ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޮވިޑް-19 ޖެހިގެން މިއަދު ނިޔާވެފައި ވަނީ، 86 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 4:27 ހާއިރު ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 51 އަށް އަރާފައެވެ.

މީގެ ތިން ދުވަސް ކުރިންވެސް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހަކު ވަނީ ނިޔާވެފައެވެ. އެ މީހާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ފަހުން ފަރުވާ ދެމުން ދަަނިކޮށެވެ. އޭނާ ގެނައިއިރު އޮތީ އެއްވެސް ހަރަކާތެއް ނެތި އެވެ. އެއީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14,885 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނުބެ2323232

    އެންމެ ފުރަތަމަ އޮފީސްތައް ހުޅުވާލީ، ދެން ޕާޓީ ބޭއްވުމާއި އެއްވެ އުޅުމާއި ދަތުރު ދިޔުން ފަދަ ކަންކަން ހުއްދަކޮށްލީ، ރަށްރަށުގެ ލޮކްޑައުންތައް އެއްކޮށް އުވާލީ، ދެން ސްކޫލުތަކާއި ޓިއުޝަން ކްލާސްތައް ހުޅުވާލީ، އެންމެ ފަހުން ސިނަމާތައްވެސް ހުޅުވާލީ. ބަލި ދަނީ ބާުރުމިނުގައި ފެތުރެމުން. ސިއްހީ ޑޮކްޓަރުން ގެ ބަހާ ހިލާފަށް ސަރުކާރުގެ އަމަލުތައް ހުރީ. މިއީ ދިވެހިރާއްޖޭގެ ޓްރަމްޕު ސަރުކާރު. ކުރާނެ ކަމެއް ނެތް. 2 ވަނަ ލޮކްޑައުނަކަށް ދާން ނުޖެހޭނެޔޭ އަަހަރެން ނުބުނާނަން.

    28
    2
  2. މޮކޮލހު

    މިހާރު ތިނުންގޮތަކަ މަރުވާ މީހަކުަ ނެތެންނު 👺q ު

    10
  3. ބަރޭ

    ދެ ޕާޓީ ކުދިން ކޮވިޑް ގަބޫލެއްނުކުރޭ ނުވާނެ ކޮވިޑުގައި މަރެއް ނަމަވެސް މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާށި

    13
    1
  4. ސޮނިފުހޭ

    މުސްކުޅި ބަލީގަ ނިޔާވީ
    ސުވަރުގެ މިންވަރު ކުރައްވާށި