އަދާލަތު ޕާޓީއަށް ގެއްލުންދީ ވުޖޫދުން ފުހެލުމުގެ މަސައްކަތްތަކެއް ބަޔަކު ރާވައިގެން ކުރަމުންދާ ކަމަށާއި ޕާޓީގެ ރައީސް ކަމަށް އަނެއްކާ ވެސް ކުރިމަތިލެއްވީ އެ ސަބަބާ ގުޅިގެން ޕާޓީ ހިމާޔަތް ކުރަން ކަމަށް މިދިޔަ ނުވަ އަހަރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މަހު އޮންނަ އަދާލަތު ޕާޓީގެ އެތެރޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިމްރާންގެ ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތުގެ ރައީސްކަމަށް އެންމެ ފުރަތަމަ ވެސް ހަވާލުވެވަޑައިގަންނަވަން ޖެހުނީ އެ ޕާޓީގެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ. އެއީ އަދާލަތު އޮވެ އެހެން ވަރުގަދަ ސިޔާސީ ލީޑަރުން ހަމައަކަށް އެޅުވުން ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަށް އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ބައެއް ފަރާތްތަކުން ބޭނުންވާ ކަންކަން ނުވާ ސަބަބަކީ އަދާލަތު އޮތުމުން ކަމަށް އޭނާ ވިދާޅުވއެވެ. އެހެންވެގެން އަދާލަތު ވުޖޫދުން ފުހެލަން މިއަދުވެސް ބަޔަކު މަސައްކަތް ކުރާ ކަމަށާއި އަދާލަތުގެ ލީޑާޝިޕަށް ނުކުންނަން ޖެހުނީ ވެސް އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި ވެސް، މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތް ނަމަ، ކޮންމެހެން އަޅުގަނޑު މި ވަގުތު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. ނަމަވެސް މި ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް، ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތް ކުރަމުން ބާރަށް ނިކުންނާތީވެ، އޭގެ ކުރިމަތީ ސާބިތުކަމާއެކު ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިކުމެ މިހުރީ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމް ދީން ދެމި އޮންނަން ވަކާލާތު ކުރުމުގައި މިހާތަނަށް ވެސް ދެމިއޮތް އެންމެ ވަރުގަދަ އެއް ޕާޓީ ކަމަށެވެ. މިހާރު ވެސް އެ ޕާޓީގެ އެންމެހާ ކަންކަން ރޭވިގެން އަދި އިންތިޒާމު ކުރެވިގެން ދަނީ ޕާޓީގައި ތިއްބެވި ދީނީ އިލްމުވެރިންގެ މަޝްވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދީނަށް ގޮންޖަހާ ސިޔާސީ ބަޔަކާ އެކުގައި އަދާލަތު މަސައްކަތް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮގަސްޓް 18، 2005 ގައި ރަޖިސްޓްރީ ކުރި އެ ޕާޓީގެ އާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި އިންތިހާބުގައި އަދާލަތުގެ ރައީސް ކަމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރު އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި މިނިސްޓަރު ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބަޖެޓް ބޮޑުމީހާ

    އަދިވެސް ހަމަ އެ ފޮޓޯ ގަނޑު ވިއްކަން ނުކުތީމަ ކަޑަ،

    30
  2. އެދުރުކަލޭގެ

    ތިޔައީ ވަރަށް އެހެންކަހަލަ އިލްޒާމެއް. އެހެން ބޭފުޅަކު ރައީސް ކަމަށް ވާދަކުރައްވާއިރު، ހަމައެކަނި ތިޔަ ވިދާޅުވި ސަބަބަށް ތިކަން ކުރައްވާނަމަ، ޕާޓީ ވުޖޫދުން ފޮހެލަން މަސައްކަތް ކުރާމީހުންގެ ތެރޭގައި އަނެއް ކެނޑިޑޭޓް ހިމެނޭ، ނުވަތަ އެފަރާތަށް ކާމިޔާބު ވެއްޖެ ނަމަ ޕާޓީ ވުޖޫދުން ފޮހެވިދާނެ ކަމަށް މަނިކުފާނު ވިދާޅުވާ ކަމަށް ދޭހަވަނީ!

    33
  3. މުނާފިގު

    ކަލޭތީ ގައުމުގެ ހަލާކު

    38
  4. ޅަބޭ

    އައްޗީޑި. ކައްޒާބު ކަލޭގެ. ކަލޭމެން ކަހަލަ މުނާފިގު ހަވާރިޖުންތައް ނައްތާލާކައް ބަޔަކު ނިކުންނާކައް ނުޖެހޭނެ. ގުދުރަތީ ގޮތުންވެސް ތިބައިގަނޑު ނެތިގެންދާނެ.

    29
    1
    • ބީނޫ

      އެވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް..އިންޝާﷲ

  5. ވައްހާބު

    އަދާލަތު ޕާޓީގައި ތިބި އެންމެހާ އިސް އިލްމުވެރިންކަމުގައި ބަލާމީހުންނަށް ބުނެލަން އޮތީ. އިޖްތިމާއީ އަދާލަތު އޮތީ ކޮންތާކުހޭ؟ އެއާއި ގުޅިފައިވާ ޝަރުޢީ އަދާލަތު ވީ ކޮންތާކުހޭ؟ ކޮބާހޭ ގުރުއާނާއި ސުންނަތް..؟ މުންކަރާތްތަކަށް އަރައިގަންނަހިނދު ކޮބާތޯ ތިމީހުން؟

    30
  6. އަހްމަދު

    ޢިމްރާނުތިޔަޕާޓީގެރައީސް ކަމުގައަދި ގައުމުގެހޯމްމިނިސްޓަރކަމުގައި އިންނަވައިގެން އިސްލާމްދީނައްފުރައްސާރަކޮށް ކީރިތިރަސޫލާއަށް ފުރައްސާރަކުރިއިރު އަޅާނުލާހުރުން ހަމައެކަނިއެސަބަބަށްޓަކާވެސް ޢިމްރާނުއެބަޖެހޭ ތިޔަމަގާމުން އެއްފަރާތްވާން ޕާޓީއަށާ މިގައުމަށްއެންމެފައިދާހުރިހޮތަކީއެއީ

    27
  7. ފަރީދުބެ

    ދީނީ ޢިލްމުވެރިންނަކީ ދީނީގޮތުން މީހުންނަށް އޮޅުން ނުފިލާ ހުންނަ ކަންކަން ސާފުކޮށްދީ އެހެން މީސްތަކުންނަށް ނަމޫނާ ދައްކުވައިދީ މަޑުމޮޅުކަމާ ތަވާޟަޢުވެރިކަން އެ ބޭފުޅުންގެ ކިބައިން ފެންނަންޖެހޭނެ ބައެއްކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެކަމަކު ޝައިޚް އިމްރާނަކީ ދުވަހަކުވެސް ބަޔަކަށް ދީނީ ދަރުސެއް ނުވަތަ ނަޞޭޙަތެއް ދެއްވާ ބޭފުޅެއްނޫނެވެ. އަބަދުވެސް ފެންނަނީ ސިޔާސީ ގަދަބަސް ބުނާތަނެވެ. ދެން އިވުނިއްޔާ އިވެނީ އެފަދަ ދީނީ ޢިލްމުވެރިއެއްގެ ފަރާތުން އަހަރެމެން އިވެން ބޭނުންނުވާފަދަ ހުތުރު އަޑުތަކެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި އިމްރާން ވާދަ ނުރައްވަން ވަރަށް އާދޭހާއެކު ދަންނަވަމެވެ.

    25
  8. ތ

    މީހަކު ތިޔަ ޕާޓީ ވުޖޫދުން ފޮހޭކަށް ނުޖެހޭނެ 2023 ފެށޭ އިރު ތިޔ ޕާރޓީ އެކޭ ނެތް ތަނަކެ އެއްވަރު ވާނެ ބަލަން ތިބޭ މައުމޫން ވެސް ހެދި ޕާރޓީ ގައި މިހާރު ތިބީ 2500 މީހުން ހެހެ ހެ ޕަކަ ޕަކާސް އަދި އިމްރާން ހޮވިއްޖިއްޔާ އެއަށް ވުރެ އަވަހަށް ތިޔަ ޕާރޓީގެ ކަންތަން ފެޮހެވޭނެ

    24
  9. ހުސޭނުބޭ

    ކޮބައިހޭ ޕާޓީ ވުޖޫދުން ފޮހެލަން އުޅޭކަމުގެ ޑޮކިއުމެންޓްތައް! އެ ކަރުދާސްބޮނޑިތައް އިހަށް ދައްކަބަލަ ދޮގުބޮނޑިޔާ!

    29
  10. މޫސަ ފިކުރީ

    ބޯހަލާކު ވަހަކަ. ރޭގަނޑު އަންހެނުންނަށް ޕާޓީ އޮފީހުގައި އިސްތިޚާރާ ނަމާދު ކުރަން ދަސްކޮށްދެއްވުން ފިޔަވާ މިދިޔަ 10 އަހަރު ރައީސް ކަމުގައި ހުންނަވައިގެން ކުރެވުނު ކަމެއް ބުނެބަލާށެވެ. އިތުރުން ގައުމުގެ ހަމަޖެހުން ނަގާލާ ދޮގު އިލްޒާމު އަންނިއާއި ޔާމީނުގެ ބޮލުގައި އެޅުވުން ފިިޔަވާ< އަމިއްލަޔަށް ޕާޓީ ޙިސޯރުކޮށްގެން އުޅެނީ އިމްރާނު ނޫންތޯ؟ އިމްރާނަކީ ޝޭޚުންތަކަށްވެސް ލަދެއް. މަގުމަތީން އަންހެނުން ނުކުމެ ފަހާއިރު އަދިވެސް ޝޭޚު ހެދިފާ އެހްން މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވަނީ. އަދާލަތީ ޝޭޚު އިމްރާނުގެ ތަރިކައެއް ނޫންކަން ހަނދާންކުރަށްވާނެނަމަ ރަނގަޅެވެ. އޭރުން ޕާޓީވެސްގެ ޢަދާލަތުވެސް އޮތީހެވެ.

  11. މާހިދު

    ދެރައީ ޑރ. ޒާހިރު ޝޭޚު އިމްރާނުގެ އާދޭސް ގަބޫލުކޮށް ޑިމޮކްރަސީ ދައްކަން ކުރިމަތިލެއްވީތީއެވެ. މިއީ ބޮޑު ޖޯކެކެވެ. މިވެރިން ބުނާގެ މަކަރާ ޚީލަތް ނަހަދާށޭ. މާﷲ ދެކެ ދެނެ ވޮޑިގެން ވެއޭ. އަޑުއައްސަވާ ވޮޑިގެންވެއޭ. އެހެން ކިޔާފަ މިވެރިން އަނެއް އަޚާގެ މަސްކއި ލަނޑުދޭން ރާވާ އަބުރުކަތީލާއިރު ކޮން ދީނެއްގެ ވާހަކވބާ މިދައްކަނީ؟ ލާދީނީ އަސްލު ކޮންބައެއް؟

    3
    1
  12. އާދޭސް

    ޙެޔޮނުވާނެ މިކަލޭގެއައް އެއްވެސްބޭފުޅަކު ވޯޓްނުދެއްވާތި މީވެސް މިގައުމުގެ ހަލާކު އިތުރައް މިގައުމު ހަލާކުގެތެރެއައް ވައްޓާލަން ބޭނުންކަމައް ނުވަންޏާ މީނާ ތިޕާޓީއިން ބޭރުކުރޭ

  13. ރާކަނި

    އަދާލތު ޕާޓީ އަކީ ރަގަޅު ހަރުމުދާ ގަޑަކަށް ވުމުން ދޫކޮށް ނުލެވިގެން އުޅުއްވަނީ. ޕާޓީ ގެ އެތެރޭގެ އެއްވެސް ޑިމޮކްރަސީއެއް ނެތްތާގައި ޚުދުމުޚުތާރުކޮށްނޫނީ އެއްވެސް ކަމެއްކޮށްފައި ނުވާނެ. މިހާރު އިންތިޚާބެކޭ ކިޔާއިރު ރޭގައި ކެމްޕެއިން ފަށާއި ހުކުރު ދުވަހު ވޯޓްލާ އިލެކްތްރޯނިކް ވޯޓެއް ބާއްވައިގެން އަމިއްލަ ސެކްރެޓަރީ ޖެނެރަލް ލައްވާ ހުރިހާ ވޯޓެއްް ލައިގެން ހޮވޭނީ. އެއްވެސް މެމްބަރަކު ވޯޓް ނުލާނެތީ ކަރުދާސްވޯޓަކަށް ދާން ނުކެރުނީ. ކޮން ދީނެކޭ ކިޔާކަށް ފާއިތުވި 2 އަހަރު ތެރޭގައިވެސް އެއްވެސް ތެދެއް ހަދާފައި ނުވާނެ.

  14. ޖަނާޒާ

    މިއަދު އަދާލަތު ވުޖޫދުގައި އެބައޮތްތޯ؟ އިސްލާމުދީނާއި އިދިކޮޅު ކަންކަން މިޤައުމުގައި ހިނަގަމުންދާއިރު ތިޔަ އަދާލަތައި މަނިކުފާނު ، އިމްރާނު ކޮބައިތޯ؟ ތިޔައީ ކޮންކަމެއްގެ ތެރެއިން ކޮންކަމެއްގެ އަދާލަތެއްތޯ؟ އަމިއްލަ މަސްލަހަތު ހޯދާ އަދާލަތެއްތޯ؟ މިއީ އެންމެންގެވެސް ސުވާލެއްނޫންތޯ؟ އަދި މާތް ރަސޫލާއަށް މަލާމާތް ރައްދު ކުރަމުން ބަޔަކު ގެންދާއިރު ތިޔަ އަދާލަތުގެ ޢިލްމީ ޚަލްޤީ ދޫފުޅު ކޮބައިތޯ؟ މަޚްރަޖުގެ ރާގާ ކޮބައިތޯ؟ މަނިއްޕުޅު ހައްޕު ކިއުއްވާގެން ދެން ހުންނަވާ. އަދާލަތު ކިޔާ ޕާޓީއެއް ތިޔަ ހައްދަވަނީ އަމިއްއެދުން ހާޞިލްކުރާ މަލާފަތަކަށް،ނޫންތޯ؟ ހަމަޔަޤީން މަނިކުފާނު ތިޔަ ކަށްކަވާ ދޮންރިހަ ޔާއި ކުކުޅު މަލާފަތް މިހާރު އަދާލަތަށް ނިސްބަތްވެލައްވާ އެއްވެސް މެންބަރެއްވެސް އިތުރަކަށް ފަރީ ނުކުޅުއްވާނެ. އިނގޭތޯ # ވ. ސަލާމް މަނިކުފާނަށް

  15. ދަލޭކަ

    ޕާޓީ ރައީސްކަމަށް ކުރިމަތިލާން ކެމްޕޭން ފެށީމަ އެކަނި ދޯ އަމިއްލަ ޕާޓީ މަތިން ހަނދާން ވަނީ 🤣🤣🤣🤣🤣🤣 މިއޮއް ހުރިހާ ދުވަހު މިނިސްޓަރު ވެގެން ހުރީ މަޤާމު އެންޖޯއި ކުރަން

  16. ރައްޔިތު

    "ދިވެހިރާއްޖޭގެ ތާރީޙްގައިވެސް ދުވަހަކުވެސް ސަރުކާރަކުން ދީނަށް ގޮންނުޖަހާވަރަށް މިސަރުކާރުން ދީނަށް ގޮން ޖަހައިފި. މިކަންކުރަނީ ތިޔަ ވިދާޅުވާ ކޯލިސްންގެ އެހީގައި ހުދު މަނިކުފާނު ވެސް ތިޔަވަނީ އެކަމުގައި ބައިވެެރިވެފައި. މިކޯލޮސަނުން ދަނީ ރައްޔިތުން އިސްލާމް ދީނަށް ދުރަށް ޖައްސަމުން އަދި ދީން ޤަބޫލުނުކުރާމީހުން ނަށް ބާރުތަށްދެނުން އަނެއްކާވެސް މަޤާމެއް ބޭނުންވީމާ ހަތިޔާރަކަށް ތިޔަނެގީ އިސްލާމްދީން ކޮބާތޯ މަނިކުފާނުންގެ ލަދުހަޔާތް މިފަހަރު ތިކަމެއްނުވާނެ އަދާލަތު ޕާޓީންވެސް ބޭރުކުރާނަށް އަދި މިނިސްޓަރ ކަމުންވެސް އެއްލާލާނަން އިންސާ ﷲ"

    3
    1
  17. އަދިވެސް

    ޢަޛާލަތު ޕާޓީ ވުޖޫދުން ފޮހެނުލެވިގެން އުޅެނީ މިޖާހިލު އިމްރާނު

  18. ޒިޔާ

    އަދާލަތު ޕާޓީ އަކީ ކުފާ ހަމަ ނުވާ ބޮޑު ޖޯކު ޕާޓީއެއް . ކޯލިޝަން ހަދާލަ ހަދާލަ ތިބެން ޖެހޭނީ. ވެރިކަމަކާ ހަވާލުވެވޭނެ ވަރުގެ ޤާބިލުކަމެއްވެސް ނޯންނަ ޕާޓީއެއް

  19. ސޫރަ

    އިމްރާން ދުނިޔެއަށް އުފަންވަމަކީ ހުތުރެއް

  20. އެގިއްޖެ

    އިމްރާން ވިދާޅުވީ އަދާލަތުގެ ރައީސްކަމަށް އެންމެ ފުރަތަމަ ވެސް ހަވާލުވެވަޑައިގަންނަވަން ޖެހުނީ އެ ޕާޓީގެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ. ޢެނގިވަޑައިގަންނަވާނެފަދައިން ގިނަމެމްބަރުން މިހާރުބޭނުންވަނީ މަނިކުފާނު ޕާޓީގެ ރައީސްކަމުން އިސްތިއުފާދީ އާރައީސަކު އަދާލަތުޕާޓީގެ ރައީސަކައްއައްޔަނުކުރަން

  21. އަލީ

    ޢަދާލަތު ޕާ ޓީ އަށް ވޯ ޓް ދޭނެ ރައްޔިތުންނެއް މި ގައުމަކުނެތް. ތިޔަ ޕާ ޓީ އަކީ ދީނުގެ ނަމުގައި ފައިސާ ފޮތީގެ ފަހަތުން ދުވާ ޕާ ޓީ އެއް. ޢިމްރާނު ހޯމް މިނިސް ޓަރަކަށް ހުންނަވަނިކޮށް ލާދީނީ އޮއެވަރު ގަނޑެއް ހިނގާ ދިޔައީ. މަގާމު ގެއްލި ދާނެތީ ޗުއްޕުވެސް ނުބުނޭ. ތިޔަ ޕާ ޓީއަށް ކިޔުން އެންމެ ރަނގަޅީ ދީނީ ގޮތް ދައްކައިގެން އުޅޭ ދެފުއް ދެގޮތް މީހުންގެ ޕާ ޓީ

  22. ފެކްޓް

    ކަލޭމެންގެ 2 ކަތުރުކަށިގަނޑު ދެމެދުގައި އޮތް އެއްޗާއި 2 ފައި ދެމެދުގައި އޮތް އެތި ރައްކާ ކުރޭވޭތޯ އުޅެބަލަ. ކޮން ޕާއެއް ޕާޓީއެއް ސަލާމަތްނުވެގެން އުޅެންޖެހޭކައްތަ!