
    • ޖ

      ކޮން ޕޭޖެއް

      9
      2
    • ޢަމީން

      ލާރި ހޯދުމުގެ ނިޔަތުގަ ދޯ

      14
      5
  2. ވެދާނެދޯ

    ބައިލައްކަ ލިބޭ މީހަކު މަހުހަނަކަށްވާ ގޮތެއް ނޭނގޭ މިއޮއްފަދަ ޒަމާނުގަ.. އިންކަމް ޓެކުހަށް ވެސް ކޮލިފައިނުވޭ.. ދެން ކޮން މަހުޖަނެއް.. ވިޔަފާރިވެރިއަކަށް ވެދާނެ ކަންމަތީ ގަބުޅި އައުޓްލެޓެއް ހުޅުވައިގެން އުޅޭމީހަކުވެސް..

    168
    13
  3. 😀

    އެހާ މުއްސަނދި މީހުނެއްވަސް ކަމަކު ނުދާނެ އިންނާކައް ވަރަށް ދަހިވާނެ ބޮޑާވާނެ މިއީ ފެންނަމުންދާ ހަޤީގަތް

    95
    9
  4. ހަސަން ބަެ

    މަހުޖަނު ގެ އަމިއްލަ ގެ އަށް ވެސް އަދި އެއް ނެތޯ؟ މައިން ބަފައިން ގެ މުސް ކުޅި ގޯތީ ގައި އުޅެނީ@

    40
    4
    • ތިހެން ނުބުނޭ!

      އޭނައެއް ނުބުނޭ ތިމަންނާއަކީ މަހުޖަނެކޭ! ބުނެފައި އޮތީ ވިޔަފާރިކުރާ ކަމާއި، މަހަކު ލިބޭ ޢާމްދަނީ އެވެ. އޭނަ މަހުޖަނަކަށް ހެދީ މިލިއުން ލިއުނު ނޫސްވެރިޔާ އެވެ.

      74
      2
  5. ޟިރުފާ

    ކޮންކަހަަލަ މަހުޖަނެއް. މަހަކު ބައިލައްކަ ލިބޭމީހުންް ވޭބާ މަހުޖަނުންނަށް.

    46
    2
  6. ދޮން ރަހާ

    ދޮން ކަލޯ އިންނާނެ މީހަކު ތި ރަށުން ނުވީ ތަ؟ އަދި ދޮން ކަލޯ އިންނާނެ މީހަކު ހޯދަން ޝާދީ ޑޮޓު ކޮމް ގައި އެދުނިންތަ؟

    34
    4
  7. ޢަލީ ޜިޒާ

    ޢެވަރު ލިބުމަކީ ހަމަ މަހުޖަނަކައްވުން އެނގޭތޯ

    21
    3
  8. މޮޔަސޮރު

    މަހަކު 50،000 ރުފިޔާ އާމްދަނީ ލިބިގެން މަހުޖަނަކަށް ވާގޮތެއް ނުވިސްނުނެވެ. 50،000 އާމްދަނީއަށް ލިބިފަ، މާލޭގައި ކުއްޔާ އެހެނިހެން މަންތްލީ ފިކްސްޑް އަދި ވޭރިއެބަލް އެކްސްޕެންސެސްތަކަށް ކަނޑާފަ 2000 ރުފިޔާ ވެސް ރައްކާކުރަން ނުލިބޭ މީހަކަށް އެމީހާ ވެދާނެއެވެ. އެހެން ޤައުމުތަކުގަ މަހުޖަނުންނަށްވަނީ އެމީހެއްގެ މިލްކިއްޔާތާ، ރައުސުލްމާލުގަ ހުރި ނިސްބަތަކުންނެވެ. މިރާއްޖޭގަ ތިބުނާ މީހަކީ އެތަށް ބަޔަކަށް ދަރާ ނޫނީ ލޯނުނަގައިގެން އުޅޭ އެ ނުދައްކާ އުޅޭ މީހަކަށްވެސް ވެދާނެއެވެ.

    30
    4
  9. މަހުޖަނު

    ބަލަގަ ތިތަނުގަ އުޅޭ ތޯރާބޯރާ މީހަކަށް ނުވިއްޔާ ރަނގަޅު. 4 އެތި ހަމަ ކޮއްލާފަ ޖަޕާނު މަހެއްހެން އަހަރު ދެކޮޅު ދަރިން ވިހާ މެޝިނަކަށް އަނބީން ހަދާނެ. ތިޔަ ލާރި ހޯދަނީ ކިހިނެއްތޯ ރަގަޅަށް ބަލާތި. ލާރިއަށް ނުހެއްލި މިކަމަށް ކުރިމަތިލާ ކުދިން ރަނގަޅަށް ހޯދާ ބަލާތި. ތިޔަ ވެދާނެ ގަމުގަ އުޅޭ އައިއެސް އަށް މީހުން ފޮނުވަން އުޅޭ މީހަކަށް ވެސް. އޭރުން ދަރިން ފައްޗަކާއެކު ނުދަންނަ ގައުމެއްގަ ހިލޭ ބައެއްގެ އެދުން ފުއްދަން އިން ޖާރިޔާއަކަށް ވެ ނިކަމެތިވެ ބިކަވެދާނެ.

    21
    21
    • ހެޔޮއެދޭ ފަރާތް

      މޫނު އަޅާފަ ހުރި މީހެކޭ ބޭނުމީ ބުނާއިރަށް ތިހުރީ ކަލޭމެންގެ ވިސްނުން ހުންނަގޮތް.. މިހާރުގެ ޒުވާން ގިނަ ފިރިހެނުންވެސް ބޭނުމެއް ނުވޭ އެންމެންގެ ތުންފުއްސެއް.. މޫނު ބުރުގާއޭ ބުނީމަ ހަމަ ދެން އެމީހާ ހާ ނުބައި މީހެއް ނުހުންނާނެ. އަމިއްލަ ދީނުގެ ކަންތައްތަކަަށް ފާޑުކިއި މަލާމާތް ކުރެވޭއިރުވެސް ނޭނގޭ

      49
      7
      • ޓީތު

        ޢަ އި އެސް ޖަނަވާރު ސްޕޮޓެޑް

        6
        6
      • ޜަޟީ

        މޫނަކީ ދީން ތަ

        1
        3
        • ޓީތު

          އެ ޕޯސްޓުގަ އައިސް އެކޭ ނެތް... އައިސް މީހުންނަކީ ގޯސް ބައެއް

    • ރަޔާން

      މަހުޖަނު ގެ ކޮމެންޓް މުޅިން ގޯސް... އަދި ދުވަހަކު ކައިވެނި ވެސް ނުކުރާ ކުއްޖެއް އެއީ... ރަށެއްގަ ވިޔަފާރި ކޮށްލަނިކޮށް ބައި ލައްކަ ރުފިޔާ ވަރު ލިބިދާނެ... ކޮފީޔަށް ލާރިކޮޅު ހުސް ކުރާ މޮޔައިން އަތަކު ނުހުންނާނެ ލާރިއެއް... އެހެން ނޫނަސް މުއްސަދިން އެމީހުންގެ ދަރިން މުއްސަދި ވާން ވެސް އެހީވާނެ.... ޖެލަސްވިޔަސް ބޮޑުވަރު... ދިވެހިރާއްޖޭގަ އެންމެ އަބިން ގިނަ ދިރިން ގިނަ އެއްބޭފުޅަކަށް ބުރުމާ ގާސިމް ވާނީ...

  10. ސާބަސް

    އެހެން ވީމާ ހުރިހާ މަޖިލިސް މެންބަރުންނަކީވެސް ބޮޑެތި މަހުޖަނުންތާ ދޯ!

  11. ލާމު ގަރލް

    މޫނު ނާޅާ ކުއްޖެކޭ ބުނި ނަމަ އެއްބަސް ވާނަން މަވެސް. އޭނަ ކައިރީ ބުނެބަލަ މަ ބުނިއޭ ކޮން ރަށެންހޭ

    4
    2
  12. މަ

    މަ އިނދެދާނަން ގޮތެއްގެ މަތިން 😁😁😁

  13. ޒީ

    ކައިވެނި ޕޭޖަކީ ވަރައް ރަނގަޅު ތަނެއް. އަޅުގަނޑު ވެސް ކައިވެނި ކޮއްގެން މިއުޅެނީ ކައިވެނި ޕޭޖުން ދިމާވި މީހަކާ.