އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޕީއެޗްޑީ ނެންގެވި ފުރަތަމަ ބޭފުޅަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޙް މުހައްމަދު ރަޝީދު އިބްރާހިމް ވެވަޑައިގެންފިއެވެ.
ޏ. ފުވައްމުލަކަށް އުފަން އުމުރުން 78 އަހަރުގެ ޝެއިޚު މުހައްމަދު ރަޝީދު ތީސިސް ހެއްދެވީ ފިގްހު އަދި އުސޫލުލް ފިގުހު ދާއިރާ އިން "ރާއްޖޭގައި އާއިލީ މައްސަލަތަކާއި އޭގެ ހައްލު، އިސްލާމީ ޝަރީއަތުގެ އަލީގައި" މައުޟޫއަށެވެ. ކުރީގެ ޖަސްޓިސް މިނިސްޓަރު ކަމާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު ރަޝީދު ޕީއެޗްޑީ ހެދުމުގައި ކުރިއަށް ގެންދާ އެންމެ ފަހު މަރުހަލާ އިން ފާސްވެވަޑައިގެންފައިވާ ކަމަށްވެއެވެ.
މިސްރާއި ސައުދީ އަރަބިއްޔާއިން މަތީ ތައުލީމު ހާސިލުކުރެއްވި މުހައްމަދު ރަޝީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ޖަސްޓިސް މިނިސްޓަރުކަމާއި ދީނީ އެކި ކަންމުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަން ކުރެއްވި ޝެއިހު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި ސްޕެޝަލް އަންޑަސެކްރެޓަރީ، 1985-1988 އަށް، ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރުކަން 1988-1989 އަދި ޖަސްޓިސް މިނިސްޓަރުގެ މަގާމު 1989-1993 އަށް އަދާކުރެއްވުން ހިމެނެއެވެ.
މުހައްމަދު ރަޝީދުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވެސް ވަނީ ޕީއެޗްޑީ ތީސިސް ނިންމަވައި ހުށަހަޅުއްވައިފައެވެ.
އައިޔޫއެމްގައި ޕީއެޗްޑީ އަށް ކިޔަވައިދޭން ފެށީ، ޔުނިވާސިޓީއަކަށް ބަދަލުކުރިތާ އަހަރެއް ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާާމީންގެ ވެރިކަމުގައި 2016ގައެވެ. މިހާރުވެސް ޖުމްލަ ތިން ބެޗެއްގައި 28 ފަރާތަކުން އައިޔޫއެމްގައި ޕީއެޗްޑީ އަށް އަންނަނީ ކިޔަވަމުންނެވެ.
އިސްލާމިކް ޔުނިވާސިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހާއްސަ ގާނޫނެއްގެ ދަށުން ގާއިމް ކޮށްފައިވާ ޔުނިވާސިޓީއެކެވެ. އެ ޔުނިވާސިޓީ އުފެއްދި ފަހުން ގިނަ އަދަދެއްގެ ދަރިވަރުން އެ ޔުނިވާސިޓީ އިން އަންނަނީ ތައުލީމު ހާސިލް ކުރަމުންނެވެ.
މަރުޙަބާ
ތިޔަ ނެންގެވީ އަމިއްލަ ފޮތްބޮޑިން ، ފޮޅުވަތެއް ނޫންތޯ؟ ވެނުމަސް ވެނަށް ކާންދެވޭ ކަހަލަ ގޮތެއް ހީވާތީ ދެން ކުޑަކޮށް ފަޚުރުވެރި ދެރައެއްވޭ. ހަމަ އަހާލެވުނީ ސޭޚް. ދެން ވަރަށް އުފާވެ ފަޚުރުވެސްވޭ ތިޔަ އުމުރުފުޅުގައި އިތުރު ޞަފުހާއެއް އެއްލެވީތީ. މިސުރުންނަމަ އަދި އަޅުގަނޑު ވ. އުފާވިސް# މަރުހަބާ ސުކުރިއްޔާ ސޭޚް ހިތްވަރުފުޅަށް ސާބަސް.
މަރްހަބާ،👏👏👏
މަރުޙަބާ ޝައިޚް
مرحبا
މަރްޙަބާ ލޮބުވެތި އުސްތާޒް.
ޢިލްމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މިންވަރުފުޅު ވ. ސާފު. އުނގަންނައި ދެއްވުމުގައި ވެސް ނަމޫނާ ޝަޚްޞިއްޔަތެއް. ޝުކުރިއްޔާ ލޮބުވެތި އުސްތާޒް.
ހިތްވަރު ފުޅު ވ. ގަދަ.
ވ.ޢިލްމުވެރި ނަމޫނާ އުސްތާޒެއް.
ފުރިހަމަ ޞިއްޙަތެއްގައި ދިގު އުމުރުފުޅެއްގައި ލައްވާށި އާމީން.
މިގޮތަށް ފޮތް ބަލައިގެން ކިޔާދީގެން ކޮންމެ މީހަކަށް ވެސް ޕީއެޗްޑީ ނެގޭނެ ނޫންތޯ. ސޭކުމެން ކުޅޭ ކުޅިވަރު ދޯ ތިއުމުރުގައިވެސް.
މަރްހަބާ شاخ! މީގެ ތީސިސް ކިޔާލަަަަން ލިބޭނީ ކޮންތާކުން؟