ހައިކޯޓުގެ ހަތަރު ފަނޑިޔާރަކާއި، ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތަކެއް ތަހްގީގު ކުރުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކޮމިޓީ އެކުލަވާލައިފިއެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވާ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހީމްއާއި އަބްދު ހަމީދު އަދި އަލީ ސަމީރު، ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައަކާއި، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބޭއްވެވި ޝަރީޢަތުގެ މަޖްލިހެއް ނިމުނީކަމަށް ޢިއުލާންކުރެއްވުމަށްފަހު، މައްސަލައިގައި ހިމެނޭ ޚަސްމަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެވެ.

ޖޭއެސީން ވިދާޅުވީ، އެކުލަވާލި ކޮމިޓީގައި ހިމަނާފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރާ ސުލޫކީ މައްސަލަތަކުގެ ތަޙްޤީޤުތަކަށް ކޮމިޝަނުން ބޭރުން ނަގާފައިވާ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން ޖޭއެސްީން ވަނީ ދ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކާ ގުޅިގެން ހައްޔަރުގައި ހުރި މީހެއްގެ ބަންދު
މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވުމުން އެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި އަހަރު ދުވަސް ވެފައިވުމާއި، އަދި އެ ޤަޟިއްޔާގައި އަޑުއެހުންތައް ފަށައި ނުގަނެ އެކަށީގެންވާ މިންވަރަށް ދިގުމުއްދަތެއްވެފައިވާތީ، މިއީ އެ މައްސަލަ ބައްލަވާ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީގު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވުންކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނައިމް

    ޗުޗުޗުޗުޗުޗު އަހުން ހަމަ އަޖާބުހީވޭ!

  2. ނޫރީ

    ޖުޑިޝަރީ އަކީ ސިޔާސި އައްޑާއެއްތޯ.... ކޮން ސުލޫޚީ އެއްތޯ...ފުރަތަމަ އަމިއްލަ މީހުން އިސްލާހުވެ ނަޒަގައްތެރިވޭ... މީހުންނަށް ބިރުދެއްކުން...

  3. އަހައްދު

    މީދެން ފުކެއްބޮޑުވަރު ބަޔަކު ގައުމު ހަލާކުކޮށްނިންމަނީ

    10
  4. ކޮރަލް

    ޖޭއެސްސީ ވ ސިޔާސީ އެވެ.

  5. ޑީޑީ

    އަންނި އިސްތިއުފާދިނުމައްގޮވާލަން

  6. ލޫޓުވާ

    އެމްޑީޕީގެ ސިޔާސަތަކީ އެޕާޓީގެ ރަތްލާޖެހި މީހުން ފަނޑިޔާރުކަމުގަ ތިބުން. ނުކިޔަވާތިއްބަސް ހެޔޮ. މިގައުމުގަތިބި ފުންނާބުއުސް ޤާބިލް ފަނޑިޔާރުން ފަހަރަކު މީހަކު ބޭރުކުރަމުންގޮސް ފަނޑިޔާރުން ހުސްވަނީ. ނާގާބިލް ކަމަށް އެކަށީގެންނުވާ މީހުން އައްޔަންކުރީމަ އެމްޑީޕީން ބޭނުން ގޮތަކަށް ޙުކުމް ނެރޭނެ. މީގެ މިސާލެއް ޔާމީނުގެ ޝަރީޢަތުގައި ޙުކުމްކުރި ފަނޑިޔާރުންނާއި ގދ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ ފެންވަރަށް ބެލީމަ އިނގޭނެ.