މި ސަރުކާރުން ޖުޑިޝަރީއަށް ބަދަލުތައް ގެނައީ ވަކި ބަޔަކަށް "ޓާގެޓް"ކޮށްގެން ކަމަށާއި އެކަމުގެ ހިތި ދެކޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައިރައީސް ޔާމީނަށް ހައި ކޯޓުން ކުރި ހުކުމުން އެނގުނީ ޖުޑިޝަރީ އަށް ސަރުކާރުން ބަދަލު ގެނައީ ސީދާ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ކަމެވެ. ޒަމާންވީ މި ސަގާފަތް ބަދަލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު މިވީ އޮޅުވާލުމަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"އިންސާފު ނުދިނުން އެއީ އެންމެ ބޮޑު އަނިޔާ، މިކަމުގެ ހިތި މި ބޭފުޅުން ވެސް ދެކޭނެ،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅުގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު ކަމުގައިވާ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައި ދައުލަތުން ވިދާޅުވެއެވެ.

އެ ހުކުމް ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަލަމްގަން

    ކަލޭ މިހާރު އިންޒާރުދޭން ފެށީދޯ، އެގޮތްވެސް ތިގޮތްވެސް ހަމަ ގޯސް

    5
    12
    • Anonymous

      ޙައްޤު ބަސް ބުނެވޭނެ. އެއީ ގޯސް ކަމެއް ނޫން. އަނިޔާ ދެންޏާ އެވާހަކަވެސް ގޮވޭނެ

      5
      3
      • އުމަރު

        އަނިޔާ ކަލޭ ތިކިޔަނީ ކޮންއެއްޗަކައްތޯ؟ ކަލެއަށް އަނިޔާފެންނަނީ ރައްޔިތުންގެ ފައިސާ އަމިއްލަ އެކައުންޓައް ޖަމާކޮށް ބޭނުންކުރިމީހާއަށް ހުކުމްކުރުމުންތޯ؟ އަނިޔާވެރި 5އަހަރު ކުށެއްނެތް އެތަކެއް ރައްޔިތުންނަކައް އަނިޔާކޮށް ޖަލައްލާ ވާނުވާޖަހައި ހެދިއިރު ކަލޭގެ ދެލޯހުރީ މެރިފަތޯ،އެއިރު ތިބުނާ އަނިޔާ އޮތީކޮންތާކުތޯ

  2. ބޮކި

    އިންސާފް ވާހަކަ ދެއްކީމަ އަންނަނީ ހިނި.............

    5
    2
  3. ޖިސް

    އިންސާފުން ކަންކަން ކުރިނަމަ އަދީބު އަދި ޔާމިން އަދި ޒިޔަތު ޖަލަށްލާނެ.
    އަދި އެއިގެ އިތުރަށް ބޭންކް، މމއ އިންވެސް ބަޔަކު ބަންދުކުރާނެ.
    މިހާރު ވެރިކަމުގައި ތިބިމީހުން ޖެހިލުންވާ މީހާ އެކަނި ޖަލަށްލުމަކީ އިންސާފެއްނޫން.

    4
    1
  4. ޖާޒީ

    ރާއްޖޭގެ ގާނޫނާއި އިންޓަނޭޝަނަލް ގާނޫނުތަކާއި ހިލާފަށް ރާއްޖެއިން ފުރައިގެން ދިޔަމީހާ އަށް ހައްގުވާ އަދަބު ނުދީ ހުޅުމާލޭއިން ފްލެޓެއްގައި ބެހެއްޓުން އެއީ ގޯހެއް. މމޕރސ ފައިސާ ވަގަށް ނަގައިގެން އެވޯޑްދިނަސް ރާއްޖެއިން ފުރައިގެން ދިޔަގޮތުން ޖަލު ހުކުމެއް ނާންނަންޖެހޭ ސަބަބެއް ނެތް.
    އަދި އެކަލޭގެ ރާއްޖެއަށް އަނބުރައި ގެންނަން ކުރި ހަރަދުވެސް އޭނާއަތުން ހޯދަންޖެހޭ.

  5. ކޮވިޑް

    ބަލަ ޖަމީލުގެ ކަރުގަ މިހާރު ތިލާ ހިތި ރަހައަކީ އެދުވަހު ޔާމީން ދޫކޮށް މި ބައިގަންޑަށް ބައިއަތު ހިފާ ވޯޓް އޮޅުވާލި ގްރޫޕްގަ ހުރީތީވެ ލާ ހިތި ރަހަ އެއްކަން ޤަބޫލް ފުޅު ކުރައްވަންތޯ؟

  6. މުހައްމަދު

    ހަލަމްގަން ކަލޭ ހަޖަމް ކޮށްބަލަ!
    ނުހޮރޮއްޕާނެއްނޫން.

    4
    1
  7. ޢިބުރަތް

    ޔާމީން ސަރުކާރުން މީހުންނަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަނިޔާކުރި ކުރުން ޖަމީލަށް މިހާރު ކަމުދާ ކަމީ އަޖައިބެއް. ޖަމީލަކީވެސް އަނިޔާ ލިބުނު މީހަކަށް ވާއިރު މިހާރު ތިލަވާ ހަޅޭ އެއްވެސް ބަޔަކު ބަލައެއް ނުގަންނާނެ. އެއްވެސް ބަޔަކު އަނެއް ބަޔަކަށް އަނިޔާ ކޮށްގެން ނުވާނެ.

    5
    1
  8. ާަައަނގަ ޗޭޗޭބުއްޅަބެ

    މޑޕ ރީނދޫބައިގަނޑު ރީތި ބޮނޑިއެއްބޯތަން ބަލަން ﷲ އިރާދަކުރެއްވިއްޔާ އަހަރުމެން ރައްޔަތުން ތިބޭނަން.

    3
    2
  9. ޙުސޭނު

    ޖަމީލޫ މިހާރު ސޯސަލް މީޑިޔާގަ ހުންނާނެ ޔާމީނުގެ މިމައްސަލައާ ގުޅިގެން ޖަމީލު އޭރު ދެއްކި އިންސާފުގެ ވާހަކަ. ޖަމީލަކަށް ނޯންނާނެ ކޯޓުތަކޭ ކިޔައިން އެރުވޭނެ އަގައެއް. ތިޔައީ ތިރީއޭ މައްސަލައިގައި އިސްގާޒީކަމު ހުރެ ގޮސް ފިހާރަތަކުގަ ބޮޑުތަޅުއެޅުވި މީހެއް. އަންހެނުންގެ މުދާގަނޑުވީމާ ގާޒީއަކަށްހުރެ މައްސަލަ ހިގަމުން ދަނިކޮށް އޭގެތެރެއަށްވަދެ މުދަލުގަ ބެއްދީ.

  10. އަލްޖިބްރާ

    އިންސާފު ނުދިނުމަކީ އަނިޔާއެކޭ ގޮވަން އެންމެ ހެޔޮވަރު މީހަކީ ކަލޭތަ ؟ ލަދުކޮބާ ؟

  11. ކެލާ އާރިފް

    ކޮންތާކުން ވައްޓާލި އިންސާފެއްގެ ވާހަކަތަ ވަހުތާން ކަލޭގެ މިދައްކަނީ، މީނަ މިބުނާ އަސްލު އިންސާފަކީ ވައްކަންކުރުމުން އިސްލާމްދީނުގަ ކަނޑައެޅިފައިވާ އަދަބު ޔާމީނަށް ނުދިނުންތާ، ފަނޑިޔާރުން މިޙުކުމް މުރާޖާކޮށް ޔާމީނު އަތްކެނޑުމައް ޙުކުމްކުރުމައް ގޮވާލަން، އޭރުން މިވަހުތާންކަލޭގެ ހިތްހަމަޖެހޭނީ

  12. އުމަރު

    އަނިޔާ ކަލޭ ތިކިޔަނީ ކޮންއެއްޗަކައްތޯ؟ ކަލެއަށް އަނިޔާފެންނަނީ ރައްޔިތުންގެ ފައިސާ އަމިއްލަ އެކައުންޓައް ޖަމާކޮށް ބޭނުންކުރިމީހާއަށް ހުކުމްކުރުމުންތޯ؟ އަނިޔާވެރި 5އަހަރު ކުށެއްނެތް އެތަކެއް ރައްޔިތުންނަކައް އަނިޔާކޮށް ޖަލައްލާ ވާނުވާޖަހައި ހެދިއިރު ކަލޭގެ ދެލޯހުރީ މެރިފަތޯ،އެއިރު ތިބުނާ އަނިޔާ އޮތީކޮންތާކުތޯ