ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ދީފައިވާ ގޮތުން ކުށެއް ނެތް ރައްޔިތުންނަށް އަނިޔާ ލިބެމުންދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އެޅި "ހިޔާ" ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކުރިން ލިބުނު ނަމަވެސް މިސަރުކާރުން ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އަލުން އެކުލަވާލިއިރު ފްލެޓް އަތުލި އާއިލާއެއްގެ ވާހަކަ ފެންނަ ގޮތަށް ފްލެޓްތަކުގެ ހައްގުވެރިންގެ ދިފާއުގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުން އާައްމު ކުރި ވީޑިއޯ އެއް ރީޓްވީޓްކުރައްވާފައެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ފޭސްބުކާއި ޓްވިޓާގައި އާއި މީސްމީޑިއާގެ އެހެން ވަސީލަތްތަކުގައި ދަނީ ފްލެޓް ލިބުުނު މީހުންގެ ލިސްޓު އަލުން އެކުލަވާލި ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މުއިއްޒު ވެސް ގެންދަވަނީ ފްލެޓް ހައްގުވެ ފްލެޓް ނުލިބުނު ފަރާތްތަކުގެ ހައްގުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވަނީ ސިޔާސީ ބޭނުމަށް ފްލެޓަށް ބޭނުން ޖެހިފައި ތިބި މީހުންނަށް ވެސް ފްލެޓް ނުދީވާ ކަމަށް ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓަށް މިސަރުކާރުން ބަދަލުތައް ގެންނަމުން ދާއިރު ފްލެޓް ހައްގު އެތައް ބައެއްގެ އަތުން ފްލެޓްތައް އަތުލަމުން ގެންދާތީ އާއްމުންގެ ޖަމިއްޔާ އިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓް އަލުން އެކުލަވާލަމުން ދާއިރު ޔާމީންގެ ސަރުކާރުން ފްލެޓްދިން "ހައްގުވެރިންގެ" އަތުން ފްލެޓްތައް އަތުލަމުންދާ މައްސަލަ ވަރަށް ބޮޑުވެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަހޭޝް

    ކުށެއް ނެތް ރައްޔިތުންނޭ ނުކިޔާ ދުނިޔޭގަވެސް އާޚިތަރުގަވެސް ނުކުރާ ކުށަކަށް އަދަބެއް ނުލިބޭނެ. އިބޫވަރެއް ނެތިގެން އިބޫއަށް ވޯޓް އެޅުން އެއީ ކުށަކީ " އެހެން ވީމަ ކުށް ކުރީމަ އަނިޔާ ލިބެނީ " ތިވާހަކަ ނުދައްކާ

    15
    2
  2. ބޫބޫ

    ކަލޭމެންގެ ސަރުކާރުން ޕުލެޓް ބެހިއިރު ކަލޭން އަނިޔާއެއް ނުވަންދޯ ތިވާހަކަ ދައްކާކަ ކަލޭމާކަރީޗެއްނޫން

    14
    11
  3. ލޮލްލޮލް

    ހޭވް ޔޫ ސީން އަ މޯ ޕަންޗަބަލް ފޭސް އަދަ ދޭން ދިސް....

    3
    2
  4. މުރާދުބޭ

    ރައީސް ޢަބްދުﷲޔާމީނުގެ ސަރުކާރުން އެޅައިދިން ހިޔާ ފްލެޓް ދެމުން އަންނަނީ ދައުލަތުގެ ސިޔާސީ މަޤާމުތަކުގައި ތިބި އެމްޑީޕީ ހަރުގޭތެރޭގައި ރައްޔިތުން ވާވައްދަން ތިބޭމީހުންނަށް. ޢެމްޑީޕީ ސަރުކާރު ދަމަހައްޓައިދޭން ތިބި ޤާނޫނު އިދިކީލަކޮށް މާނަކުރާން ކެނެރީގެ ބޮއްޅަހޮއްކޮ ކޯޓުތަކުގެ ބެންޗަށް ލާފައިތިބި މީހުންނަށް. ސިޔާސީ މަޤާމުތަކުގައި ތިބި އުޑެއްބުޑެއްނޭގޭ މީހުންނަށް. ތެޔޮބިޑިބޯ ފަނޑިޔާރުންނަށް މިހެންބުނަން ނުކެރޭކަށް ނުޖެހޭ. މިއީ ނިކަމެތީންނަށް އައި ތޫފާނީ ސަރުކާރެއް

    8
    5
  5. ބެއްޔާ

    މުއީޒޫ ކަލޭ ޚަލީލް އާއިގުޅިގެން 1000 ފުލެޓް ފ.ނިލަންދޫ މީހުންނަށް ދިނީ ކޮންގޮތަކުންތޯ؟
    ކަލޭ މާރީއްޗެއްނޫން ވާހަކަ ދައްކާކަށް!

    8
    10
  6. ސާބަސް

    މުޢިޒު އެމަގާމުގަ ހުރިއިރުވެސް ރައްޔިތުން އަށް ބޯހިޔާވަހިކަމުން ލިބުނީ އަނިޔާ، ދެން މިހާރު ކޮން ވާހަކައެއް ދައްކާކަށް.

    8
    9
  7. ފުތޫރު

    މީނަ އަނިޔާގެ ވާހަކަދައްކަން ހަމަ ލަދުހަޔާތުގެ ކަންފުޅެއްވެސްނެތްތާ. ހއ ދިއްދޫގެ ފުލެޓްތައް ބަހާލީ މެޑަމް އޮފިހުންގުޅާފަ އޭރުގެ ސަރުކާރާމެދު ދެކޭގޮތާ، ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރޭތޯބެލުމައްފަހު، އެކޯލުތަކަށް ޖަވާބުދިންމީހުންގެ ތެރެއިން ސަރުކާރު ހިންގާގޮތް ކަމުނުދާކަމާ، ޔާމީނައް ތާއީދުނުކުރާކަމައްބުނި ދިއްދޫގެ ރައްޔިތުން ބާކީކޮށް ތިމާމީހާގެ ޕާޓީގެ އެކުޓިވިސްޓުންނަށާ، އެކުޓިވިސްޓުންގެ އާއިލާތަކަށް ފުލެޓްތައްބަހާލީ، ހަތަރު ފަސްދަރިންގޮވައިގެން އެއްކޮޓަރީގަ އުޅޭމީހުން ބާކީކޮށްލީ، އެންމެމަތިން ޕޮއިންޓް ލިބުނުމީހުން ބާކީކޮށްލީ، މީއަނިޔާއަށް ނުވަންޏާ މީނަ އަނިޔާމިކިޔަނީ ކޮންއެއްޗަކައްތޯ ބަލާލުން ރަނގަޅު

    4
    8
  8. މޮޔަސޮރު

    ރަށުގަތިބި ޕާޓީގެ މީހުންނަށް ދިން ފުލެޓްގެ ޕޮއިންޓް ދިންގޮތް ކިޔާދިންނަމަ

    7
    3
  9. މަންމާފުޅު އަދުރޭ

    7 އަހަރު އެއްވުޒާރާއެއް ހިންގާފަ، ރައްޔިތުންގެ ފައިސާ އިސްރާފުކޮށް، ކޮރަޕްޝަންހިންގާފަ ނުކުމެހުރެ މޮޅުވާހަކަ ދައްކައެއްނުންއެބަ، ތިމާމީހާ ކަންތައްކުރިގޮތް ދިވެހިރައްޔިތުން ހިތަކުންފިލައިގެން ނުދާނެ އިނގޭތޯ، ރަށްރަށުގަ ފުލެޓް ދޮންބެ އެޅިފުލެޓްތައް ބަހާލީ ޕާޓީކުދިންނަށް، ހައްޤްވާމީހުންތިބީ ބާކީކޮށްފަ، ވެރިކަން ވޯޓުންގެއްލުނުހިސާބުން ހުޅުމާލޭގަ ހުރިފުލެޓްތައް ޕާޓީކުދިންނަށް އަވަސްއަރުވާލާފަ އެއްވެސްބެލުމެއްނެތި ބަހާލީ، މިހާރު މިސަރުކާރުން ޕޮއިންޓްދިންގޮތް ބަލާލިއިރު ކަމަކުދާކަށްނެތް ދިމާއިދިކޮޅައްމިހުރީ، މިހާރު އެހުރިހާކަމެއް އިސްލާހުކޮށް ހައްޤްވާމީހުންނަށް ފުލެޓްދޭތީ މީނަމިތެޅިގަތީ، އަނިޔާ އަކީކޯންޗެއްކަން މީނައަށްނުވެސް އިނގޭނެ، އަނިޔާގެ ސުޕެލިން މީނައަށް އެގުނަސް މަހިނގާނީ އެކޮޅުކޮޅުން

    5
    6
  10. ޙައްވަ

    މުއިއްޒުމެން ވަކިއުމުރެއްގެ މީހުންނަށް ފުލެޓުތަކުގެ ސަރުތުކަނޑައެޅުންވެސް އެއީ އަނިޔާއެއް ކިތައް މީހުންތޯތިބީ 40 އަހަރުންމަތިވެގެން ބޯހިޔާވަހިކަމެއްނުލިބިފާ

    5
    3