ޖަމާލުއްދީން ސްކޫލާއި، މަޖީދިއްޔާއިންވެސް ކޮވިޑް-19ގެ ވޭދަނަ ފެނިފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޖަމާލުއްދީން ސްކޫލުން ވޭދަނަތާކާއި، މަޖީދިއްޔާ ސްކޫލުން ވޭދަނައެއް ފެނިފައިވާ ކަމަށެވެ. އަދި މަޖީދިއްޔާ ވޭދަނައާ ގުޅިގެން ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ، އެއްވެސް ސްކޫލަކުން ކޮވިޑް-19 ވޭދަނަތައް ސިއްރުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ ސްކޫލާއި، ސްކޫލްގެ ވެރިންނާއި، ޓީޗަރުންގެ އަމާޒަކަށް ވާނީ ސްކޫލަަކީ ރައްކާތެރިތަނެއްގެ ގޮތުގައި ކަށަވަރު ކުރުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ގާތުން އެއްތާވި މީހުން ހޯދާއިރު، ސްކޫލް ތެރެއިންވެސް ޓީޗަރުންނާއި، ނޫނީ ކުދިންނާއި ބައްދަލުވިތާ ސްކޫލްގެ އެހެން ސްޓާފުންނާއި ބައްދަލުވިތާ ފައްސިވި މީހާގެ ފަރާތުންވެސް އަދި އެހެން މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދާ ކަމަށެވެ.

"މަދު ވޭދަނަތަކެއްގައި ސްކޫލް ތެރޭގައި ކޮންޓެކްޓްވެފައި ހުރީ، އެހެންވެފައި ހުރި ހާލަތުގައި ހުރީ ރަނގަޅަށް، އަޅުގަނޑުމެން މި ބުނާ ގޮތަށް ފިޔަވަޅުތައް ނޭޅި ހުރީމަ".ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަަޒްލާ ފާހަގަކުރެއްވިގޮތުގައި، ޓީޗަރަކު ފައްސިވެގެން ކުދިން ގާތުން އެއްތާވި މީހުންނަށްވާ ހާލަތު ވަރަށް މަދު ކަމަށެވެ. އަދި ކުދިން ފައްސިވި ވެގެން އެހެން ކުދިންނާއި ގާތުން އެއްތާވާ ހިސާބަަށް ދާ ހާލަތު ވަރަށް މަދު ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ބައެއް ސްކޫލްތަކުން ވޭދަނަތައް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ފަރުދީ ޒިންމާ

  ހާދަ ވަ ރެއްކު ރީމައޭ ތިވަ ރައްވެސް ތިބުނެލީ. ހަގީގަތް އެނގިހު ރެ ތީވޭންދަނި ފެނުމީހުން އުޅޭގެއެއްގަ އުޅޭތީ އެނގި ހު ރެމިބުނަނީ، ޓީޗަ ރައް އޮތީ އެވާހަކަ ނުދައްކަން ސްކޫލުން އިންޒާ ރުދީފަ. ސްކޫލް އެއްވެސް ޓީޗަ ރަކު މިވާހަކަތައް ބެލެނިވެ ރިން ގާތުވެސް ނުބުނަން އޮތީ އެންމެނައް އިންޒާ ރު ދީފަ.

 2. ކަރުނަ ގުޅި

  އެއީ ކޮން ގްރޭޑެއްބާ އެގިވަޑައި ގަންނަވާ ބޭފުޅަކު ހުރިނަމަ ހިންޓެއްދެއްވާ ޕްލީޒް

 3. Anonymous

  މިދިއަ ހަފްތާގެ ބުރާސް ފަތި ދުވަހުވެސް ވަރަށް ގަދަޔަށް ރޯގާޖެހފަ ތިބި ކުދިން ވސް ސްކޫލައް ގެންދިއަ ކުޑަ އަންހެން ކުއްޖަކުވެސް އަނގަ ނުޖެހި ކެއްސަނީ ބެލެނި ވެރިނވެސް ވިސނާލަން ވާނެދޯ

 4. Anonymous

  އަސްލު 3 ފޫޓުން 3 އަތުރާފަ ތިއްބަސް ބަލިވެފަ ތިބޭ ކުދިން ގެންދާ ކަމަށް ވާނަމަ ހައްލެއްނާންނާނެ ބެލެނި ވެރިންގެ ވެސް މައްސަލަ

 5. ރިހަ ޖަންގިޔާ

  ޓީޗަރުން ހުންބަލަން ގެންގުޅޭ އެތި އެހާ އެކިއުރޭޓް ނޫނޭ އެހެންވެތާ ނޭގުނީ

 6. ހިކުމަތްތެރި ސީފޯލި

  ދުވަސްކޮޅަކަށް ތި އިސްކޫލު ބަންދު ކޮއްބަލަ
  ސީފޯލި އައްވެސް އެވަރު އެގޭ

 7. ހިކުމަތްތެރި ސީފޯލި

  މިހާރު ހުންބަލަނީ ފޫކޮޅުންކަމަށް ހަބަރުލިބޭ އިސްކޫލު ބަންދުކުރޭ

  5
  2
 8. މޫސަ

  ތިޔައީ އޮޅުމެއްނޫންބާ؟ މިނިސްޓަ ރު ވިދާޅުވެފަ އެބައޮތް ސްކޫލްތަކުން ކޮވިޑް ނުފެތު ރޭޔޭ

  3
  2
 9. ނާޒިމާ

  އެޗްޕީއޭން ކަމަކު ދޯ ފޯނު ކުރީ ރަން މަންޖެ ފޯނުވެސް ނުނެގި ޑައިރެކްޓް ކޮންޓެކްޓެއް މުޅި ގައުމުގައި ފަތަރާސީ ވަނީ އެމްޑީޕީ މީހުން އުޅޭ ގޮތެއް

  1
  1
 10. އެޗްޕީއޭ

  ޑައިރެކްޓް ކޮންޓެކްޓެއް އެގިގެނޭ އަފުރެމެން މި ގުޅީ ފޯނު ނަގާ ބަލަ ތި ފަތުރަނީ ކޮވިޑް

 11. ޙ

  ވޭ ދަނަ / އެއްތާވި މީގެ މާނަ ޕްލީސް