ކޮވިޑް-19ގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ސިނަމާތައް ހިންގުމާއި ސިނަމާ ހޯލްތައް ބޭނުންކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އާއްމުކޮށްފިއެވެ.
އެ އުސޫލު އާއްމުކޮށް ބުނެފައި ވަނީ، ސިނަމާ ހިންގާ ފަރާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ އެކަންތައްތައް ކަށަވަރު ކުރަންވާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތުގައި ތަނުގެ ކަންކަން ކުރިއަށް ގެންދާނެގޮތުގެ "ކޮވިޑް ސޭފް ޕްލޭން" އެކުލަވާލާ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ހިއްސާކޮށް އެއާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކުރަންވާނެ ކަަމަށް ބުނެފައި ވެއެވެ.
އެ އުސޫލުގައިވާގޮތުން، ސިނަމާ ހިންގާ ފަރާތުން ތަނުގައި ހަމަޖައްސަންޖެހޭ ކަންކަން ބަޔާންކޮށްފައި ވެއެވެ. އެގޮތުން، ތަނަށް ވަންނަނިކުންނަ ދޮރު ކައިރީގައި އަދި އެތެރޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު (މާސްކު އެޅުން، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން ފަދަ) އާންމުކޮށް ފެންނާނެހެން ބެހެއްޓުމަށް އަންގާފައި ވެއެވެ.
އަދި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް ވަދެނިކުމެ އުޅޭ މީހުންނަށް އިރުޝާދުދޭ ބޯޑުތައް ބެހެއްޓުމާއި، އަދި މީހުން ތޮއްނުޖެހޭ ގޮތަށް ތިން ފޫޓު ގައިދުރުމިން ބެހެއްޓޭގޮތަށް އެތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ އުސޫލުގައި ވެއެވެ.
އަދި ވަންނަ ދޮރުކައިރީގައި ސެނިޓައިޒަރ (މަދުވެގެން %70 އެލްކަހޯލް ހިމެނޭ) ބެހެއްޓުމާއި، ތަނުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައި ބަހައްޓަން އަންގާފައި ވެއެވެ.
އަދި ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިތޯ ޗެކްކުރުން ވާނެކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. އަދި ކޮވިޑް-19ގެ އެއްވެސް ޢަލާމާތެއްހުރި މީހެއް ތަނަށް ނުވެއްދަންވެސް އިރުޝާދު ދީފައި ވެއެވެ.
މީގެ އިތުރުން، އޮންލައިންކޮށް ނުވަތަ ފޯނުމެދުވެރިކޮށް ޓިކެޓް ގަތުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ޓިކެޓް ޗެކްކުރުމުގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް އަންގާފައި ވެއެވެ.
އަދި ތަނަށް ވަންނަ މީހުންނާ މުޢާމަލާތްކުރާ މުވައްޒަފުން މާސްކްގެ އިތުރުން ފޭސްޝީލްޑް ބޭނުންކުރުމާއި، ސިނަމާއަށް ގޮސް އުޅުމުގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ އިރުޝާދު ޓިކެޓު ގަންނަ ފަރާތްތަކަށް ދުރާލާ އެންގުންް ހިމެނެއެވެ.
އަދި ފައިސާގެ މުޢާމަލާތްކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެކި ދަންފަޅިއާއި އެކި ޝޯތަކަށް ސިނަމާގެ ގަޑިތައް ބަހާލާފައިވާނަމަ އަންނަ މީހުން ދިމާނުވާގޮތަށް ހެދުމަށް އުސޫލުގައި ވެއެވެ.
ދަރުބާރުގޭގަ ތިބެނީ 3ފޫަޓު ދުރުގަތޯ؟ ދަރުބާރުގެ 'ވައިރަސް ފުރީ' ތޯ؟ ދަރުބާރުގޭގައި ތިބޭއިރު މާސްކް އަޅަން ނުޖެހެނީތޯ؟
ރޯޔަލް ޕާޓީއެއް ނޫންވީމަ މައްސަލައަކަށް ވަނީ
އެކަމު އޭސީކޮށްފަ ހުންނަނަމަ އެއްކަލަ އަލާމާތް ނެތް މީހުންގެ ފަރާތުން މުޅި ހޯލަށް ފެތުރިދާނެ. އަލާމާތް ނެތް މީހުންނަކީ މިބަލި ފެތުރުމުގައި ވަރަށް މުހިއްމު ރޯލެއް ކުޅޭ ބައެއް. ނުކެއްސިއަސް ވާހަކަ ދެއްކުމުންވެސް ވައިރަސް ފެތުރޭކަމަށް ފަހުގެ ދިރާސާތަކުން ދައްކާ. މާސްކްގަ އަތްލެވި ތިރިކޮށްލާ ގަޑިވެސް އާދޭ ވަރަށް ގިނައިން.