ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން ވަދެ އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތިން ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ގަލޮޅު ފިހާރައެއްގެ ތެރޭގައި ބަޔަކު އުޅޭކަމަށް ރޭ 04:10 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން ކަމަށެވެ.

މިމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ސިނގިރޭޓް ކާޓޫންތަކެއްގެ އިތުރުން އެނާޖީ ޑްރިންކްސްތަކަކާއި 3900 އަށްވުރެ ގިނަ ރުފިޔާ އެމީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވެރިން

    ތިމީހުންގެ ފުރިހަމަ ވަނަވަރާ މައުލޫމާތު ހާމަނުކުރި އެމީހުން ވައްކަން ކުރިކަމަށް ށައްކު ކުރެވޭތީތަ ނޫނީ ތިމީހުން ވައްކަން ކުރިކަމަށް ތަހުގީގު ކޮށް ސާބިތު ކޮއްދެވޭނަ ކަމަށް ށައްކުކުރެވޭތީތޯ.ފުރިހަމަ މައުލޫމާތު ހާމަ ކޮށްފަ ސާބިތު ކޮށްނުދެވިއްޖެއްޔާ ކުއްވެރިވާނެ ވިއްޔާ