22:00

ކޮވިޑް-19 ޖެހިހެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ އަދަދު 87 އަށް އަރައިފި..

19:31

ދެ ދުވަހުގެ މުއްދަތަކަށް ކޮވިޑް-19 ބަލި ޖެހުން ދުުރުކޮށްދޭ ކަމަށް ބުނާ ނޭސަލް ސްޕްރޭއެއް އުފައްދައިފި.

16:30

މަސްމާރުކޭޓް ކުރިމަތީ ހުންނަ ތަރުކާރީ މާރުކޭޓުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:59

ކޮވިޑް-19 އަށް ވެކްސިން ޖަހާފައި ވިޔަސް ކަރަންޓީން ވާން ޖެހޭ ކަން ނުވަތަ ނޫންކަން އެނގޭނީ ޖަހާ ވެކްސިންގެ ބާވަތަކުން ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވިދާޅުވެއްޖެ.

15:21

12:34

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1،844 މީހަކު މަރުވެއްޖެ.

12:03

އއ. އުކުޅަހުގައި އެއް ގެއެއްގައި ކަރަންޓީން ވެގެން ތިބި ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

09:55

އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު އަދި ރެސިޑެންސް މޯލްޑިވްސް 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ.

09:24

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި.

08:53

އިންޑިއާގެ އަންހެނަކަށް 31 ފަހަރަށް ކޮވިޑް-19 ޖެހިއްޖެ.

ރާއްޖޭގައިވެސް ކޮވިޑް-19 އިން އަރައިގަތުމަށް ގިނަ މަސައްކަތްތައް ދަނީ ކުރެވެމުންވެ. ރާއްޖެއިން މި ނުރައްކާތެރި ބަލިމަޑުކަން ފެނުނުތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު އަދިވެސް ހާލަތަށް ބަދަލެއް ނާދެއެވެ. އަދި އަދަދުތައް މަދުވުމަށްފަހު ފަހަކަށް އައިސް އަނެއްކާވެސް ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުން އަންނަ މަންޒަރު ފެންނަމުން ދެއެވެ.

ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިއިން ބައެއް ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި ފުރަބަންދު އުވާލިފަހުންވެސް އަމަލުކުރަމުންދާ ބައެއް އުސޫލުތަކަށް އިއްޔެވެސް ވަނީ އިތުރު ލުއިތަކެއް ދީފައެވެ. މިގޮތުން ސިނަމާތައް އަލުން ހުޅުވުމާއި ޓިއުޝަން ކްލާސްތައް އަދި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ދީފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 14,829 މީހަކު ފައްސިވި އިރު، މި ބަލި ޖެހިގެން މިހާތަނަށް 51 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި އިއްޔެ ނިޔާވި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ 1،086 މީހަކަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 80 މީހަކަށެވެ. މި ބަލި ޖެހުނު 13،849 ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ 92.60 އިންސައްތައިގައެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނަ އިން ފައްސިވީ ދިވެހިންނެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތަށް ބަލާއިރު، ފެންނަނީ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މަންޒަރެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު ބައިމިލިއަނަށްވުރެ ގިނަ މީހުންނަށް ދުނިޔެއިން މި ބަލި ޖެހި، ދިހަ ހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިގޮތުން ބައެއް ޤައުމުތަކުގެ ހާލަތު ކުރިޔަށްވުރެ ގޯސްވެ ނުރައްކާ ދެގުނަ ވެފައި ވާއިރު ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު އުޅެނީ 99 މިލިއަންގައެވެ. ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 2.13 ގައި އުޅޭއިރު މިހާތަނަށް ބަލިން ރަނގަޅުވީ 71 މިލިއަން މީހުންނެވެ.

ތާރީޚުގައިވެސް ދުނިޔެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަން ކަމުގައި ޤަބޫލުކުރެވޭ ކޮވިޑް-19 އިން އަރައިގަތުމަށް ގިނަ ޤައުމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނައިރު މި ބަލިމަޑުކަމާއި ހަނގުރާމަކުރުމަށް ގިނަ އަދަދެއްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މީގެ ތެރެއިން ބައެއް ވެކްސިން މިހާރު ބޭނުންކުރަން ވެސް ފަށާފައިވާއިރު އެކަށީގެންވާ ގޮތެއްގައި ބަލި ކޮންޓްރޯލް ކުރެވޭ ވަރުގެ ވެކްސިނެއްގެ އުންމީދު އަދި ހާސިލެއް ނުވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު މި ނުރައްކާތެރި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިގެން ދިޔައިރު މިއަދާއި ހަމައަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލިމަޑުކަން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިދަ ދަނޑި

    އަރައިގަތުމަށް އެއްކަމެއްވެސް ނުކުރޭ.. ބޮޑަށް ބަލި ފެތުރޭގޮތަށް ހުރިހާ ކަމެއްވެސް ކުރަނީ.. ފެތުރެން ފެށީ ސްކޫލުތަށް ހުޅުވީ، ޕާރކްތައް ހުޅުވީ .. 24 ގަޑިއިރު ބޭރުގަ އުޅެވޭ.. ދެން ކޮން އަރައިގަތުމެއް..