މ. ކޮޅުފުއްޓަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެރަށުން މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެރަށް މޮނީޓަރިންގ ލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއިި ގުޅުން ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ.

އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް "ވަގުތު"އަށް ވިދާޅުވީ، އެރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު މެންދުރު ފަހު ކަމަށެވެ.

އަދި އެ މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.