ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހޯދަމުން ދަނީ އެމްޑީ އިދްރިޝް، ބަނގުލަދޭޝް (34އ)އެވެ.

އޭނާއަކީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިދޭސީ މީހާ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުދުދު

    ސ ހިތަދޫ ސްތޭޝަނަކީ ނާގާބިލް ތަނެއް. ހަޤީގަތް ނުބަލާ މީހުން ހިތުހުރި ގޮތަކަށް މައްސަލަ ބަލާބައެއް.

    10
    1
  2. އަންމި

    ގައުމު މިޔަވުރެ ބޮޑު ނަމަ ކޮބާ ސަލާމަތެއް

  3. އާސިދާ

    އަދިވެސް އެތެރެކުރޭ ކޯބަ ހުރިހާ ދައްތަ ތައް އަދިވެސް ކަމެއް ނުބޭ ބަންގާޅީއެއް ނެތިއޔާ ދޯ ކަންނެއްކަމިން ވާހާކަންކަން..