ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަކުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދާނީ މީޑިއާ އާއި މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހު 1:30 އަށް ތާވަލުކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި އެ އަޑުއެހުންތައް ކުރިއަށްދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ.

އަލީ ވަހީދަށް ކުރާ ދައުވާތަކަކީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަ ނޫން ޖިންސީ މުއާމާލަތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރި ޖިންސީ ގޯނާ އާއި ފުރައްސާރަ އާއި ޖިންސީ އެހެނިހެން އަމަލުތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުންނެވެ.

އެކި ދުވަސް މަތިން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ބައެއް މުވައްޒަފުން ރައީސް ސޯލިހްގެ އަރިހަށް އައިސް އެ މައްސަލަ ހުށަހެޅިއެވެ. އަލީ ވަހީދަށްކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.

އަދި ފަހުން އަލީ ވަހީދަށް ރާއްޖެއިން ބޭރަށް ނުފުރޭ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ކޯޓު އަމުރެއްގެ ދަށުން ބޭރަށް ފުރުން މަނާކުރިއެވެ.

އަލީ ވަހީދަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ކުރި ބަޔަކު އޭނާ ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާއި ކެރިހުރެ މައްސަލައާ ކުރިމަތި ލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ކޮވިޑް

  އަލީ ވަހީދު ވީމަ ސިއްރު،ޔާމީންވީމަ ލައިވް،ސަޅި

  46
  3
 2. ކެޔޮޅު

  އަލީވަހީގެ ސަރީއަތް ސިއްރު ކުރީ ސޯލިހެ ވާހަކަދައްކާނެތީ އުތަ؟

  43
  1
 3. ކެޔޮޅު

  އަލީވަހީދު ސޯލިހުގެ ސިއްރުރައް ހާމަކުރާ އަޑު ރައްޔިތުން އަހަން ވަރައްބޭނުންވާނެ ދެއްތޮ؟

  45
 4. ނަައީމް

  ރައީސްޔާމީން ގެ ތެދުވެރިކަން ހާމަކޮށްދޭ އެދިގެން ހުރިހާއަޑުއެހުމެއް ސީދާ ލައިވްކޮށް ރައްޔިތުންނައް ގެނެސްދިނުން ތިޔަ ފުއްޕާފަ އުޅުނު އަލީވަހީދު ރައްޔިތުންނައްބޭޒާރުވެ ލަދުގަނެ އަގުވެއްޓޭނެތީވެ ނުކެރުނު ނޫސްވެރިޔަކުވެސް ވައްދަން ރައްޔިތުންނޭ ވިސްނާލަބަލަ............

  44
  3
 5. ކޮބާކަލޭ

  ލައްބަ ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގީމާ!

  37
  1
 6. ކެތިބޯ

  ރާކަނި މަސްކެވިފަތިހުރީ

  36
  1
 7. ރ

  އަސްލު މަސްއަލައަކީ އަލީ ވަހީދު ޖިންސީ ފުރައްސަރަ ކުރުމެއް ނޫން މައްސަލައަކީ 3 މިލއަން ޑޮލަރ މިސަރުކާރުގެ ބްރޯ އަށް ބައިނޭޅޭ ގޮތަށް ކަޓްގެ ގޮތުގައި ނެގުން އެހެންވެ ދަންތުރެ އެއްގައި ޖެއްސީ ތޮއްޔޮބި ޝަހީމު އާއި ސުމިތާއި ހަވާލު ކޮށްގެން އެދެމީހުން ގަތް ގަނޑު ކީއްވެ ނުބެލެނީ އަމިއްލައ އަށް ސުމިތު އެވަނީ އިއުތިރާފް ވެފައި

  27
 8. ރ

  މައްސަލަ އަކީ ފައްޔާޒަށް ބައިނޭޅޭ ގަޮތަށް ފައިސާ ހޯދަުން

  24
 9. ދަރަމްވީރު

  މިސަރުކާރަކަށް ކެރި ކުޅަދާނައެއް ނުވާނެ މިސަރުކާރު ގެނައި މީހަކުގެ ސޯޝިއަލް ވައިލަންސް، އެނިހެން ކްރައިމްތަކާއި ގުޅިގެން އެމައްސަލައެއްގެ ތަޙްޤީޤު ހިންގައި ޙުކުމް ކުރާން. އެއީ ނުވާނެ ކަމެއް. ނުކުޅެދެނީ ކީއްވެތޯ؟ ޚާއްސަކޮށް ޢަލީވަޙީދު އަކީ މިސަރުކާރުގައި ޖެހިފައިވާ ފިލައިގެން ނުދާނެ ވައިރަލް ސިންޑްރޯމެއް. އެސިންޑްރޯމުގެ ނުރައް މުޅިސަރުކާރަށް އެބައޮތް. މިސަރުކާގެ ވެރީން ބޭރުޤައުމުތަކުގައި ކުޅޭރޯލު، އަދީބު ރާއްޖޭގެ ޚަޒާނާ ދަވާލައިގެން ބޭރުކޮށްފައި ވާފައިސާގެ ތަފްސީލު މިބޭކަލުން ބޭރުޤައުމުތަކުގެ ޚަރަދަށް. އަދި އިންޑިޔާ ސަރުކާރާއި ދެމެދު އެއްބެވެފައިވާ ކަންތައް. މިހުރިހާ ޖަރީމާތައް ޢަލީވަހީދުވަނީ ފުރިހަމަޔަށް ޑޮކިއުމަންޓްކޮށްފައި. އެއީ ވައިރަސް އަކީ އެއިގެ ތަފާތު ސިންޑްރޯމްތަކަކީ ޔޫރަޕުގެ ބައެއް ޤައުމުތައް، އިންޑިއާ އަދި އިނގިރޭސިވިލާތް. އެކޮޅުގެ އެކި ރިޓަޔަރޑް ޕޮލިޓީޝަނުންނަށް ހޭދަކުރި ފައިސާވެސްވޭ. މިއީ ވަރަށް ތަފްސީލީ ކަންތަކެއް! ވެރިކަމަށް މިފަދަބޮޑު ޚަރަދެއް ޤައުމުން ނަގައިގެން އެއިގެ ކޮންމެވެސް ރިކަވަރީއެއް ބޭނުންވާނެ. އެހެންވީމާ ޑޮކިއުމަންޓް ކުރީ އައްޔާ. މަކުރިނަމަވެސް މަބަހައްޓާނެތާ ހަށިރައްކަލަށް މަގޭއަތުގައި ސޮފްޓްކޮޕީ. ޝުކުރިއްޔާ

  17
  1
 10. ޒަރާނާ

  ފަހަރި ޖީހާނު ރޯޔަލް ސަފާރީކޭސްގެ ވާހަކަ ވެސް ސިއްރުކުރާނެ އެއީ މިސަރުކާރަކީ އެމީހުންކުރާ ވައްކަން ޖިންސީފުރައްސާރަ ސިއްރުކޮއްފަ އެހެންމީހުންގެ މައްސަލަ ލައިވްކޮއް ދައްކާ ބައެއް އެއީ ތިލަފަތުގެ ހަމަހަމަކަން ކިހާ ތާހިރު

  25
  1
 11. ބުއްޅަބޭ

  މާގިނަ ކފރ ވާހަކަ ދައްކަންހުރީ ތޯއްޗެ؟!

  12
  1
 12. Angela

  އަލިވަހީދުގެ ޝަރީޢަތް ސިއްރުކުރީ މިސަރުކާރުގެ މަތިފަޑީގައި ތިބިމީހުން ބޮލާފޮށާ ރައްޔިތުންގެ ކުރިމަތީގައި އެޅި ބަރަހަނާވާނެތީ . އެހެން ނޫނީ އަލީވަހީދެއް އަދީބެއް ޔާމީނެއް ތަފާތުކުރެވިގެން ނުވާނެ އިންސާފުން ޝަރީއަތުގެ ކަންތައް ކުރިޔަށްދާނަމަ ، މަހިތުން އަލިވަހީދުއަށް ޖަލުހުކުމެއް އަޔަސް ބަހައްޓާނި ގޭގައި އެއީ ސަރިކާރުގެ އިސްމީހުން ބަރަހަނާވިޔަ ނުދިނުމަށް .

  13
  2
 13. ވާންވީ

  އޯ އާމުކޮށްފިއްޔާ ސޯލިހު ބެޔަށް ކީރިތި ކުރެއްވިދާނެތީ ސިއްރުކުރީ ދެއްތޯ ؟ ގޯހެއްނޫން ! ލަނޑޔާ ވާނީ ލަނޑަޔާއޭ ބުނާ އަޑު އަހަން ....މާދަމާ މައުސޫމް ކުއްޖެއްގެ ގޮތުގައި ނުކުންނާނެ.

 14. ބުރުގާ

  އައްޗީޑި. ބިމު ދާއްބަ!

 15. ރަދީފް ހުސެން

  ވަކި މީހަކާބެހޭ ބައެއް ވާހަކަ މިސަރުކާރުން ރައްޔިތުންނައް އިއްވާލަންބޭނުންވީމަ، މިސަރުކާރުގެ ގައުމީޓީވީ (ރޓީވީއައް) ލައިވްފީޑް ދޭންބޭނުންވީމަ ސަރީއަތް ލައިވްކޮއް.
  ރައްޔިތުންނައް އެގެންޖެހޭ އެއްޗެއް އެކަމު މިސަރުކާރުގެ ފައިދާއައް ހިފަހައްޓަންވީމަ ސަރީއަތް ސިއްރު.
  ހަމަ ސަދޫމް

 16. އަޙްމަދު

  އަދަބީގޮތުގައިޖިންސީގުނަވަންހާމަކުރުމުގެކުށެއްވެސްއޮންނަނީތާ!