ހއ.އިހަވަންދޫ ކައުންސިލްގެ މެންބަރުން ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ހުރަސް އަޅާފައި ވާތީ ފަސް ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.
ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ނުހިނގާ ގޮތަށެވެ. މިއީ އިހަަވަންދޫ ފަސް ކައުންސިލަރުން ސަސްޕެންޑް ކުރި ދެވަނަ ފަަހަރެވެ.
އިހަަވަންދޫ ކައުންސިލްގައި ހިމެނޭ ފަސް ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ.
އިހަވަންދޫގައި މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ސަރުކާރަށް އެއްބާރުލުން ނުދީ މުޒާހަރާކުރުމުން މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުވެސް އިހަވަންދޫ ފަސް ކައުންސިލަރުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެފަހަރު ސަސްޕެންޑްކުރުމުން ކައުންސިލަރުން ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް އޮފީހަށް ނިކުންނެވީ މިމަހުގެ ދެވަަނަ ދުވަހު އެވެ.
ސާބަހޭ.. އެހެންވާނީ ކައުންސިލަރު ކަން ލިބުނީމާ ނޭގޭ ފޮނިކަމުން ހަދާނެ ގޮތެއް. އުޅެވޭ ނޫޅެވޭ ގޮތެއް ނޭގެ.. އަދި މާމިގިލީ މިތިބި ކަންސިލަރުން ތައްވެސް ސަސްޕެންޑް ކުރަން ޖެހޭ..
ސަސްޕެންޑެއްނޫން ކުރަންވީކީ! ކުރަންވީ ޑިސްމިސް! ލަސްވެސް ވެއްޖެ!?
ތާއީދުކުރަން، ރަނގަޅުކަމެއް،
ކައުންސިލަރުކަން އާއިލާމީހުން ނުކުމެ ހޯދާދެނީ ނޭގޭ ތިމާމެންގެ މަސްއޫލިއްޔއްތު އަދާކުރާކަށް..ނޭގޭތާ ކަމެއްވިޔަކަވެސް ނުދޭ!! ހުސް މަރުމޯލުން..!!
ތިއީހަމަ ތިކަން ވާނެގޮތް ގިނަ ވޯޓު ލިބުނީމަ ކައުންސިލަރަކަށްވެވުނީ ޤާނޫނެއް ޤަވަޢިދެއް ނުއެގުނަސް ލިއައްލިއަން ނުއެގުނަސް ހެޔޮތާ މުސްކުޅި ހަރުބަހުގަ ބޫނާ އަޑުގަދަ މީހާގެ ރުއްގިނަވަނެއޭ ބުނާބީދާއިން ހަރުބަހުގެ ލިސްޓަށް އިތުރު ކުރަންވެއްޖެ ބަހެއް " ލަދުހަޔާތް ކުޑަމީހާއަށް ގިނަވޯޓު ލިބެނެ "