ރާއްޖޭގައި ކޮވިޑް-19 ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދާތީ ވަރުގަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރެމުން އަންނަނީ ވަރަށް ހަލުވިމިނެއްގައި ކަމަށާއި މިކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދާދި އަވަހަށް ހަރުކަށި ފިޔަވަޅުތައް އަޅަން މައުމޫން ގޮވާލެއްވިއެވެ.

މީގެކުރިން ކޮވިޑް-19 އަށް ފައްސިވި މައުމޫން އެ ޓުވީޓު ކުރެއްވީ ރައީސް އޮފީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ރަސްމީ ޓުވިޓާ އެކައުންޓް ޓެގް ކުރެއްވުމަށްފަހުއެވެ. މައުމޫންގެ ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއަށް ތާއީދު ކުރަން ފަށައިފައެވެ.

މައުމޫން އެގޮތަށް ވިދާޅުވި އިރު، މިދިޔަ އާދިއްތަ ދުވަހުގެ ހައެކުން ފެށިގެން އިއްޔެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް 108 މީހަކު ވަނީ ފައްސިވެފައެވެ. ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވީ ވެސް އިއްޔެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14،993 އަށް އަރައިފައެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި ބައްޔަށް މިވަގުތު ހާހަކަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

އޭގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    ރާއްޖޭގެ މި ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކަރަޕްޝަން ހިންގާތީ މަނިކުފާން ކަންބޮޑުވެ ނުލައްވާތޯ؟

    39
    2
  2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    މައުމޫނު ގެ ޙާލައިގެން މައުމޫނު ގޭގައި އޮންނަވާ. އެފްރިކާ ގެ ހަރުބަހެއްގައި ބުނެފައިވަނީ، "އޮރިޔާން ހާލުގައި ހުރި މީހަކު ގަމީހެއް ހަދިޔާ ކޮށްފިނަމަ އޭގައި ނުބައެއް އެބައުޅެއެވެ".

    36
    2
    • ޑރ. ރާމީ

      މައުމޫނު ބުނެފަ ވަނީ ޖަލުގަ ތިބި މީހުންގެ ގަޔަށް ބަޑި ޖެހީ، "އެހެންގޮތެއް ނެތިގެން" ކަމަށް. މިފަދަ ނުބައި މީހުންގެ ލަފައެއް މިޤައުމު ހިންގާކަށް ބޭނުމެއް ނުވޭ. ޕްލީސް.

      3
      2
  3. ސަސިސް

    އެކަމަކު ޗަމްޕާ ބުނީ ޔުރަޕު މީހުންނަށް ދައްކަން އެބަ ޖެހެޔޯ ރާއްޖެ 100% ރައްކަތެރިޔޭ ނާސަރީ އިސްކޫލު ތަކާއި ސިނަމާ ތަކާ ކެފޭތައްވެސް ފުލްޓައިމް ހުޅުވާފައޭ

    18
  4. އަލްޖިބްރާ

    މައުމޫނުވެސް ކަންބޮޑުވެއޭ ބުނުމަކުން މިވަގުތު ހަމަޖައްސާލެވޭކަށް ނެތް ! އެންމެ ފަހަރަކުވެސް މިބަލި އެންމެގިނަޤައުމުތަކުން ޓްއަރިސްޓުން ނުގެންނާށޭ ބުނަން ކެރުނުތަ ؟ ތިޔައީވެސް މިޤައުމުގެ ވެރިކަމުގައި އެންމެ ގިނަދުވަހު ބަގުޑިބައްދައިގެން އުޅުނު މީހެއް! ރައްޔިތުންނަށް ހެވެއް އެދޭނަމަ ސަރުކާރަށް މިފަދަ މެސެޖެއްވެސް ދިނުމަކީ މައުމޫނަށްވެސް ވާޖިބު ކަމެއް ކަމަށް ދެކެން !

    25
    2
  5. އަދުރޭ

    އެމެރިކާގެ ބިއްލޫރި ގަނޑުވަރުތަކުގެ ތެރޭގައި ފިލާ އޮވެ ދަމަކުން ބަޑިއެއް ޖަހާ މީހަކު ދަންނަން ވާނެ އެންމެ ކުޑަ ގާ ކޮޅަކުންވެސް ބިއްލޫރި ތެޅި ފުނޑުފުނޑު ވެގެން ފައިބާ ފާނެކަން!

    20
    1
    • މުބީނު މާރނީ

      މި ޒަމާނު ގައި ގެންގުޅެނީ ފިސްތޯލަ. ޒަމާނަށް ހޭލާ ! ތިޔަ އުޅުއްވެނީ 16 ވަނަ ޤަރުނުގަ.

      9
      3
      • ޝާފީ

        ތެދެއް. މިޒަމާނުގައި ގާކޮޅެއް އެއްލާ މީހާ ސީސީޓީވީ އަށް އަރާނެ. މިޒަމާނަށާއި އެޒަމާނަށް ފެތޭ ހަރުބަހެއް ބުނިނަމަ.

        2
        1
  6. އަޙްމަދު

    ރަނގަޅު ވާހަކައެއް! މިއަށްވުރެ މިކަން ހަރުކަށިކޮށްގެން ނޫނީ މިކަމަކަށް ހައްލެއްނެއް! ކިރިޔާ ކޮންޓްވާއަށް އަޅާއިރަށް އަތަށް ގޮއްވާލާނެ!!!

    14
  7. ތ

    ކީއްކުރާ ޓުއިޓެއްތޯ ސަރުކާޜުގެ އެއް ވެރިއެއް ފިޔަ ވަޅު އަޅުއްވަން ވީ ނޫންތޯ ކޯޓުން ކަމެއް ނިންމަން ވެއްޖިއްޔަ އިލްޔާސް އާއި މައުމޫންގެ ބަސް ސޯލިހު އެބަ އައްސަވާ..... މައުމޫން މިހާރު މިސެޖެއް ކުރިއަސް ފޯނު ކުރިއަސް ސޯލިހު ޖަވާބު ވެސް ނުދެއްވާ މިއީ ދޮގެކޭ ނެކަން ބުނެބަލަ ... ކޮބައިތަ ވެރިންގެ ބައްދަލު ވުން އެންމެ ބައްދަލު ވުމަކުން އެކަން ވެސް ތޮޅިއަށް ހަތަރު ލީޑަރުން ކަނޑިޔާ ކަނޑި

    16
    1
  8. ހުސޭނުބޭ

    ފިޔަވަޅުތައް ނުލާހިކު ވަރުގަދަ! މުޅިންވެސް ސިޔާސީ ފިޔަވަޅު! މަނިކުފާނު ދާންވީނޫންތޯ ކޮވިޑް ވެކްސިން ޓެސްޓްކުރަން ބައިވެރިވާން!

    18
    2
  9. ޝާފީ

    ސަރުކާރުން ނުބުންޏަސް މާސްކު އަޅަން ޖެހޭނެ ކަން ރައްޔިތުންނަށް ވިސްނެންދެން ބަހައްޓާ.

    13
    1
  10. ނސރނ

    30 އަހަރު ދުވަހު ރައްޔިތުންނައް ބޭނުން ގޮތެއް ހަދާފަ މުސްކުޅިވީމަވެސް މީހުންނައް ބަލާބޮޑުކުރަން

    4
    3