ޝީ ބިލްޑިންގައި މިދިޔަ މަހު ބޭއްވި ކައިވެނި ޕާޓީއަކުން އުފެދުނު ކޮވިޑް-19ގެ އިހާގައި މިހާތަނަށް 103 މީހަކު ފައްސިވެ، އެ އިހާގައި ހިމެނުނު އެކަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14,829 މީހަކު ފައްސިވި އިރު، މި ބަލި ޖެހިގެން މިހާތަނަށް 50 މީހުން ވަނީ ނިޔާވެފައެވެ. ކޮވިޑް-19 އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ 1,039 މީހަކަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 69 މީހަކަށެވެ. މި ބަލި ޖެހުނު 13,732 ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ 92.60 އިންސައްތައިގައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީއަށް 120 މީހަކު ދިޔަ ކަމަށް ބެލެވިފައި ވިޔަސް ކޮވިޑް-19 އެންމެންނަކީ ޕާޓީއަށް ދިޔަ މީހުންނެއް ނޫނެވެ. މި ކައިވެނި ޕާޓީ އިހާ އެހާ ބޮޑުވީ، ޕާޓީން ބަލި ޖެހުނު މީހުންނާއި އެ މީހުންނާ ކޮންޓެކްޓުވި، ޕާޓީ އަށް ނުދާ މީހުންގެ ފަރާތުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ކައިވެނި އިހާގައި ފައްސިވި މީހުންގެ ތެރެއިން 89 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރަނގަޅު ނުވެ ތިބީ 13 މީހެކެވެ. ރަނގަޅު ނުވެ ތިބި މީހުންނަކީ މި މަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވި ބައެކެވެ.

މި އިހާގައި ހިމެނޭ މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއިހަލުން ފައްސިވި މީހުންގެ ތެރޭގައި އުމުރުން ވަރަށް ދޮށީ މީހުންނާއި އުމުރުން ވަރަށް ހަގު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެތެރޭގައި ދެތިން އަހަރުގެ ކުދިން ވެސް ހިމެނެއެވެ. އެ ޕާޓީއާ ގުޅިގެން ފައްސިވެފައިވާ މީހުންގެ ތެރޭގައި ޕާޓީއަށް ދިޔަ މީހުންގެ އާއިލާ މެންބަރުން ވެސް ހިމެނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނަ އިން ފައްސިވީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 9،279 މީހުން ފައްސިވި އިރު، ދެ ވަނަ އަށް އެންމެ ގިނަ އިން ފައްސިވީ ބަންގްލަދޭޝް މީހުންނެވެ. އެއީ 3،498 މީހުންނެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ އިން ފައްސިވީ އިންޑިއާ މީހުންނެވެ. އެއީ 872 މީހުންނެވެ.

ރާއްޖެ އިން މި ބައްޔަށް ގިނަ އިން ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގެެރި

  ރޯޔަލް އެއްޗެހީގެ ބަލާވެރިކަމުން ގައުނު ސަލާމަތް ވާނެ ދުވަހަކަށް އިންތިޒާރު ކުރަން

  20
  1
 2. ގެރިގުއިލޯބި

  މި ކަލޭގެ ޖެހޭނެ ޒިންމާ ނަގަން.. ޕެންޑެމިކް އެއްތެރޭ ކޮން ޕާޓީއެއް ބާއްވާކަށް

  25
  1
 3. އައިސްތު

  ރާއްޖޭގަ ކޮވިޑް ފަތުރަނީވެސް މި ރީނދޫ އެއްޗެހިތައް.. ގައުމަށް ޖެހިފަ އޮތް ބަލާވެރިކަމެއް

  23
  2
 4. ކިރިމްޖެހި ބަނަސް

  މި މީހުން ކައިވެނި ކުރީމަ އެހެން މީހުނަށް ހުރިހާ ބަލާވެރިކަމެއް

  23
  1
 5. ބަކަރި

  ރޯޔަލް ކޮވިޑުތައް އުދުހެނީ

  17
  1
 6. ޕަނީނޯ

  ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރީގަ ކަމެއްވާއިރަށް އަޅުވަނީ ޔާމީން ބޮލުގަ

  23
  7
 7. ކައި

  މި މީހުން އިނީމަ އޭގެ ދުއްޕާން މުޅި ރާއްޖެއަށް

  21
  1
 8. ހިޔާލު

  އަހަރެން ހިތައްއަރާ މި ރޯޔަލް މީހުންނަށް އެމީހުންގެ ފަރުވާކުޑަ ކަމުންނާއި އަމިއްލަ އެދުން ބޮޑުކަމުގެ ސަބަބުން މީހެއްގެ ފުރާނަ ދިޔަ އިރު ހަމަ ޖެހިލައިގެން ނިދޭކަމޭ ނޫނީ އެއްޗެކޭ ހިތައް އަރާބާއޭ

  18
  1
 9. ވިސްނޭ

  ބުނަން ވާހަކައެއް އެމީހާ އެކަންޔެއްނޫން ޕާޓީބޭއްވީ. މީހަކު ޕާޓީއަށް ކިޔަސް ދިޔައީ އަމިއްލަ އިހުތިޔާރުގަ. ރޯޔަލްއޭ ކިޔާޕަ ބުލީތި ކުރަނީ. ވަގުތުން އެ ހަބަރު ގެނެއްސަހުރި ގޮތް ކަމަކު ނުދޭ. އެހެން ތަންތަނަށް ގޮސްގެންވެސް މީހުން +ވޭ. ހަމަމީހެއްގެ ފަރާތުން +ވާނީ. އިބޫނުޖެހޭނެ ޒިންމާނަގާކަށް.

  2
  3