ކ. ހިންމަފުށި ކައިރީގައި އޮންނަ ފިނޮޅެއްގައި ކޯރު ކެޑި މައްސަލާގައި ގިލިލަންކަން ފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޑޭވިޑް ސްޓެޕެޓިކް ރާއްޖެއިން ފުރުން މަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ފުރުން މަނާ ކުރުމަށް ރޭގެ ވަގުތެއްގައި އަމުރަކަށް އެދުނު ކަމަށެވެ. އަދި މިހާރު އޭނާ ފުރުން މަނާ ކުރުމަށް އަމުރު ލިބުމާއެކު އެކަން ގުޅުން ހުރި މުވައްސަސާތަކާއި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ.

ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ފިނޮޅަކީ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅެކެވެ.

ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.

އެހެންވެ، ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފިނޮޅަށް އަރައި ގެއްލުން ދިނީ ފަކީރާ ފަދަ ތަކެތި ހިފައިގެން ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަދީފް

    މިހާރު ހުންނާނެ ރަނގަޅަށް ރާކަނިމަސް ކެވިފަ.ދޮން ސޮރެއްވީމަ ގިނަ ފިޔަވަޅުތަކެއް އަޅަން ކެރޭނެކަމަށް ނުބެލެވޭ.

    28
  2. ޖަމަލުފޮޑި

    ވަ ކިބަޔަ ކު ކުރީމާ ގޯސްވެފައި އަނެއްބަޔަ ކު ކުރީމާ ރަގަޅުވުންމީ ޖޯ ކެއް. ރިސޯޓެއްގަ އެއްވެސްއިމާރާތެއް ނޭޅޭނެ ހުއްދަނުނަގަޔެއް. ސޭޓް މިއުޅޭގޮތް ދެ ކިބަލަ ސްޓަރފުންނަށް ހަމަމުސާރަ ނުދީ ހުއްދަ ނުހޯދާ ސަންގައަޅާ އިމާރާތްތައް ކޮންތާ ކުން ހުއްދަ ހޯދާގެން މަސް ކައް ކާ ތަނެއްއެޅީ. ހަތަރު ގުދަންއަޅާފި. އަސްދޫނި ކޮއްޓެއް އަޅާފި ހައްތާ އިހުމާލު މި ކަންތައް ފެންނަ ބަޔަ ކު އުޅޭބާ. މޫދުގާ ތަބުޖަހާގެން ހުއްދައެއްނެތި އަނެއް ކާ ރެސްޓޯރެއްޓެއް އަޅަނީ މުޅިންވެސް ސްޓަރފުން ނަށް މުސާރަނުދީ ކުރާ ކަންކަންމީ ކާ ކުގެ ލޮލަ ކަށް މި ކަން ކަން ފެންނާނީ؟؟

    15
    1
  3. ބަަކަރިލަންކަންފުށި

    މީނަގެ ހުރިހާ މުދާ ސަރުކާރަށް ނަގަން ފެނޭ.

    12
    1
  4. މޮޔަސޮރު

    މިހާރު ތި ސޮރު ރާއްޖެއަކު ނުހުންނާނެ، އަނެހެން ކުއްވެރިވާނީ އެ ފިނޮޅު. އެ ރިސޯޓަށް އަންނަ ދޮންކުދިންގެ ޕްރައިވެސީ ގެއްލޭތީ

    23
  5. ހިތްމަފުށި

    ތީނާ އަ ކީ ކޮން ގައުމަ ކަށް ނިސްބަތްވާ މީހެއްތޯ؟ އޭނާ ފުރުން މަނާ ކުރީ ރާއްޖެގެ އެއްރަށުން އަނެއް ރަށަށްތޯ..؟

    15
    • ޝާފީ

      ގަމާރު ސުވާލު ނުކޮށްފާނަން ތަ. ބޮލަށް އުނދަގޫވޭ.

  6. ޒީރޯ ޓޮލަރަންސް

    އިންވެސްޓަރުންގެ އިތުބާރު މިގައުމަށް އޮތްމިންވަރު ދަށަކަށް ނުދާނެބާ. މިކަމާއިމެދު އެއްޗެއް ޖާބެ ނުބުނޭބާ. ޖާބެގެ ރައުޔެއް ގެނެސްދެއްވުން ރަގަޅުވާނެ. ރައްޔިތު މީހާއަށް އެންމެ ތިލަކޮށް ސާފުބަހުން ބުނެދެއްވާ ބޭފުޅަކީ ޖާބެ. މިހިސާބަށް ނުދަނީސް ކަންކަން ހައްލުކުރެވެން ވާނެ. މިހުންނަނީ ވަރަށް ދެރަވަރު ކަންތައް.

    2
    2
  7. ކާފަ

    ތިގޮލާ ގެނެސްބަލަ މިރަށުގެ ނަރުދަމާ މަސައްކަތަަށް ކޯރު ކޮންނަން.. ވަރަށް ހަލުވިވާނެ..

    10
    1
  8. ޖިހާދު

    ތިޔަމީހަކައް ދިވެހިން ލިޔަޔަފަ ހުންނަ އެއްޗެކިޔަން ނޭގޭނެ ތިޔަމީހާ ބޮލަސަވާ ރު ވެގެން ދިވެހިންގެ ބިމާ ފަސްގަނޑަށް ހަ ރާންކޯ ރު ވި ދިވެހިންްްް ކޮންތާކުވީ އެމީހުން ނަ ފުރަތަމަ ފިޔަވަޅު އަޅާ ތިޔަމީހަކައް މިތަނުގެ ގަވާއައިދަ ގާނޫނެ ނޭގޭނެ

  9. ގޮމަށި

    ތިގޮލާ ބ އަތޮޅު ކެންދުއަށް ފޮނުވަބަލަ އެރަށު ރަށްޔަތުން މިހާރުވެސް އެއުޅެނީ ނަރުދަމާއަޅަން ކޮންނާނެ މީހަކުނެތިގެން ސަރުކާރުން ސާވޭކޮށްކޮށް ބަލިވިއިރުވެސް ނަތީޖާ އަންނަނީ ކޮންނާނެ މީހަކުނެތްކަން.