ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިތުރު ފުރަބަންދަކަށް ދާން ބޭނުން ނޫން ކަމަށް ވިދާޅުވެ، އާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ ރައްޔިތުންގެ ކިބައިންގެ ރޭ އެދިވަޑައިގެންފިއެވެ.

ޓުވިޓާ މެދުވެރިކޮށް ޑރ. މުހައްމަދު އަލީ އާންމުންނަށް ދެއްވި މެސެޖްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގަމުން އަންނަ ކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހިފައިވާ ކަމަށެވެ. އެ ގައުމުތަކުގައި "ފުރަބަންދަކަށް ފަހު ފުރަބަންދަކަށް" ދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އެފަދަ ފުރަބަންދަކަށް ދެވެން ނެތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

"ކޮންމެ މީހަކު ވެސް ދަތި ތަހަންމަލު ކުރަން ޖެހުނު. ބަލިން ސަލާމަތްވުމަށް އާދައިގެ އިރުޝާދުތަކަށް ބޯނުލެނބޭ ނަމަ އެހެން ގައުމުތަކަށް ވި ގޮތަށް ވެދާނެ. އެކަން ބަދަލު ކުރެވޭނެ ތިބި ބަޔަކަށް ތިބީ ވެސް އަހަރުމެން،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

https://twitter.com/Moxamedalu/status/1353040403700740096?s=20

ޑރ. މުހައްމަދު އަލީ އެގޮތަށް ވިދާޅުވި އިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ. ހާއްސަކޮށް އެމެރިކާ އާއި ބްރެޒިލް އާއި މެކްސިކޯ އާއި ރަޝިއާ ފަދަ ގައުމުތަކުގައި އަދިވެސް ހަލުވިކަމާ އެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.

ރާއްޖެ އަށް ބަލާ އިރު، ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އަދި ކޮވިޑް-19 ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. މީގެކުރިން، ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ވިއްސަށް ވުރެ ދަށުގައި ދުވަސްކޮޅަކު ހުރުމަށް ފަހު، މިހާރު އެ އަދަދު ވަނީ 50 އަށް ވުރެ މައްޗަށް އަރައިފައެވެ.

އަދި މި ބަލީގައި މިހާރު ހާހަކަށް ވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އެބަދެއެވެ.

"ކޮވިޑް-19 ގެ ވޭދަނަތައް މިދަނީ އަނެއްކާ ވެސް ރާއްޖޭގައި އިތުރުވަމުން. ބަލިވާ މީހުން ދަނީ ގިނަވަމުން. މިކަމުން ސަލާމަތްވުމަށް އަތް ދޮވެ، ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުން ފަދަ ކަންކަން ފަރުވާތެރި ކަމާ އެކު ކުރަން ޖެހޭ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 50 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ

    ޑޮކްޓަރުން ސިޔާސީ ނުވެތިބުން ރަންގަޅުވާނެ..މާސްކް ވެސް އެޅުން މިހިންމު ނޫންކަމަށް ސިޔާސީ މީހުންގެ ފަހަތުން އަޑުހަރުކޮށް ރާއްޖޭގެ ޑޮކްޓަރުން ދެއްކި ގައުމަށް ހެޔޮ އެދެންޏާ ތިމާގެ ޕްރޮފެޝެންގައި މޫނަށް ބެލުމެއްނެތި އިޚްލާްސްތެރިކަން ދައްކާ..

    14
    2
  2. މީ

    ޑޮކްޓަރުން ސިޔާސީ ނުވެތިބުން ރަންގަޅުވާނެ..މާސްކް ވެސް އެޅުން މިހިންމު ނޫންކަމަށް ސިޔާސީ މީހުންގެ ފަހަތުން އަޑުހަރުކޮށް ރާއްޖޭގެ ޑޮކްޓަރުން ދެއްކި ގައުމަށް ހެޔޮ އެދެންޏާ ތިމާގެ ޕްރޮފެޝެންގައި މޫނަށް ބެލުމެއްނެތި އިޚްލާްސްތެރިކަން ދައްކާ....

    8
    1
  3. ފިޔަވަޅު

    މަހިތަށް އެރިޔޭ ރޭގަ މާދަމާ މި ސިޔާސީ ޑޮކްޓަރުން ލައްވާ ގުއިފާލުގަ ދަނޑިން ތަޅަން ފަށާނެޔެ .

    ޕޕއމ މީހުން ޤަރާރެއް ފާސްކުރިއްޔޯ .
    ޢެކަމާ !
    ހީޙީ ހަލާކުވެ މިސަރުކާރުން ގެންގުޅޭ ކޮވިޑް ސިޔާސީ ހެލްތް މީހުންނާ ހެދި .

    7
    1
  4. ސސ

    ކޮވިޑް 19 އަކީ ދުނިޔޭގެ ސިޔާސީ ކޮރަޕުޓް ލީޑަރުން ކުޅޭ ޑުރާމާއެއް !

  5. ހޮޅި

    ޙުރިހަާ ކަމެއްވެސް ހުއްދަ .
    ހުއްދަ ނެތީ ރިސޯޓް މުއައްޒަފުން އާއިލާ ކައިރިއައް ދިއުން .
    ދެން މުޒާހަރާ