ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް 19،666 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުން އޮންލައިންކޮށް ރަޖިސްޓްރީވާން ހުޅުވާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރާވާ މީހުންގެ ރޭޓަށް ބަލާ އިރު، އެއީ ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުންނެވެ. ނަޒްލާ ވަނީ ވެކްސިން ޖެހުމަށް ވީހާވެސް ގިނަ ބަޔަކު ރަޖިސްޓްރީވުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޮވިޑް-19 ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީވުމަށް ހުޅުވާލީ ސިއްހީ ހިދުމަތްތެރިންނަށާއި ސޯޝަލް ކެއާ ވޯކަރުންނަށެވެ. ނަމަވެސް ކޮވިޑް-19 ވެކްސިން ޖެހުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ވެކްސިން ޖެހުމުގެ ވަކި ތަރުތީބެއް އެކުލަވާލާފައިވާ އިރު، ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނެވެ. އޭގެ ފަހުގައި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އެއަށްފަހު 18-50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ޓީޗަރުން، ފުލުހުން، ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު މިވަގުތަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ނުހިމެނެއެވެ. ސަބަބަކީ އެ މީހުންގެ ޓްރައަލްސް އަދި ނިމިފައި ނުވާތީއެވެ.

މި ވެކްސިން ޖެހުމަށް ވަކި ތާރީހެއް އެޗްއީއޯސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ރާއްޖެ އަށް ވެކްސިން ގެނައީ އަވަށްޓެރި އިންޑިއާ އިންނެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިންޑިއާގައި ހިންގަމުންދާ ވެކްސިން ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. މި ކެމްޕޭނުގައި ބޭނުން ކުރާ ދެ ވެކްސިން ވެސް އުފެއްދީ އިންޑިއާގައެވެ. މި ވެކްސިން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ވަނީ ފޮނުވައިފައެވެ.

އޭގެތެރޭގައި ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިޔަންމާ، ސީޝެލްސް، މޮރިޝަސް، ބްރެޒިލް އަދި މޮރޮކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ށ

    ތި 19 ހާސް މީހުންނަކީ ރާއްޖޭގަ ތިބި އިންޑިޔާ ސިފައިން.

    16
    2
  2. ތިންކު

    ވެކްސިން ނުޖަހާ ލަސް ކުރާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ޑަބްލިއުއެޗްއޯގެ ބޮލަށް ކެނޑޭނެ ކަމެއް ނޫން.

    2
    4
  3. ސާރާ

    މިހާރުވެސް މާ ގިނަ!

  4. މަހުލޫފުގެ ރަހްމަތްތެރިޔާ

    ކީކުރަންތަ ރަޖިސްޓްރީ ކުރަނީ ހަމަ ޖަހަން ބޭނުންވާ މީހަކު ތިޔަ ޖަހާ ދުވަހަކު ދިޔައީމާ ޖަހައިދެން ވީނޫތަ ތިޔަ ޖަހަން ބޭނުންވާ މީހުން ދާނީވެސް

    12
    • ޣ

      ރަޖިސްޓަރީ އަކީ އިގުރާރެއް ވެކުސިން ޖަހައިގެން ގެއްލުމެއް ލިބުނަސް އަމިއްލަ އިހުތިޔާރުގައި އެނގިހުރެ ޖެހި އެއްޗެއްކަމަށް.

  5. ޙަމްދުބެ

    ތިޔަވެކުސިން ޓެސްޓުކުރަން ފުރަތަމަ ދޭންވީ މިގައުމުގައި އުޅޭ މީދާ ތަކަށާއި އިންޑިޔާ ސިފައިންނަން

    5
    1
  6. ގެރި

    ޔަގީން ކަމާއެކީބުނަން އެއީހުސްދޮގު އަހަރެން މީ ރަޖިސްޓްރީ ކުރަން އުޅޭއެކަކު އަދި 20 މީހުންވެސް ނުވޭ. އަހަރެނގެ ނަސޭހަތަކީ ޓެސްޓް ކުރަން ޖަހާ މިވެކްސިން ނުޖެހުން

    7
    1
  7. Anonymous

    ޑޮކްޓަރ ނަޡުލާ ހާދަ އިތުރުފުޅޭ ތިހައްދަވަނީ އަދި 19 މީހުން ހަމަނުވޭ