(ފުވައްމުލައް ސިޓީ) ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ޝުއޫރުތައް އަޑު އަހާފައި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ކީރިތިކުރައްވައިފިއެވެ.

މާލޭގައި އެކި ކަންކަމާއި ގުޅިގެެން ޖެންޑާ މިނިސްްޓްރީގެެ ބެެލުމުގެ ދަށުގައި ތިބި 11 ކުއްޖަކާއި އެެކު ފުވައްމުލަކުގެެ "އަމާންްވެށި" ކުޑަކުދިންގެ ހިޔާއަށް ކުދިން ބަދަލުކުރުމަށް ކުރެއްވި ދަތުރުގައި މިނިސްޓަރ އައިޝާ ފުވައްމުލަކަށް ވަޑައިގަތީ މިއަދު މެންދުރު ފަހު 13:18 ހާއިރު އެވެެ.

އަމާން ވެއްޓަށް ކުދިންނާއި އެކު ވަޑައިގަތުމުން އެެތަނުން ވަނީ މިނިސްޓަރަށް އަދި ދައުލަތުގެެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެ ރަސްމިއްޔާތުގައި އަމާންވެށީގައި ދިރިއުޅެމުން އަންނަ ކުދިން ވަނީ އެެކުދިންގެ ޝުއޫރުތައް އިއްވާފައެވެ.

އަމާންވެއްޓަށް މާލެއިން ގެނައި 11 ކުދިން - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

އެކުދިންްގެ ފަރާތުން ބުނެެފައި ވަނީ ކޮންމެ ކުުއްޖަކު ދުނިޔެއަށް އުފަންވާ ހިސާބުުން އެކުއްޖާއަށް އެންމެ ބޮޑަށް ބޭޭނުންވަނީ މައިވަންތަކަމުގެ ކުލުނާއި ބައްޕައިންގެ ލޯބި ކަމަށާއި، އުފަންވާ ގިނަ ކުދިންނަށް މިކަންކަން ފުރިހަމަ ވާކަމަށެެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ ބައެއް ކުދިން އެ ލޯބިން މަހްރޫމްވެ ދައުލަތުގެ ބެލުުގެ ދަށަށް ދާން ޖެެހޭ ކަމަށް އެކުދިން ފާހަގަކުރިއެެވެ. އަދި ދައުލަތުގެ ބެލުމުގެެ ދަށަށް ކުދިން ދާ ހިސާބުން ފެށިގެން އެކުދިންނަށްް އާއިލާއިން ނޫން ނަމަވެސް އާއިލީ ލޯބި އަދި އަޅާލުން ލިބޭ ކަމަށާއި، ޖެންޑާ މިނިސްޓްރީ އިންނާއި ދައުލަތުން އެކުދިންނަށްޓަކާ ކޮށްދެއްވަމުން އަންނަ ކަންކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުމެންފަދަ ކުދިން އެެދޭނީ މާސިންގާ ބިޔަ ރާޅުތަކުން ސަލާމަތްވެ އަމާން އޮމާން ގޮނޑުދޮށެއްގައި ފައި ބީއްސާލުމަށް. މިއީ އަޅުގަނޑުމެން ފަދަ ކޮންމެ ކުއްޖެއްގެވެސް އިހްސާސްތައް. ހިތުގައިވާ އުދާސްތައް. ޝުކުރާއި އެކު ފާހަގަކުރަން ޖެހޭ ކަމަކީ މިކަމުން ބަޔަކު އަޅުގަނޑުމެން ސަލާމަތްކޮށްފިކަން" އެކުދިން ފާހަގަކުރިއެވެ.

މިނިސްޓަރ އެެކުދިންނަށް މުހާތަބުކުރައްވާފައި ވަނީ "ދަރިފުޅު"ގެ ނަމުންނެވެ. އައިޝާ ދީދީ ވިދާޅުވީ، އެކުދިން ފާހަގަކުރި ގޮތަށް އެކުދިން ތަހައްމަލުކުރަމުން އެދަނީ ފަސޭހަ ދުވަސްތަކާއް ނޫން ކަމަށެވެެ.

"ފަސޭހަ ކުދިންނެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ މިހާރު އެބަތިބި 200 އަށްވުރެ ގިނަ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި. ދިވެހި ރައްޔިތުންނަށް މަންމަ އާއި ބައްޕަ ކިޔާ. އަޅުގަނޑަށް މި އަސަރު މިކުރީ އެ ދަރިފުޅުގެ އަޑު އިވުނީމަ. އެބުނި ބަސް އިވުނީމަ" ކީރިތިކުރައްވަމުން އައިޝާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ފުވައްމުލަކު ރތައްޔިތުންގެ ކިބައިން މިއަދު އެރަށަށް ގެންދެވުނު ކުދިންނަކީ އަމާނާތެއްގެ ގޮތުގައި، އެރަށު ރައްޔިތުންގެ ގޮތުިގައި ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ފުވައްމުލަކު އަމާންވެށީގެ ބައެއް މުވައްޒަފުން - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ފުވައްމުލަކު އަމާންވެށީގައި 32 ކުދިންނަށް ތިބެވޭނެ ޖާގަ އެބައޮތެވެ. އެެެހެންނަމވެސް އެތަނުގައި އެކޮމަޑޭޓް ކުރާނީ 20 ކުދިންނާއި ހަމައަށެވެ. އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ.

ފުވައްމުލައް ސިޓީއާއި ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު ދެ ސަރަޙައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖަނާޒާ

    ސަބަބު ހޯދާ އެކަންކަން ނައްތާލުން މުހިންމު @ މިނޫން ވަކި މިހިންމު އިތުރު ފިޔަވަޅެއް ވިދާޅުވެބައްލަވާ، ކަރުނައޭ ބުނެ ނިންމާލުމަކުން ނުފެދޭ# އިހްމާލު ހޯދާ ،

    20
  2. އިރުއަލި

    ކުކުޅަށްވުރެ ބިސްދޮށީވެ އުމުރުން 11 12 އަހަރުގަ ފިރިހެނުން ފަހަތުން ދުވަންފަށާ އެކަންކަން މައިންބަފައިން މަނާ ކުރާ ހިސާބުން ޖެންޑާގަ އެކުދިން މައްސަލަ ޖައްސައިގެން، ހަމައެކަނި އެކުދިންގެބަހަށް ޖެންޑަރގެ ބެލުމުގެ ދަށަށް އެކުދިން ގެންގޮސްފަ އެބަހުއްޓެވެ.
    އަޑުއިވޭ ވާހަކަތަކުން އެކުދިން އިސްލާހު ނުވެ ވަނީ ގޯހެވެ.

    31
    4
  3. ރޯޔަލް ބަކަރި

    މި ސަރުކާރު މީ އަޅެ ކީރިތިފުޅު ކުރައްވާ ސަރުކާރުތަ

    40
    12
  4. ކިރިމްޖެހި ބަނަސް

    ސޯލިހު ކައިރިން މި ހުރިހަ އެންމެން ކީރިތިކުރަން ދަސްކޮށްފި

    38
    13
  5. ބަކަރި

    ބަލަ ކަލޭމެނަށް ވޯޓުދިނީކީ ޓީވީއަށް އަރާ ރޯކަށް ނޫނޭ.. ވައުދުފުއްދޭވަރު ނުވިޔަސް ވެެރިކަމާ ހެދި އުޅޭނެ މި އެމްޑީޕީ މީހުން

    39
    11
  6. ހޯރަ

    ރޮއެރޮއެފަވެސް މި ސަރުކާރުން މިނިވަންކުރީ ކުޑަކުދިންނާ ބެހޭ މީހެއް

    40
    6
  7. އައިސްތު

    އެހެންވެ ދެއްތޯ ހޯރައިއްބެ މިނިވަންކުރީވެސް

    41
    6
  8. ރޯޔަލް ގެރި

    މީނަވީމަ ނޯވެދޯ ކަރަންޓީނެއްވެސް

    32
    4
  9. އަދިކިރިޔާ...

    އަލްޙަމްދުލިﷲ! އަދިކިރިޔާ ޖެންޑަރ މިނިސްޓަރަކަށް ޤާބިލް ބޭފުޅަކު މި ލިބުނީ! ﷲ ގެ ޙަޟްރަތުން ކަމަނާ އަށް، ދުޅަހެޔޮ ޞިއްޙަތަކާއި، ހެޔޮ ރަޙުމަތް ލައްވަވައި، ތިކޮށްދެއްވާ މާތް މަސައްކަތްޕުޅުގައި ބަރަކާތް އިތުރު ކުރައްވައި، ކަމަނާގެ ޤާބިލް ކަމާއި، ކާމިޔާބު އިތުރު ކުރައްވާށި! އާމީން

    36
    8
  10. ޙަސަން.

    ހުސް ދެއްކުން ތެރި ކަން. ރައީސް ކަމާ، މަޖްލިސްއާ، ކޯޓު ތަކާ ހިސޯރު ކޮއްގެން ތިބެ ކީރިތި ކުރައްވަނީއެވެ.

    21
    4
  11. ޝާފީ

    މިއީ އިބޫ އަށް މަޖީދިއްޔާގައި ކިތަވައިދިން އިބޫ ގެ ކުލާސްޓީޗަރު. އިބޫ އަށް ހޭ.....ން ދަސްކޮށް ދިނީ މީނާކަމަށް އެކަށީގެންވޭ.

    14
    4
    • އަހްމަދު

      ހޭރެން ތަ ؟

  12. މިނިސްޓަރ

    ހިތެއް އޮތީމަ އަސަރު ކުރީ.....ހިތެއް ނެއް މީހުން ތި ކަހަލަ ވާހަ ކަ ދައް ކާނެ... ނަމަވެސް ހިތާމަޔާ އެ ކު ދަންނަވާލަން ޖެހެނީ ލަގޮނޑި އެއް ނެތް މައިންނާއި، ހިތެއް ނެއް ބަފައިން މިޤައުމުގައި ގިނަވަމުން ދާ ކަން...

    29
    2
  13. އަލީ

    އައިޝާ ބަލާބަލަ ގުރާދޫ ސެންޓަރުގަ ތިބޭކުދިންނަށް އަޅާލަނީ ކިހާވަރަކަށް ތޯ

  14. Anonymous

    ކަމެއް ނުކޮށްދެވޭތީ އިމޯޝަނަލްވެގެން ރައްޔިތުން ޖަޒުބާތުގަ ޖައްސަން އުޅޭނެ ކަމެއް ނެތް

    5
    1
  15. ކަލްދޯ ބަނޖޭންގާ

    މިކަމުގައި ޒިންމާ ވާ ފަރާތަކީ ސަރުކާރުތައް ބިންތައް ހިސޯރުކޮއް ގޯތި ނުދީ ބޯހިޔާ ވަހިކަމުން އިނސާނުން ތަކެއް މަހުރޫމް ކުރުމުގެ ހިތި ނަތީޖާ އެދިގުރާސްތާ 30 އަހަރާ ހަމަޔައް މިގައުމުގައި ތިޔަކަހަލަ އަޅަލާނެ އިޔާރެއް ނެތް ކުދިން ތަކެއް ނޫޅޭ ކިތަންމެ ފަގީރަކަސް އެއީ މާމަގެ ގެ ހުރޭ މަންމަގެ ގެ ހުރޭ ބައްބަގެ ހުރޭ މުނިމާމަގެ ގެ ހުރޭ މީގެން ކޮންމެވެސް އެއް ތަނެއްގައި އެއްކަލަ ކުއްޖާ ޔައް ހުރެވޭ އެކަމަކު މިޔަދު ޙުދު މައިމީހާ ނުވަތަ ބަފާމީހާ ބޯހިޔާ ވަހިކަމެއް ނުހުރޭ ރެފިއުޖީއެއްގެ ގޮތުގަ އުޅެމުން މިދަނީ ދެން ކުއްޖަކައް އަޅާލެވޭނީ ކިހިނެއްތޯ ވީމާ މީބަޔެއްގެ އިހުމާލުން ވެފައިވާކަމެއް މިނިސްޓަރު ކީރިތި ކުރެއްވިޔސް

  16. ޑައެލޯގް

    މިސަރުކާރުގެ ރައީސްވެސް މިނިސްޓަރުންވެސް ކީރިތިކުރެވުން އޮންނާނާ އެކުދިންނަށް ކަމެއްދިމާވެއްޖެނަމަ ހައްލުކުރުމެއްނެތެވެ. ކޮބާ ރޭޕްކޭސްތަށް ނުވިދޯކަމެއް ރޭޕްކުރާމީހުން ދޫކުރާސަރުކާރު ކޮބާ ހޯރައިއްބެ

    5
    1
  17. އަހޫ

    ޒިނޭގެ ދަރިން ބަލަންޖެހޭނީ ދައުލަތުން ނެއް ނޫން. އަންހެންމީހާގެ މައިންބަފައިން. ޑިމަކުރަސީގައި ހިތި ކަރުނަ އަޅަންޖެހޭނެ.

    1
    1
    • އަޙްމަދު

      ރަނގަޅު ނުކުތާއެއް
      ކުދިން ބެލުމުގެ ނަމުގައި މިކަހަލަ ތަންތަން ހުޅުވީމަ އޭގެ ނަތީޖާ މާނުބައި
      ނަހަލާލު ގޮތުގަ ބޭނުން ގޮތަކަށް ދަރިން ލިބުމާމެދު ފަރުވާލެއް ނުބަހައްޓާ އެމީހުން އުޅެން ހިތްވަރު ދެވެނީ

  18. އިރެކްސް

    އެތާ ތިބި ކުދިން ބަނޑު ބޮޑުވެ އެބޯޓް ކުރަން ޖެހުނީމަރޮވޭނެ ދޯ؟ ވެކްސިން ނުދިނަސް ގެންދަނީ ތިތަނަށް ވިއްޔާ