ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެޗްޕީއޭއިން ކަަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ޓިއުޝަން ކްލާސްތަކާއި،ގުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާތީ، އެ މިނިސްޓްރީގައި ރަސްޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުން އެންމެ ރަނގަޅު ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ތަންތަން ހިންގަން ވާނީ ކޮވިޑް-19އިން ރައްކާތެރިވުަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި، މިންގަނޑުތަަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، އެޅި ފިޔަވަޅެއްގެ ގޮތުން ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުން ހުއްޓާލީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    ރެސްޓޯރަންޓް، ދުވުން، ފެތުން، ކުޅުން، ކައިވެނިހަފްލާތައް ހަމަކުރިޔައް...؟! އެއްމެފަހުބް ޤްރުއާން ކުލާސްތައްކައްހުއްދަ...!؟ އިއްތިފާގެއްތަ ނޫނީ އެމްޑީއެން އުތެމާ ލާދީނީންގެ ބާރެއްނޫންތޯ..
    ހެހެ

  2. ޏަވިޔަނި

    މިހާރު ވެސް ސްކޫލް ތަކުން ބަލި ފެތުރޭ ... ސިއްރު ކުރާތީ ނޭގެނީ ...