ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ އެ ތަނުގެ ޗީފް އިންޓާނަލް އޮޑިޓަރަކަށް އައްޔަން ކުރަން ނިންމީ ސ.ހިތަދޫ އޭނާޒް، ހައްވާ ނާފިއާ ކަމަށެވެ. ނާފިއާ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ ފެބްރުއަރީ އެކަކުން ފެށިގެން ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ.

ނާފިއާ މަގާމަށް އައްޔަނު ކުރަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު މަގާމުން ވަކިވެ ވަޑައިގަންނަވާތީއެވެ. މަހްފޫޒް ވަނީ އެސްޓީއޯ އަށް 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު