ހއ.އިންނަފިނޮޅު ފަރަށް އެރި ބޯޓެއްގެ ބައިތަކެއް އޮޔާދާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައިފިއެވެ.

ކޯސްޓްގާޑްއިން ބުނެފައިވަނީ،، މަސްބޯޓެއް ހއ.އިންނަފިނޮޅު ފަރަށް އަރައި، އުޅަނދުގައި އަލިފާން ރޯވެ، އުޅަނދުގެ ބައިތައް އަތޮޅު ތެރެއަށް އޮޔާދާކަމަށާއި އަދި  މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާއްތަކުން އިތުރަށް ސަމާލުކަން ދެއްވުމަށްވެސް ކޯސްޓް ގާޑްއިން އިލްތިމާސްކޮށްފައިވެއެވެ.

މި މަސްބޯޓް ފަރަށް އަރައިފައިވަނީ ރޭ ފަތިހު 0540 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު