ސަރުކާރުގެ ސިޔާސީ މުވައްޒަފުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެކަމާއި ދެކޮޅަށް މީސް މީޑިއާގައި ޝުއޫރު ފާޅުނުކުރެވޭ ގޮތް ހަދައިފިއެވެ.

މިގޮތަށް ހަދާފައިވަނީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގައެވެ.

އެ އުސޫލުގެ ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ބުނެފައި ވަނީ، ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށެވެ. އަދި މިފަދަ ނިންމުންތަކާމެދު ޚިޔާލު ތަފާތުވިނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި، އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި، ނޫސް މަޖައްލާ ފަދަ ތަކެއްޗާއި މީސް މީޑިއާގައި ލިޔެ ނުހެދުމަށް އަންގާފައި ވެއެވެ.

އަދި ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާކަމަކަށް މަގުފަހިވެދާނެ އުސޫލުތަކެއް ނުގެންގުޅުމަށް އަންގާފައި ވެއެވެ. އަދި އެއްވެސް މީހެއްގެ އަބުރަށް ނުވަތަ ޢިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށްވެސް އަންގާފައިވެއެވެ.

އަދި މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން، އަމިއްލަ މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހާސިލުކޮށްދިނުމަށް މަސައްކަތް ނުކުރުމާއި، ސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް، ނުވަތަ ވަސީލަތެއް، މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ
މަސައްކަތްތަކަށް މެނުވީ ބޭނުން ނުކުރުމާއި، އިގްތިސާދީ ފައިދާއެއް، ނުވަތަ މާލީ ފައިދާއެއް ނުވަތަ މަންފާއެއް ހާސިލުކުރުމަށް ޓަކައި، ސަރުކާރުގެ މުވައްޒަފަކު ލައްވައި، ސަރުކާރުގެ މަސައްކަތުގެ ގަޑީގައި، މުވައްޒަފުގެ މަޤާމުގެ ހައިސިއްޔަތުން ކުރުވަންޖެހޭ މަސައްކަތެއް މެނުވީ ނުކުރުވަށް އަންގާފައި ވެއެވެ.

މީގެ އިތުރުން، ސިވިލް ސަރވިސްގެ މުވައްޒަފަކު ލައްވައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ސިވިލް ސަރވިސްގެ ގަވާއިދާ ޚިލާފުވުމަށް ބާރު ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުވުމާއި، އަދި ސަރުކާރުގެ އެއްވެސް މުވައްޒަފަކު ލައްވައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވުމަށް ބާރު ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުވަން އަންގާފައި ވެއެވެ.

އަދި މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މަޢުލޫމާތެއް، އަމިއްލަ މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ނުވަތަ އެހެން މީހަކަށް ލިބެން އޮތް މަންފާއަކުން މަހުރޫމު ކުރުމަށް ބޭނުން ނުކުރުން އަންގާފައި ވެއެވެ.

އަދި މަގާމުގެ ހައިސިއްޔަތުން ހާމަކުރަންޖެހޭ މައުލޫމާތު، ކޮންމެ ހާލަތެއްގައިވެސް، ތެދުވެރިކަމާއެކު ދިނުމާއި، އަދި މަގާމުގެ ހައިސިއްޔަތުން، ސައްހަނޫން މައުލޫމާތެއް ހާމަކުރެވިއްޖެނަމަ، އެ މައުލޫމާތެއް ވީހައި އަވަހަކަށް ރަނގަޅުކުރަން އެ އުސޫލުގައި ވެއެވެ.

މީގެ އިތުރުން، ގައުމީ ސަލާމަތަށާއި، އާންމު މަސްލަތަށްޓަކައި، ގާނޫނުގައިވާ ގޮތުގެ މަތިން، ސިއްރުކުރަންޖެހޭ މައުލޫމާތު ސިއްރުކުރަންވެސް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ސަފާ

    ކޮންތާކު މިޖެހުނީ. މިނިވަން ލިބުނީތޯ ގެއްލުނީތޯ؟ ގަލަމާ ދުލުގެ މިނިވަންކަން ވެސް ނިގުޅަެޮގަތީ

    123
    3
  2. އ.ޑިރެކްޓަރ

    އަޅުގަނޑު ހީކުރީ އިދިކޮޅުމީހުނަށް މައްލަވަކޮށް ހަޖޫޖަހާ ސޯޝަލްމީޑިއާގައި މީހުންގެ އަބުރާބެހި ހެދުން އެއީ މިއޮއް އުޅޭ އެގްޒެކްޓިވް ޑިރެކްޓަރުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހަމައެކަނި ހިމެނޭ މަސައްކަތްކަމަށް، މަހާނަގާ ގުނަން ސިޔާސީ މަގާމެއްދީފަހުރި ބޭފުޅަކުވެސް ދުވާލު ހަތަރުދަމު ކުރާކަމަކީ ވައްތަރު ވައްތަރުގެ ޓްވީކުރުމެވެ.

    90
    1
  3. އަބުރުފުޅު

    މިއޮތީވާ ސަރުކާރެއް ދެންއަނގައިގަ މަލަންއަޅައިގެންތިބެ އަދި ތިވަރުންދަންޏާ މަގާމްގެހައިސިއްޔަތުން ހަތަރެސްފައިގަތެގުވެސް އަޅުވާނެ

    91
    3
  4. މިއަދު

    ސިޔާސީ މާގާމެއް ލިބުމަކީ ޙައްގުބަސް ނުބުނެވެންވީ ކަމެއްނޫން

    108
    1
  5. ސަންގު

    ހީވޭ ! މިއޮތީ ހުރިހާއެއްޗެއް މިނިވަންވެފަ. ޗަކަޔާމެން ދެން ސޭބޮޔެ.

    54
    3
  6. ރޯދަ މުބާރިކް

    "ދިރި އުޅުމަކީ މިއީ ބާ؟" ޢެޕިސޯޑް 0

    50
  7. ވަތަނީ

    ޚިޔާލް ފާޅުކު ރުމުގެ މިނިވަންކަން ނަމެއްގައި އޮތަސް ދޮކޮޅު
    ނުޖެހޭނެއެވެ އަބު ރުގެ ޤާނޫނަށް މަލާމާތް ކޮށްހެދި މީސް
    މީހުން މިހާރ ރު މާބޮޑަށް އަބު ރުވެ ރިވެވި ހައިބަތާއި
    ގަދަ ރު އުފުލެން ބޭނުން ވެއްޖެއެވެ އެހެނވީމާ އަބު ރުގެ ޤާނޫން އެހެން ނަމެއްގައި މިވަނީ ގެނެވިފައެވެ ތިމާމެން ކު ރީމާ ކިތަންމެހާވެސް ރަނގަޅެވެ އެހެން ބަޔަކު ކޮށްފިއްޔާ އައްޗިވީއެވެ.

    44
  8. އިސްތިއުފާއޭ

    ސިޔާސީ މުވައްޒަފުން ސަރުކާރާ ހިޔާލު ތަފާތުވިޔަސް އެ ވާހަކަ ނުދެއްކޭނެ ކަމަށް ރައީސް އިބޫގެ ސަރުކާރުން ވިދާޅުވާނަމަ އެއިން އެނގިގެންދަނީ އެއީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންގެ ވެރިކަން ތިޔާ ދަނީ ކޮރަޕްޝަނާއި ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރުމާއި އަދި އަނިޔާވެރިކަން އިތުރު ކުރަމުންނޭ އެކަމާއި ދެކޮޅަށް ތެދުވާ ކޮންމެ ދިވެހިރައްޔިތަކު ކަރުގައި ހިފުން ފަދަ ކަމެކޭ ތަމެން ތިޔާކުރަނީ އޯއް ތަމެންގެ ވެރިކަމަކީ އެއީ ޚުދު މުޚުތާރު ވެރިކަމޭ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ތަމެން ރަންރީނދޫ ޓްވިޓަރޭ ދެން އިސްތިއުފާ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ...

    32
    1
  9. ޖަނާޒާ

    އެމް. ޑީ ޕީ ގެ ސަރުކާރެއްގައި ދުލުގެ މިނިވަންކަން އޮބިނޯންނާނެ. އިނގޭތޯ އެކަން އެގޭނެ މިހާރު މަޢުމޫނައި ގާސިމަށްވެސް . ވޯޓުއެޅި މީހުނަށްވެސް. އަނެއްކާ ސިޔާސީ ފިކުރަކާއި ދުލުގެ މިނިވަންކަމާއި މިހާރު ދެން ތިއޮށް ކޯދުލާއަރަނީ ނޫންތޯ. އަނެއްކާ މިއަރަނީވެސް ކޮންތަކުންތޯ ، އެޖެންޑާ 19 ގެ ބަނޑުތެެރެއިން # ސާބަހޭ .

    34
  10. އިސްތިއުފާ

    ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ ދޭންވީއޭ އޯއް ތަމެން ދެން އިސްތިއުފާ

    20
  11. ސަން

    ކޮންތާކު މިޖެހުނީ. ވެރިކަން ލިބުމުގެ ކުރިން ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ޝުޢޫރު ފާޅުކުރެވޭނެ ކަމަށް ވަކާލާތު ކުރީ. މިހާރު މި ފެންނަނީ ވަޒީފާގެ ބިރު ދައްކައިގެން ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރަން އުޅޭތަން. ދިގު 30 އަހަރެއްގެ ސަގާފަތް ދިރުވަން މި އުޅެނީ އެ ސަގާފަތަށް ހަޖޫޖަހާފަ.

    33
  12. ށުމަން

    ސީދާ ޑިމޮކްރެސީ ގެ އުސޫލް ތަކާ ހަމަތަކުން ބޭރުގަ ނިންމި ނިންމުމެއް މީ. މިކަންތައް ގްލޯބަލީ އެލާރޓް ކޮށް މިސަރުކާރު ފަލީހަތް ކުރަން ވީ ހަމަ މިހާރުން މިހާރަށް

    28
  13. ރަދީފް ހުސެން

    ޔާންޓޭ ހަމަ ހިނިގަޅަނީ!!! ކިނބުލައް ވ.ސަލާން ބުނި

    24
    1
  14. ވައިސްމޭންސޭސް

    ސަރުކާރުން ކޮރަޕްޝަނާއި ފަސާދައިގެ މަގުން ކުރަމުންދާ ކަންކަމުގައިވާ ވެލާނާ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް ރައީސް އޮފީހުގެ ބޮޑުންގެ ގޮތުގައި ތިބި މީހުން ކޮމިއުނިކޭޝަން ކަޓް ޖައްސައިގެން އެތަން އިންޑިއާގެ ބަނގުރޫޓް ވެފައިވާ ކުންފުންނަކަށް ވިއްކަމުންދާއިރު ރައީސް އޮފީހުގައި ތިއްބެވި ސިޔާސީ ބޭފުޅުން އެވާހަކަ ދެއްކުން އެއީ ދިވެހިރައްޔިތުން އެދޭ ގޮތަކީ އެކަން ރައީސް އޮފީހަށް މަނާ ނުކުރެވޭނެއޭ މަނާ ނުކުރެވޭނެއޭ ވެލް ވައިސް މޭން ސޭސް ދިސްވޭދޯ..

    25
  15. ޝައުޒީ

    މި ޖެހުނީ ކޮންތާކު.. އަނެއްކާވެސް މައުމޫނު ޒަމާނުގަ މީހުންގެ އަނގަމަތީގައި ޓޭޕުއަޅާފަ ބެހެއްޓިގޮތައް ބަދަލުވީ. އެކަމަކު އޭރު މައުމޫނު ގޯސް ކުރަން ނިކުތް މީހުން މިއުޅެނީ. ވެރިކަމައް އާދެވުނީމަ މިދައްކަނީ ކޮންކުލައެއް.

    24
    1
  16. ހަބޭސް

    ފުރީޑަމް އޮފް އެކުސްޕުރެޝަން އަކީ ދިވެހި ގާނޫނު އަސާސީގަޔާއި އަދި އަލިފުދާލުގައި ރާއްޖެ ބައިވެރިވެފައިވާ ބޭސިކް ހިއުމަން ރައިޓްސް އަހުދުތަކުން އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ ރައްޔިތުންނައް ކަށަވަރު ކުރެވިފައިވާ ހައްގެއް ކަމައްވާތީވެ މި ދެންނެވި ގާނޫނުތަކާއި ބައިނަލްއަގުވާމީ އަހުދުތަކާއި ދެކޮޅައް ތިޔަ ހެދިގަވާއިދުއަކީ ބާތިލު ގަވާއިދަކައްވާތީވެ ތިޔަގަވާއިދައް އަޅުގަނޑުމެން އަމަލެއް ނުކުރާނަމެވެ..އަދި އަމަލު ނުކުރުމުގެ ސަބަބުން ގާނޫނީއެއްވެއްސް ފިޔަވަޅެއްވެސް ނޭޅޭނެއެވެ.

    25
  17. އެޅިހާބަތަކަށް ރިހަ ޚައްޤުވާމިންވަރު

    އޭސަހަ ރޯ 0ޓޮލަ ރެންސް ގެ ދަށުން ބަސްބުނުމުގެ ފު ރިހަމަ ޚައްޤު ދެންބާ ރަށް އަތްޖަހާ!

    28
  18. އިންޑިއާ އައުޓް

    ކަލޯ ހަފޮޅުން ބޭ ރުވެތިއުޅެނީ!

    22
  19. ޓަޓަސް ޓަސް

    ރަނގަޅު ގަދަގޮލައެއްއިނގޭ މިއުޅޭ ހިންނަވަ ރު ސޮ ރުމީ އިނގޭ!

    19
    2
  20. ލ.ގަމު

    ތަނެއްގައި ފަ ރަންޖީންތަކެއް ތިބިއްޔާ ދިވެހި ރާއްޖޭގެ ވެ ރިކަންހަވާލުކު ރެވޭތޯ ބަލާތިއަދިވެސް ހަމައިގަތިބޭމީހުނަށް ޢިބު ރަތެއް އެހެންނޫން ތޯ؟؟؟

    26
  21. ޖީމް

    މި ކަހަލަ ޙާލަތް ތަކުގަ ބުނެ އުޅޭ “ ރުނޑި ކާޅުންނަކަށް ދޮންކޭލެއް ނުކެވޭނެއޭ “ ހަމަ ހެޔޮކޮށް އެ ބުނެވެނީ

    25
  22. ސަނީ

    އަޅޭ! ހާދަ ފައްކާ ދިމާކުރާތީ ނިޒާމެއް މީ. މިނިވަންކަމަށް ދަޢުވާކުރާ ބައިގަނޑު މިހާރު މިވަނީ ކިހިނެއް؟ ބަޢިތުލްމާލު ފެނުނީމަ ހަނދާންނެތުނީކަމަށް ވާނީ.

    25
  23. ގުޅީ ކޮޔޮ

    އަދިކިރިޔާ މިފެންނަނީ ޑިމޮކްރަސީގެ ޙިޔާލް ފާޅުކުރުމުގެ މިނިވަން ކަން އޮއްވަރު ވާރިވާސް މިޔޮއް ޑިމޮކްރަސީއެއްތާދޯ ތިމާބޯންވީމަ ހަލާލް އަނެއްމީހާ ބޯން ހަރާމް

    27
  24. ޑައެލޯގް

    ސިވިލްސާވަންޓޫންލައްވައި ސިޔާސީމީހުން މިހާރު ކަންކުރުވާލެއް ކުރިއަށްވުރެ އެތައްގުނައެއް އިތުރެވެ. އަދި ކޯޓުތަށްވެސް ރައީސް އޮފީހުން ހުކުމްލިޔެފަދިނީމަ ގާޒީކަމަކީ އެކިޔާލުމެވެ. ވީއިރު މަތިއޮމާންކުރަން ތިވާހަކަދެއްކުމުގެ ބޭނުމެއްނެތެވެ.

    26
    1
  25. ސަލާމު

    ތިކަން ތި ނިންމީ މައުމޫނުގެ ބަހެއް ހޯދާފަ ހެއްޔެވެ؟ އޭނައަކީ ، ޔާމީންގެ ވެރިކަމުގައި ދުލާއި ގަލަމުގެ މިނިވަންކަންނެތޭބުނެ މި ސަރުކާރަށް ސަނާކީ އެދުންވެރިޔާއެވެ.

    22
  26. މަހޭޝް

    ޗަކޮޔާ ހާދަ ފާޅުކަން ބޮޑުގޮތެއްގައޭ ތިބޭޒާރުވަނީ .

    22
  27. ޢލަި

    ޑިކްޓޭޓަރ އިބޫ

    22
  28. ރައްޔިތުން

    ރަނގަޅު ނިންމުމެއް. ސަރުކާރެއްގައި ހިމެނޭ ސިޔާސީ މުވައްޒަފުންނަކީ އެސަރުކާރެއް ހިންގައި އަދި އެސަރުކާރަކުން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތިންނަށް އެންމެ ފުރިހަމަގޮތެއްގައި ދިނުމަށްއިސްވެތިބޭ ވެރިން އަދި އެސަރުކާރެއް ދެމެހެއްޓުމަށް ތިބޭ ވެރިންނަކީވެސް އެއީ، ވީމާ ސަރުކާރާމެދު ނަފުރަތު އުފެދޭ އެއްވެސް ކަމެއް އެމީހުން ކޮށްގެންނުވާނެ. ކޮންމެ ސަރުކާރެއް އޮތަސް އޮންނަންވާނެ ހަމައެއް ތިޔައީ.

    4
    9
  29. ފުއާދު

    ތިކަމެއް ނުވާނެ އެވަރު ގެ ބައެއް ނޫން ސިޔާސީ މީހުން ނަކީ..

  30. ބ

    ބަލަ އަބުރުގެ ގާނޫނު އުވަލީ މިސަރުކާރުން ނޫންތަ މިހާރު ރަހުމަތް ތެރިއެއް ގާތުގައި ވެސް ސަރުކާރުން ކިތަންމެ ބޮޑު ވައްކަމެއް ކުރިއަސް ގޯހެއް ހެދިޔަސް ނެތް ދެއްކޭކަން ނޫނޭ ތިޔަ ވާ ޑިމޮކްރެސީ ... ނަލަ އޭ ޗާލޭ .. ކޮބައިތަ ޓްރާނސް ޕޭރަންސީ މޯލްޑިވްސް ލިބެން ޖެހޭ އެންމެނަށް މިސަރުކާޜުން ވަޒީފާ ހަމަ ޖެހުނީމާ އަގައިގަ ޓޭޕް

  31. ރައްޔިތުމީހާ

    ވަރަށް ރަނގަޅު ނިންމުމެއް.