އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ޕާޓީގެ ރައީސް ކަމަށް އާ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި އެ މަގާމަށް ކެމްޕޭން ކުރެއްވުމަށް ހާއްސަ އިވެންޓެއް ބޭއްވުމަށް މިރޭ ނިންމަވާފައިވާ ކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އޭނާގެ ކެމްޕޭން މެނޭޖަރަކު ހަމަޖައްސާފައިވާ ކަމަށާއި އެއީ އައްޝައިހް މުހައްމަދު ޝިފާން ކަމަށެވެ.

"ކެމްޕޭން ކުރިއަށް ދާނެ ގޮތް މަޝްވަރާ ކޮށްފިން، މިރޭ ކެމްޕޭން ލޯންޗު އިވެންޓް އޮންނާނެ،" އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ.

އިމްރާންއާ މި އިންތިހާބުގައި ވާދަކުރައްވަނީ ސަރުކާރު ކެބިނެޓުގައި އިންނަވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. މިނިސްޓަރު ޑރ. ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރެވުނު އެ ޕާޓީގެ އާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ އިންތިހާބުގައި ވޯޓު ލެވޭނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާއިން ބަލައިގަނެފައިވާ މެންބަރުންނަށެވެ.

އަދާލަތު ޕާޓީގެ ލީޑާޝިޕް ކަނޑައަޅާ އެތެރޭގެ އިންތިހާބު މި މަހު ބާއްވާއިރު، އިންތިހާބަކާ ނުލައި ދައުރު ހަމަވި ފަހުން ޕާޓީގެ ލީޑާޝިޕްގައި އިމްރާނާއި ނައިބު ރައީސް އަލީ ޒާހިރު ހުންނެވި މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ހުށަހަޅުއްވާފައިވެއެވެ.

އެ މައްސަލައާ މެދު އީސީއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާއިރު، އީސީއިން މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙައްޕު

    ކެމްޕެއިން މެނޭޖަރަކަށް ފުރަތަމަ އެދުނީ ކައިލީޒު ގާތުގަ.ވަގުތުން ބުނީ ނޯ އޭ. ގަދަ ކައިލީ

    14
    1
  2. ސަންސެޓް

    އޭޕީއަކީ ސިޔާސީ ވިޔަފާރި ޕާރޓީއެއް. ފަތުވާވިއްކާ ޝޭކުން ކޮޅެއް ފައިސާވެރިން ބުނާގޮތަކަށް ސިޔާސީ ޕޯޑިއަމްތަކުގައި ޑްރާމާ ކުޅޭބައެއް. ދީނުގެ ހިމާޔަތުގައި އެއްޗެއް ބުނިބައެއް ނޫން. ދެވެރިންނަށް މިނިސްޓަރުކަން އޮތީމަ ނިމުނީ.

    12
    1
  3. ހުސެން

    އިމްރާނު ހޮވާށޭ ޒާހިރު ބުނީ ހެހެހެ

    3
    7
  4. ވަހީދު

    މިގައުމުގަ ނެތް ޝައިޙުންނެއް އަދި އަދާލަތެއް. އެހެން ނޫންނަމަހީ އަދާލަތު ގާއިމް ކުރަން މިގައުމުގެ ޝަރުޢީ ނިޒާމުގައި ހިންގާ ޖަރީމާތައް ފެންނަން ވާނެ އަދި ހައްޤު ބަސް ބުނެވެންވާނެ.

    16
    1
  5. ކޮމެންޓު

    އިމްރާނަކީ މިހާރު އަންހެނެއް އެހެންވެ އަންހެނުން ކުރިމަތިލެވޭގޮތަށް ހެދީ. އަދާލަތު ޕާޓީގެ ރައީސާ އިމްރާން

    11
  6. އ

    ތިޔައީ ތަންތަނުގެ ރައީސްކަމަށް ކުރިމަތިލެވޭވަރުގެ މީހެއްޫން

    11
  7. ދޮންފަނު

    ދެބޭކަލުންނަކީވެސް ރީނދޫލެއިންފޯވެ ދީނުގެ ޙުކުމްތަކަށް ރީނދޫކުލަޖައްސަވައި ފަތުވާ ނެރޭ ދެބޭކަލުން. އަދި ދީން ހަތިޔާރަކަށް ނަންގަވައިގެން އެއްދުވަހު ވިދާޅުވާނެ ހެޔޮނުވާނެޔޭ ކެނެރީގޭ ނަޝީދަކީ އިސްލާމްދީނަށް ފުރައްސާރަކުރައްވާ ޢަދުވެކޭ! އޭނާ މިދިވެހިބިމުން ފައްސާލަންޖެހޭ! އަނެއްދުވަހު މުޅިން އިދިކޮޅު. ޙަޤީޤަތްވަނީ ފޮރުވިފައި، ފައިސާގެ ދަހިވެތިކަމުގައި އުޅުއްވާ ދެ ޢިލްމުވެރީން. ހިތާމަކުރަންޖެހޭ! ޢިލްމުވެރީންގެ ރައުޔަކީ ތަފާތުއެއްޗެއް! އެކަންފެނިގެން ހިނގައްޖެ ދާދީ އިހައްދުވަހަކު މިޤައުމުގެކޯޓުން އެއްބޭފުޅަކު ﷲ ގެ ވަޙިބަސްފުޅު އިއްވަމުން ވިދާޅުވަނީ ފާސިޤުންގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ކަމަށް. އަނެއްދެބޭފުޅުން ކުރެވޭނެ ކަމަށް ވިދާޅުވީ ފުލެޓް ދީގެން. މިބޭބޭފުޅުންނާއި ދޭތެރެ ވިސްނަންވީ ވަގުތު ކުރިޔަށް އޮތް ކޮންމެ އިންތިޚާބަކީ.

    13
  8. ދޮންފަނު ޙަސަނު

  9. ށުމަން

    ހެޔޮ ނުވާނެ ތި އިމުރާނު ގާތް ކުރަން. މެންބަރުން ނިކުމެ ބޭރު ކުރޭ!!

  10. ރާކަނި

    ކޮން ކޭޕޭނެކޭތޯ ގަޑި ޖެހުނުތާ 1 ދުވަސް ފަހުން ވާދަކުރަން ކެނޑިޑޭޓަކަށް އިސްލާމިކް މިނިސްޓަރ ލައްވާ ސޮއިކުރުވައިގެން ހޯމަ ވިލޭރޭ ކެމްޕެއިން ފަށާ ހުކުރު ދުވަހު އިލެކްޓްރޯނިކް ވޯޓެއް ނަގައިގެން އިންތިޚާބު ވަގަށް ނަގަން ރާވައިފައިވާ ވަގު ރޭވުމަކަށް ކޮންއިންތީޚާބެކޭތޯ ތިކިޔަނީ.

  11. ޝޮކްތެރަޕީ

    އަމިލްލަ އެދުން އިސްކުރީމަ ޤައުމު ފުނޑެނީ