ހުޅުމާލެއިން ފުރައިގެން ހދ.ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ ކ. ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ "ނައިޓިލަސް ވަން" ނަމަކަށް ކިއާ ސަފާރީގައި ރޯވީ ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުގައި އޮއްވައި ކަމަށެވެ. އޭރުގައި ސަފާރީގައި ތިބި ހަ މީހުން ޑައިވިން ދޯންޏަށް އެރި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭރު ސަފާރީގައި ތިބީ ފަސް ދިވެހިންނާއި އެއް ބިދޭސީ ފަޅުވެރިއެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ރޭ ފަތިހު 3:30 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ފަޅުވެރިން ތިބި ސަފާރީގައި ރޯވި އަލިފާން ގަނޑު ނިއްވަމުން ދަނިކޮށް ކަނޑު އަޑިއަށް ސަފާރީ ގޮސްފައި ވަނީ ހެނދުނު 6:45 ހާއިރު ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ސަފާރީއާ އެކު ދަތުރު ކުރި ސަފާރީގެ ޑައިވިން ދޯނި މިހާރު ބ. ދަރަވަންދު އަށް ދަތުރު ކުރަމުންދާ ކަމަށްވެއެވެ.

އަދި ސަފާރީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޞާރި

    ޓުއަރިސްޓުން ނުލިބުނީމަ އިންޝުރެން ހޯދަން ކުރާކަމެއް ތީ

    34
    3
  2. އެލެކުސް މައިކާލޯ

    އިބުރަތެއް!

    18
    1
  3. ޢާލިމް

    ކޮން ކުންފުންޏެއް، ނުވަތަ ކާކުގެ ކޮން ނަމެއްކިޔާ ސަފާރީއެއްބާ؟ ޚަބަރު ކިޔާ ނިމޭއިރު އެއްވެސް ތަފްސީލެއް ނުލިބުމަކީ ވަރަށް ދެރަ ކަމެއް.

    40
    1
  4. ޕޮގުބާ

    ފަތި ހު 3:30 ނުވާނެ ފަތިސްވަގުތަކީ ފަތި ހުގެ ބަނގީގެ ފަސް

    21
    1
  5. ނަޖްވާ

    ކިޔާތީ އަޑުއިވޭ މީސްމީހުން އިންސޫރަންސް ހޯދަންވެސް މި ޒާތުގެ ކަންކަން ކޮށް އުޅެޔޭ! ދެން ނޭނގެ!

    33
    1
  6. ސިނެކް

    އިންޝޫ ރެންސް ފައިސާހޯދަން މަވެސް ހަދާނީ ދެންތިގޮތް

    12
  7. މަހިބަދޫ މީހާ

    ހަނިމާދޫ ވާހިދުގެ ސަފާރީއެއް އޭނަ ދިރިއުޅެނީ ފުލިދޫގަ މިހާރު ރިސޯޓެއް ވެސްއެބަ ހަދާ .

    10
    1
  8. ތިލަ

    ތީ ގަސްތުގައި ކުރިކަމެއް އިންސޫރެންސް ފައިސާ ހޯދަން ވެގެން 'ކަން ހިނގާ ދިޔަ ގޮތުގެ އެއްވެސް ތަފްޞީލެއް ނެތް.

    11
  9. މުޑޭ

    ވިޔަފާރިވެރިންގެ މަކަރުވެރި ރޭވުމެތް؟ އިންސުވަރރެންސް އިން އިތުރުކަމެއް ފައްޓާހައި ލާރިދޭނެ އެވެ.

  10. އަހްމަދު

    އިންޝޫރަންސް ހޯދަންމިކަހަލަކަންތައްތައްވެސް މީހުންކުރޭބާ މަކަރާހީލަތުންހޯދާއެއްޗެއްގަ މާބޮޑުފައިދާއެއްނުކުރާނެ އަލިފާނުން އަލިފާންހީދަންވާނެބާ؟ﷲއީއެންމެހައިކަންކަން މޮޅައްދެނެވޮޑިގެންވާފަރާތް