ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ހަތް ވަނަ ބުރު މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ބައިނަލްއަގްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ.
މީގެ އިތުރުން ކޮވިޑް-19 އިން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.
މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ރާއްޖެ އާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަޗުއަލްކޮށެވެ.
އެވަރުން ވެސް ޝާހިދު ބައިވެރި އެއް ނުވި އިންޑިޔާ ވިއްޔާ ހެޔޮ ކޮންމެ ފެންވަރެއްގެ ބައްދަލު ވުން ވެސް ޝާހިދު އިންނަވަނީ ކިތައް ފަހަރު ޗައިނާ އިން އެދެފި ވަޒީރު ފެންވަރުގައި ބައްދަލު ވުން ބާއްވަން މީ ހަމަ ނަމަކަށް ކޮށްލާ ކަމެއް... އަނދުން އެޅުވިއަސް މީ ބޮޑު ވަރު އިންޑިޔާ ނުރުހިދާނެތީ
ފައިދަނޑިޔަށް ފައިބާތަން މި ފެންނަނީ! ޗައިނާއަށް ނިސްބަތްކޮށް ވަގަށްގޮވާ ކުރެވުނުހައި މަލާމާތެއްކޮށް އިލްޒާމްތައް އެޅުވުމަށްފަހު ފުރަތަމަ އެކަންކަމަށް މަޢާފަށް އެދޭ! ބްރިޖް އެޅިޔަސް އެޅޭނީ ޗައިނާއަށް! އިންޑިޔާއަށް ނުވާނެ!
ޢިސްތިއުފާ
އިންޑިއާއިން ގެނައި ފޭކް ވެކްސިނައް ރައިޔިތުން ނުހެލުނީ ދޯ...
ޗައިނާއައް ދަރަނިދަންތޫރައޭގޮވާފަ އެންމެފަހުން ވެއްޓެނީދޯ އަދިވެސް ކަމަކައްވާކަހަލަކަމެއް ކޮއްދެވުނިއްޔާ ކޮއްދެވޭނީ ޗައިނާއައް ބުރިޖްއެޅިޔަސް އަޅާދެވޭނީ ޗައިނާއައް ތިޔައިންޑިޔާއަކައްނުވާނެ ނުވެސް ކުރެވޭނެ
ޝާހިދު ސަފާރީ ހިންގަންވެގެން ލާރިކޮޅު އެއްކޮށްލަނީ.