ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޯޓުގައި ހުރި ކަމަށް ބެލެވޭ މަސްތުވާތަކެތި އެއަތޮޅުގެ ބައެއް ރަށްތަކަށް ލައްގަން ފަށައިފިއެވެ.

ހއ.އުލިގަމު ގޮނޑު ދޮށަށް މަސްތުވާތަކެތި ހުރި ކޮތަޅުތަކެއް ލައްގާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރަށް އެރުމުން އަންދާލި ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރިކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ދަނީ ބޯޓު ބަލައިފާސްކުރަމުން ކަމަށާއި އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންނަފިނޮޅު ފަރަށް އެރީ އީރާންގެ ބޯޓެކެވެ. އެބޯޓް ފަރަށް އެރިއިރު ބޯޓުގައި އަށް މީހުން ތިއްބެވެ. ބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ސިފައިން އެސަރަހައްދަށް ދަތުރު ކުރަމުން ދަނިކޮށް ބޯޓުގައި ތިބި މީހުން ވަނީ ބޯޓުގައި އަލިފާން ރޯކޮށްލުމަށް ފަހު ބޯޓުން ފުންމާލާފައެވެ. ނަމަވެސް ބޯޓު އެއްކޮށް އަނދައިގެން ނުދާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިވާނީ ކެމްޕޭނަށް ގެނައި އެއްޗަކަށް

    • މިއީ އެމްޑީޕީ ޕްރައިމަރީގެ ވާހަކަ ހިންދާލަން އެވެރީ އާބިދާގޭ ސެރޯން ދަތްޖާލު ބުނެގެން ގެނާ ގަންޖާ

  2. ޮދޮންއާދަނު

    ތިކަހަލަ ކަންކަން އަބަދުވެސް އަޅުވާނީ އެއިރެއްގަ ހުންނަ ވެރިއެއްގެ ބޮލުގައި ކީއްތަވާނީ އެމް ޑީޕީ ކެމްޕޭމަށް ގެނައި އެެއްޗެކޭ ބުނިއްޔާ

  3. 2 ޕިކަޕް ފުރާ އިހަވަންދޫން ގެންދިޔަ

  4. ދާންވީ އެތިކޮޅެއްލިބޭތޯ އަތިރި މައްޗައް

  5. ނަޝީދު ކެމްޕެއިން އަށް ފޮނުވި އެއްޗެހި ކަމަށް ވާނީ، ލަންކާގަ އޮންނަނީ އޭނަވިއްޔާ

  6. 😂🚐😁😁😁

  7. ޑިޓެކްޓިވް

    އިންތިހާބާ ދިމާކޮށް ނަޝީދު ރާވާ ރޭވުމަކީ ވަރަށް ވައްތަރު.

  8. މާމިގިލީ މީހާ

    މާމިގިލި އަށް ވެސް ހީވަނީ ލައްގާހެން... ހުސްފޭކް.. ކާކު ގަބޫލު ކުރާވާހަކަ އެއްތަތީ... އުލިގަމު މީހުން މަސްހޫރުވާން ވެގެން ދައްކާވާހަކައެއް ތީ.. ހުސް ފޭކް.

    • ނޫނޭ ކޮއްކޯ މާމިގިލީ އެމްޑީޕީ ގުރޫޕް ރޯދަ މަހު ދުވާލު ހަށިވިއްކިޔަށް އަހަރެމެން ހަކުރު ހޮވާގެން މަސްހޫރުވާކަށް ނެތިން... އެކަމަކު ހޯރަފުށީ އމްޑީޕީ 15 މީހުން ވޯޓް ކަމުގައޭ ކިޔާ އުލިގަމުގަ އިއްޔެ ހަވީރު އައިގޮތަށް އެބައުޅޭ. އެކަމަކު ވޯޓް ނިމިއްޖެ. އެމީހުން އުޅޭ ގޮތުން ހީވޭ ބީޗް ސާފުކުރާ ބައެކޭ ވެސް... 16:30 ވީ އިރު ދެ މީހުން ފެގު ދަމާ އަރުވާ

      • ހޯރަފުއްޓޭ ކިޔައިގެން ހަގީގަތާ ހިލާފު ވާހަކަތަަްއް ނުފެތުރުމައް ގޮވާލަން

  9. ސާބަހޭ ދަރިންނޭ!!!!

  10. ސ ނުން ސޮނިބެ (އަންނި)

    ހަކުރު ބޯކުދިން ކެނެރީ ޝެރޯން އަށް ބޯޓްގަނޑުން ރަށް ރަށަށް ލައްވި މަސްތުވާ ހަކުރު ގޯނިތަކުގެ ފޮޓޯ ފޮނުވާކަމުގެ މައުލޫމާތު ލިބިއްޖެ. އަދި އެމްޑީޕީގެ ދުރު އަތޮޅުތަކުގަ ތިބި ވަރަށް ގިނަމީހުން ހއ ސަރަހައްދަށް ވަދު ދޯނީގަ މިއޮއް ގަދާގަ ހަކުރު ޕެކެޓް ހޮވަން އެބަ ނުކުމެ އުޅޭ... އުލިގަން ތުރާކުނު ރަށްރަށުގަ މި ބައިގަނޑު ނުނިދާ ބީޗް ޕެޓްރޯލު ކުރުމުގަ... ހީވާކަހަލަ މާވަހަރުގެ ރޯދަމަހެކޭ މިވެރީންނަށް

  11. އަހައްމާފުތު

    ލައްގަޅޭ ލައްގަޅޭ. މައިން މަގަށް ލައްގަޅޭ. ބުލެޓް ފޮއްޓެއް ލައްގަޅޭ

  12. 😂😂😂😂😂😂😂