ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން މަސައްކަތް ކުރި މައްސަލައާއި ގުޅިގެން، ގިލި ލަންކަންފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް ޒިންމާތަކުން އެއްފަރާތް ކޮށްފިއެވެ.

ގިލި ލަންކަންފުށި ރިސޯޓު ހިންގަމުން އަންނަ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސްގެ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ބްރައުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ހާދިސާ ހިނގިގޮތް ކައިރިން ބަލާފައިވާ ކަމަށާއި އޭނާގެ މައްސަލަ ބަލައި ނިމެންދެން ޒިންމާތަކުން ދުރުކުރެވިފައިވާ ކަމަށެވެ.

“ފުލުހުން އަދި ސަރުކާރުގެ އިދާރާތަކުން އަންނަނީ އެކަން ތަހުގީގު ކުރަމުން. އެއިދާރާތަކުގެ ހޯދުން ތަކަށާއި ނިންމާ ނިންމުމަށް އަޅުގަނޑުމެން އަމަލު ކުރާނަން“ ޑޭވިޑް ވިދާޅުވިއެވެ.

ޑޭވިޑް ސްޓެޕެޓިކް މަގާމުން އެއް ފަރާތްކޮށްފައިވާއިރު، މި ފިނޮޅަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުންވެސް ވަނީ މަނާކޮށްފައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ފުރުން މަނާ ކުރުމަށް ރޭގެ ވަގުތެއްގައި އަމުރަކަށް އެދުނު ކަމަށެވެ. އަދި މިހާރު އޭނާ ފުރުން މަނާ ކުރުމަށް އަމުރު ލިބުމާއެކު އެކަން ގުޅުން ހުރި މުވައްސަސާތަކާއި ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ.

ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އެ ފިނޮޅަކީ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ކުޑަ ފިނޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގިލިގިލި

  އޭނާއާކު ރަށަށް އެރި ސީނިއަރ ސްޓާފުންވެސް ވަކިކުރަން ޖެހޭނެ..

  15
 2. ގިވްއިން

  ޒިންމާ ތަކުން ޖީއެމް ދުރު ކުރުން އެއީ ހައްލެއް ނޫނޭ ގިލިލަންކަން ފުށި ޖީއެމް އެދުއްވާލީ ރާއްޖޭގައި ހެދެމުން އައި ރީތި ފޮނޮޅެކޭ އެއީ މާދަމާ ބޮޑު ރިސޯރޓެއް ހެދޭނެ ފިނޮޅެކޭ އޭނާ ޖެހޭނެއޭ އޭގެ ބަދަލު ދޭން އެއީ 100 ބިލިއަން ޑޮލަރުގެ ގެއްލުން ދިވެހި އިގްތިސާދަށް ވެގެންދާނެ ކަމެކޭ ގިލި ލަންކަން ފުށި އޯނަރުން ޖެހޭނެއޭ މިކަމަށް ފުރިހަމަ އަށް ޒިންމާވާން ދިވެހި ޖީއެމް މެން ކުޑަ އަގުގައި ލިބެން ތިއްބާ އެމެރިކާ އިން މަހަކު 20 ހާސް ޑޮލަރު ދީގެން ޖީއެމް ގެންނަން ނުޖެހޭނެއޭ ދިވެހިން އެ

  12
 3. ގަޅިހިލޭއެކްޓިވިސްޓު

  މިއީ އަރުވާލާ އަޑެއް މި ރިސޯޓަކަށް ވެސް ފިޔަވަޅެއް ނާޅާނެ މި ޖީއެމްއަކަށް އަދަބެއްވެސް ނުލިބޭނެ ކުޑަމިނުން ޑީޕޯޓުވެސް ނުކުރާނެ ހަމަ ރާއްޖޭގައި ކޮންމެސް ޖޮބެއްގައި ޓުއަރިޒަމް ސެކްޓާގައި އުޅޭނެ ، ދެއްކުންތެރި ކަމާ މީހުން ބޮލައްސަވާރުވުމުގެ މާހިރުން ވެރިކަމުގައި މި ތިބީ ، އާންމުންނަށް ފުދޭނެ މި މީހުންނާ އެކީ ސެލްފީ ގަނޑެއް ނަގާލެވެނިކޮށް.

  14
 4. ޖުސް

  ކޮބާ މަފޮނުވި ކޮމެންޓު ޖަހާކަށް ނުކެެރުނެއްނު؟