ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ސިނަމާތައް އަލުން ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު (ޑީޖޭއޭ) މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އިއުލާންގައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން މާޗު މަހުގެ 16 ވަނަ ދުވަހު، ރާއްޖޭގައި ހިންގަމުން އަންނަ ސިނަމާތައް ބަންދުކުރަން ނިންމި ނިންމުން ބާތިލު ކުރާ ކަމަށެވެ.

އެ އިއުލާންގައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މާދަމާ އިން ފެށިގެން ހުޅުވާލަން އެންމެ ރަނގަޅު ކަމަށެވެ.

ސިނަމާތަކާއި ހޯލްތައް ހުޅުވާލަން ޖެހޭ ގޮތުގެ އުސޫލު އަދި އާންމެއް ނުކުރެއެވެ.

މިދިޔަ މާޗު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު ސިނަމާތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި މިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މީގެކުރިން އެޅި ބައެއް ބޮޑެތި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދޭން ފަށައިފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14،000 އަށް ވުރެ ގިނަ މީހުން ފައްސިވެ، 50 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބަލި ޖެހުނު 13،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި ގިނަ އިން ބަލި ޖެހިފައި ވަނީ ދިވެހިންނާއި ބަންގްލަދޭޝް އަދި އިންޑިއާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަލީ

  އެކަމަކުވެސް އަދިވެސް ޤުރުއާން ކިލާސްތައް ހުޅުވަން ހުއްދަ ނުދެވެ. މީ ކޮންކަހަލަ ކަމެއްބާ އަނެއްކާ.

  16
 2. ީއަހުމަދު

  ސިނަމާތައް ހުޅުވޭ ޜިސޯޓު ރެސްޓޯރެންޓު ގެސްޓުހައުސް ތައްވެސް ހުޅުވޭ
  މައިމޫނާ ކާރީއަހާދީބަލަ ރައްރަށައް ނުދެވިގެންމިއުޅެމީ ކީއްވެގެންތޯ

  11
 3. އަންނި

  ކޭސްތަ ގިނަވަނީ..... ސިނަމާ މެރީ މާ ހުޅުވަނީ

 4. އަލްޖިބްރާ

  ކޮވިޑް ގެ ކޭސްތަށް ގިނަވާވަރަކަށް ގިނަ ތަންތަން ހުޅުވަން ހުއްދަދީ މީހުންތަށް ތޮށްޖެހެން ފެށީމާ ކޮވިޑް ވަނީ މަދުތަ ؟