ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތް ގުޅުމެއް އޮންނަ ހަސަން އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބައެއް ކަންކަމަށް ވަގުތު ހުސް ކުރަން ބޭނުންވާތީ އެވެ. އޭނާއަކީ ރަައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

ރައީސް އޮފީހުގައި މީޑިއާ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހަސަން އިސްމާއިލް އިސްތިއުފާ ދެއްވި ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ވަނީ ފޮނުއްވައިފައެވެ.

އެމްޑީޕީގެ ތެރޭގައި ވެސް މުހިންމު ރޯލެއް އަދާކުރައްވާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އިސް ދައުރެއް އަދާ ކުރެއްވިހަސަން އިސްމާއިލް އިސްތިއުފާ ދެއްވި އިރު، ރައީސް އޮފީހުގެ ޕްރެސް ޓީމަކަސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކް އަޒީޒް ދާދި ފަހުން ހަމަޖެއްސި އިރު، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ހޫދު މިހާރު ހުންނެވީ ކޮމިއުނިކޭޝަން ސްޓެރެޓަޖިކްސްގެ މަގާމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފައި

    ފައްޔާޒުގެ އާއިލާ މީހެއް، އިތުރު ވިޔަފާރި ކުރަން ގިނަ ލާރި ވަނީ ލިބިފަ. ޢިތުރަށް ހުރުމުގެ ބޭނުމެއް ނެތް!

    33
  2. ޖަނާޒާ

    ތިޔަވާނީ ތަންކޮޅެއް ބިޔަ ބޮޑު ހައިބަތު ހުރި އެހެން މަޤާމަކަށް ފުރޮޅާލަނީކަމަށް. މީ ވާ ސަރުކާރެއް އިނގޭތޯ # ވިސްނާށޭ ރައްޔިތުން

    24
  3. ނަގޫރޯޅި

    ކުޑަ ވަގުތު ކޮޅަކުން ރައްޔިތުން މާލިއްޔަތުން ހާސްގުނަ ކައްވާލެވިއްޖެ. ދެން ކީކްކު ރަން ތިތާ އެތެ ރޭ ހުންނަންވީ. ވެ ރިކަމައް ނާދެވިގެން އުޅުނު ކަންތައް ވެއްޖެ.

    26
  4. ސަލާމު

    ވަގުތު ކުޑަތަންވަމުން އެބަ ދެއެވެ. ރަގަޅުގޮތަކީ ތިއީއެވެ.

    17
    1
  5. ރަބަރޭ

    ޓިޔަވާނީ ޒީރޯޓޮލަރެންސްގެ ދަށުން ދެއްވި އިސްތިއުފާ އެއްކަމަށް އިސްތިއުފާ ދިނުމުން ކޯށްފާވާ ހުރިހާކަމަކުން ބަރިއްޔަވީ
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  6. ތުރުކީ

    ރައްޔިތުންގެ ރައްކާތެރިކަމަށް ބެލުމެއްނެތި ޖިންސީ ފުރައްސާރައިގެ އިތުރުން ގިނަޢަދަދެއްގެ ފައިސާ ނުހައްގުން ލިބުމުން މަޖުބޫރުވީ ވަކިވަންތާ އަދިވެސް ޔާމީނަށް ވަގަށް ގޮވޭކަށް ނެތް

  7. ބ

    ބޮޑުރޭ ވުމެއްގެ ކޮޅުމަތި މީގެ ހަފުތާ އެއް ކުރިން ތި ގޮތަށް ތިކަން ވާނެކަން އޮތީ އެނގިފައި ކޮބައިތަ މުނައްވަރު ދަރިފުޅާ ބެހުނު މައްސަލަ އަލީ ވަހީދު މައްސަލަ އެކަނި ދޯ ބަލަނީ
    ސުމިތު ... ތޮއްޔިބު ޝަހީމުގެ މައްސަލަ ކޮބާ...