ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާނު ކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ފެބްރުވަރީ މަހުގެ 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެެދޭ ކަަމަށެވެ.

މިކަމާ ގުޅޭ ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އާރްއެފްޕީ) އާއި ސާމްޕަލް ފްރޮޕޯސަލް އަދި ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ވަނީ އެޓޭޗްކޮށްފައެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އަށް އަޕްލޯޑް ކޮށްފައިވެސް ވާނެއެވެ.

އެމްއެމްއޭ އިން ބުނީ، މި ކަމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ.

އެމްއެމްއޭ އިން ބުނީ، ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯދަ މުބާރިކް

    މި ވަގުތަށް އެންމެ.މުހިއްމު ކަންތައް..!! ގަދަ..!!

    4
    2
  2. ކަލްދޯބަޖޭންގާ

    ޒީރޯ ހީރޯޔައް ވަނީ އާނޫޓެއް ނެރޭ އިރު ބާނޫޓް ތަކައްވަނީ ކިހިނެއްތޯ ބާނޫޓް ތަކަކީ ހިލޭ ޗާޕް ކޮއްގެން ގެންނަ އެއް ޗެއްތޯ އަދި އާނޫޓް ޗާޕް ކުރަނީ ހިލޭތޯ ރައްޔިތުން ފައިސާއިން އިސްރާފް ރީތިކޮއް ޙުތުބާގައި ވައްކަން ކުރުމާއި ޙިޔާނާތާއި ޓެކްމާއި ފޭރުމާއި މިހެންގޮސް ފާފަ ވެރިވާ ހުރިހާ ކަމެއް ކިޔާ ދީފައި އަމަލު މިހުންނަނީ ދިމާ އިދިކޮޅައް ވަރައް ވެދުން

    2
    1